Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސް ގަންނަ އަގު ބޮޑުކުރުން

މަސް ގަންނަ އަގު ބޮޑުކުރުން: މަސްވެރިންނަށް ރަނގަޅު ކުރިއެރުމެއް

5 މާރިޗު 2022 | ހޮނިހިރު 06:59

1.5 ކިލޯއަށް ވުރެ ބޮޑެތި މަސް ގަންނާނީ 17 ރުފިޔާއަށް

އަމްނާ އިމާދު
އަމްނާ އިމާދު | 5 މާރިޗު 2022 | ހޮނިހިރު 06:59
ބ. ތުޅާދޫގައި މަސްވެރިން މަސްކަނޑަނީ

ބ. ތުޅާދޫގައި މަސްވެރިން މަސްކަނޑަނީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީގެ (މިފްކޯ)އިން ދުނިޔޭގެ ބާޒާރުގެ އަގުތަކަށް ބަލައި ކަނޑުމަހާއި ކަންނެލި ކިލޯއެއް ގަންނަ އަގު ބޮޑުކޮށްފިއެވެ.

އަގަށް ބަދަލު ގެނެސްފައިވަނީ 1 މާޗުން ފެށިގެންނެވެ.

Advertisement - newsAdvertisement

އެގޮތުން އަގަށް ގެނައި ބަދަލާއެކު އައިސް އަޅާފައިވާ 1.5 ކިލޯއަށް ވުރެ ބޮޑެތި މަސް ގަންނާނީ 17 ރުފިޔާ އަށެވެ. އެސައިޒްގެ އައިސް ނާޅާ މަސް ގަންނާނީ 16 ރުފިޔާއަށެވެ. 1.5 ކިލޯއަށް ވުރެ ކުދި އައިސް އެޅި މަސް ގަންނާނީ 9 ރުފިޔާއަށެވެ. އެސައިޒްގެ އައިސް ނާޅާ މަސް ގަންނާނީ 7 ރުފިޔާއަށެވެ.

މިގެނައި ބަދަލާގުޅިގެން ރާއްޖެއެމްވީއަށް މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު އިސްމާއީލް ފައުޒީ ވިދާޅުވީ, މިއަދުގެ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި މަސް ގަންނަ އަގަށް ބަދަލު ގެނައުމަކީ މަސްވެރިންނަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. ކުރިއަށް އޮތްތަނުގައި މިފްކޯއިން މަސް ގަންނަމުންދާނީ ދުނިޔޭގެ ބާޒާރުތަކުގެ އަގުތަކުގައި ކަމަށް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ ކިލޯއަކުން 1 ރުފިޔާ ބޮޑުވުން އެއީ ޓަނަކުން 1000 ރުފިޔާގެ ބޮޑުވުމެއް ކަމަށެވެ. އަދި މިބަދަލާއެކު މިފްކޯގެ މަހުގެ އުފެއްދުންތަކަށް ކުރާ ހޭދަ ބޮޑުވާނެ ކަމަށެވެ. ނަމަވެސް މަސްދަޅުގެ ބާވަތްތައް މިހާރުވެސް ވިއްކަމުންދާ އަގުތަކުގައި ކަސްޓަމަރުންނަށް ލިބޭނެ ކަމަށާއި، ރޯދައަށް އެކަށީގެންވާ ސްޓޮކް އެބަހުރި ކަމަށް ފައުޒީ ވިދާޅުވިއެވެ.

ސްޓޯރޭޖް ކެޕޭސިޓީ އަދި ފްރީޒިން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރައްވައި ފައުޒީ ވިދާޅުވީ, ޒަމާނާ އެއްގޮތަށް މަސްވެރިންނަށް ފައިސާ ދޭ ނިޒާމު ގާއިމުކުރަމުންދާ ކަމަށެވެ. އަދި މީގެ ކުރިން މަސްވެރިންނަށް ދިމާވި ތަކުލީފުތައް މިއަދު ދިމާނުވާނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް ބަދަލު ގެނެސްފައިވާއިރު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގާ އެއްކޮށް މަސްވެރިންނަށް ރަނގަޅު ކުރިއެރުމެއް ލިބޭނެއެވެ. މިފްކޯއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އަގުތައް އެއް މިންގަޑެއްގައި ހިފެހެއްޓުމަށެވެ.

މިފްކޯ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު
15 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި
15 އޮކްޓޯބަރު 2025

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

15 އޮކްޓޯބަރު 2025
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި
30 ސެޕްޓެމްބަރު 2025

މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

30 ސެޕްޓެމްބަރު 2025
މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި
27 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

27 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ
22 ސެޕްޓެމްބަރު 2025

މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ

22 ސެޕްޓެމްބަރު 2025
މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ
07 ސެޕްޓެމްބަރު 2025

ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި

07 ސެޕްޓެމްބަރު 2025
ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި
19 އޯގަސްޓު 2025

ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން

19 އޯގަސްޓު 2025
ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން
08 ޖުލައި 2025

"2 ޓަނަށް ވުރެ ގިނަ މަސް ކަނޑަށް އަޅާލުމުގެ ކުރިން ކެޕްޓަން ކައިރީ ކަލާކޮއްޓަކައި ގޮވައި ރޮއި އާދޭސް ކުރިން"

08 ޖުލައި 2025
"2 ޓަނަށް ވުރެ ގިނަ މަސް ކަނޑަށް އަޅާލުމުގެ ކުރިން ކެޕްޓަން ކައިރީ ކަލާކޮއްޓަކައި ގޮވައި ރޮއި އާދޭސް ކުރިން"
02 ޖުލައި 2025

ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނުވުމުން މަޖިލީހަށް ކުއްލި މައްސަލައެއް

02 ޖުލައި 2025
ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނުވުމުން މަޖިލީހަށް ކުއްލި މައްސަލައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް