Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަޝިއާ-ޔޫކްރެއިންގެ ހަނގުރާމަ

ފަތުރުވެރިކަން: ހަނގުރާމަ އާއި ގުޅިގެން އުންމީދު ކުރުން ފިޔަވައި އެ ނޫން ގޮތެއް ރާއްޖެއަށް ނެތް!

1 މާރިޗު 2022 | އަންގާރަ 08:22

ރާއްޖޭގެ ޓޫރިޒަމް ބައްޓަންވެފައި އޮތް ގޮތުން މެދުފަންތީގެ ޓޫރިޒަމް އަޑިއަޅާލުން އެެއީ ވަރަށް ސީރިއަސް ކަމެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 1 މާރިޗު 2022 | އަންގާރަ 08:22
ރާއްޖެ އައި ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ

ރާއްޖެ އައި ފަތުރުވެރިންތަކެއް ފްލައިޓުން ފައިބަނީ

މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ވެސް ޚާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރިފައިވާއިރު ސަރުކާރުން ވަނީ މި ދުވަސް ފާހަގަކުރުމަށްޓަކައި ތަފާތުު އެކި ހަރަކާތްތައް ހިންގާ، އަދި ކުރިއަށް ހިންގުމަށް ވެސް ރާވާފައެވެ. އެކި ލަނޑުދަނޑިތައް ހާސިލް ކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ. 2022 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރަށްވުމުން މިކަން ކުލަގަދަކޮށް ފާހަގަކުރެވިގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަސްކަމުގައިވާ 3 އޮކްޓޯބަރުގައެވެ. އެގޮތުން ޓޯކް ޝޯވްތަކާއި، ވީޑިއޯ ލަވަ ނެރުމާއި މި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ގުޅިގެން އެކިއެކި އިތުރު ޙަރަކާތްތައް ބާއްވާ މިދުވަސް ފާހަގަކުރުމަށް ވަނީ ނިންމާފައެވެ.

ސަރުކާރުން މިއަހަރުގެ މިދުވަސް މިހާ ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ނިންމާފައިވާއިރު ރަޝިޔާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާއާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު އަސަރުތަކެއް ކުރާނެ ކަމަށް މިވަނީ ބެލެވިފައެވެ. އެގޮތުން މި ދެ ޤައުމަކީ ވެސް ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ މާކެޓްތަކެވެ. ރަޝިޔާއަކީ މިދިޔަ އަހަރު ރާއްޖެއަށް 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. އަދި ޔޫކްރެއިނަކީ އަހަރުގެ މިހާތަނަށް 8 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ޔޫކްރެއިނުން ރާއްޖެއަށް އަންނަ ފަތުރުވެރިން އެއްކޮށް ހުއްޓިއްޖެ ކަމަށެވެ. އަދި ރަޝިޔާ އިން ވެސް ކެންސަލޭޝަންސް އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރަކީ ކުރީ އަހަރާއި އަޅާބަލާއިރު އިތުރަށް ކާމިޔާބު އަހަރަކަށް ވާނެކަމުގެ އުއްމީދުގައި ހުންނެވި ކަމަށެވެ. ނަމަވެސް އޮމިކްރޯނާއި ގުޅިގެން އެ ޓާގެޓަށް ވާސިލް ނުވެވުނު ކަމަށާއި އަދި ޔޫކްރެއިން އާއި ރަޝިޔާ ހަނގުރާމައިގެ ސަބަބުންވެސް މުޅި އަހަރަށް ކަނޑައެޅި ޓާގެޓަށް ވާސިލްވުމަށް ހުރަސްތައް ކުރިމަތިވެފައިވާ ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމް ބައްޓަންވެފައި އޮތް ގޮތުން މެދުފަންތީގެ ޓޫރިޒަމް އަޑިއަޅާލައިފި ނަމަ، އެެއީ ވަރަށް ސީރިއަސް ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މިވަގުތު އުންމީދު ކުރުން ފިޔަވައި އެނޫން އެއްވެސް ގޮތެއް ރާއްޖެއަށް ނެތް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ގޮތުން ރަޝިޔާ އާއި ޔޫކްރެއިން އާއި ދެމެދު ކުރިޔަށްދިޔަ ސުލްހައިގެ ވާހަކަތަކުގެ ފުރަތަމަ ބުރު ވަކިކޮޅެއްގައި ނުޖެހި ވަނީ ނިންމާލާފައެވެ. ވާހަކަތައް ކުރިޔަށް ގެންގޮސްފައިވަނީ ބެލަރޫސް އާއި ޔޫކްރެއިން ގުޅޭ ބޯޑަރު ސަރަހައްދުގައެވެ. ވާހަކަތައް ކުރިޔަށް ގެންދިޔައިރުވެސް ރަޝިޔާގެ އަސްކަރީ ފައުޖުތަކުން ގެންދިޔައީ ޔޫކްރެއިންގެ ސިޓީތަކަށް ހަމަލާތައް ދެމުންނެވެ. އޭގެތެރޭގައި ދެވަނަ އަށް އެންމެ ބޮޑު ސިޓީކަމުގައިވާ ޚާރްކީވް ވެސް ހިމެނެއެވެ.

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންގެ އަރިސް މީހަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވަނީ ވާހަކަތައް ކުރިޔަށްދިޔައީ ގާތްގަނޑަކަށް ފަސް ގަޑިއިރަށްކަމަށެވެ. ވާހަކަތަކުގައި ބައިވެރިވި ރަޝިޔާ ވަފުދުގައި އެންމެ އިސްކޮށް ހުންނެވި ވްލަޑްމިއަރ މެޑިންސްކީ ވިދާޅުވީ ދެފަރާތަށްވެސް މިވާހަކަތަކުން ދެވޭނެ ދިމާތަކެއް މިހާރު ސާފުވެފައިވާކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް ވާހަކަތައް ކުރިޔަށް ގެންދިޔުމަށް އެއްބަސްވެވުނު ކަމަށް ވިދާޅުވިއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީގެ އެންމެ އިސް އެޑްވައިޒަރ މަކައިލޯ ޕޮޑޯލްޔަކް ވިދާޅުވީ ވާހަކަތައް އަމާޒުކުރެވިގެންދިޔައީ ހަމަލާ ބަދަލުކުރުން ހުއްޓާލެވޭނެ ގޮތްތަކާއި ގުޅޭގޮތުންނާއި ދެވަނަ ބުރުގެ ވާހަކަތައް ވީއެންމެ އަވަހަކަށް ބޭއްވުމާމެދުކަމަށެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި ދެ ވަނަ ބުރުގެ ވާހަކަތައް ބޭއްވިގެންދާނީ ޕޮލެންޑާއި ބެލަރޫސްގެ ބޯޑަރުގައި ކަމަށް މަކައިލޯ ވިދާޅުވިއެވެ.

ހުއްޓުމެއް ނެތި މިހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ ރާއްޖޭގެ އިތުރުން މުޅި ދުނިޔޭގެ އިޤްތިސާދަށްވެސް މިކަމުގެ އަސަރު ކުރާނެ ކަމަށް މިވަނީ ބެލެވިފައެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް މިކަމުން އަސަރުކުރާނެކަން ޔަޤީންވެފައިވާއިރު ސަރުކާރުން ބުނީ މިކަމުން އަރައިގަތުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މި ދަނޑިވަޅުގައި ކައިރީގައިވާ ބޮޑެތި މާކެޓްތަކާއި ގުޅުން ބަދަހިކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

06 މެއި 2017

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟
26 އެޕްރީލު 2017

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
ފުރާނައާއި ފުރާނަފުޅު!
24 އެޕްރީލު 2017

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟
13 އެޕްރީލު 2017

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟
11 އެޕްރީލު 2017

ސީރިޔާ ހަނގުރާމައިގެ މިސްރާބު ބަދަލުވަނީތަ؟

11 އެޕްރީލު 2017
ސީރިޔާ ހަނގުރާމައިގެ މިސްރާބު ބަދަލުވަނީތަ؟
16 މާރިޗު 2017

އެޗްވަންއެންވަން ވައިރަހާ ގުޅިގެން އޭވީސީ ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވިދާނެތަ؟

16 މާރިޗު 2017
އެޗްވަންއެންވަން ވައިރަހާ ގުޅިގެން އޭވީސީ ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވިދާނެތަ؟
07 މާރިޗު 2017

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

07 މާރިޗު 2017
އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!
04 މާރިޗު 2017

އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ

04 މާރިޗު 2017
އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ
24 ފެބުރުއަރީ 2017

އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!

24 ފެބުރުއަރީ 2017
އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!
12 ފެބުރުއަރީ 2017

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް