Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޭމަންޑޫ ޒުވާނުންގެ މަރުކަޒު

ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ނިމޭނެ – މަހްލޫފް

ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ތަރައްގީކުރުމަށް 675،000 ރުފިޔާ ހަމަޖެހިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ފެބުރުއަރީ 2022 | ހޯމަ 05:23
ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުالله ރިޔާޟް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފްއާ ސުވާލުކުރެއްވުން

ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުالله ރިޔާޟް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފްއާ ސުވާލުކުރެއްވުން

ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ތ. ވޭމަންޑޫ ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ނިމޭނެކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހްލޫފް މިހެން ވިދާޅުވީ ތ. ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ތަރައްޤީކުރުމަށް ކުރައްވަން ރާއްވަވާފައިވާ ކަންކަން ސާފުކޮށްދެއްވުން އެދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޟް މަޖިލީހަށް ހުށަހެޅުއްވި ސުވާލަށް ހޯމަ ދުވަހުގެ ޖަލްސާއަސް ވަޑައިގެން، ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

މަހްލޫފް ވިދާޅުވީ ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ތަރައްގީކުރުމަށް 675،000 ރުފިޔާ ހަމަޖެހިފައިވާ ކަމަށެވެ. އެ މަސައްކަތް އިއުލާން ކުރެވިފައިވަނީ 29 ނޮވެމްބަރުގައި ކަމަށާއި، ބިޑް ހުށަހެޅިފައިވަނީ 8 ޑިސެމްބަރުގައި ކަމަށެވެ. އަދި އިވެލުއޭޝަން ނިންމާ މިނިސްޓްރީއަށް ޕްރޮޖެކްޓްތައް ލިބިފައިވާ ކަމަށާއި، އެހެންކަމުން އުއްމީދުކުރަނީ ކުރިއަށް އޮތް ހަފްތާ ތެރޭގައި ލަސްވެގެން ސޮއިކޮށްލެވޭނެ ކަމަށެވެ.

ގުޅިގެން ކުރާ ސުވާލު ބައިގައި މެންބަރު ރިޔާޟް ވަނީ ވޭތުވެދިޔަ 3 އަހަރު ވެސް ބަޖެޓުގައި ޖަހާފައި އެއްވެސްކަމެއް ނުކުރެވި އޮތް ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ތެރޭގައި ވެސް އިންތިހާބެއް އެބައޮތް ކަމަށާއި، އިންތިހާބުތަކާއި ގުޅިގެން ކޮމަންޑޫގައި ފެނިގެން ދިޔައީ އިންތިހާބު ކުރިއަށްދާ ސްޕީޑް ކަމަށެވެ. އެހެންކަމުން އެކަހަލަ ގޮތަކަށް ވެސް ވޭމަންޑޫ ޒުވާނުންގެ މަރުކަޒު އަވަސްވާނެ ގޮތެއް އެބައޮތްތޯ ސާފުކޮށްދެއްވުމަށް ސުވާލު ކުރެއްވިއެވެ.

ޖަވާބުގައި މަހްލޫފް ވިދާޅުވީ އެއްވެސް ހާލެއްގައި ޕްރޮޖެކްޓައް ކުރިއަށްދަނީ އެތެރޭގައި ވެސް އަދި ބޭރުގައި ވެސް އެހެންވެސް އިންތިހާބަކާއި ގުޅިގެން ނޫން ކަމަށެވެ. އަދި މިދިޔަ އަހަރުތަކުގައި އުނިވެގެން ދިޔައީ ކޮވިޑާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ބަޖެޓަށް ގެނައި ބަދަލުތަކާއި ގުޅިގެން ކަމަށާއި، ޖާގަ ލިބުނުހާ އަވަހަކަށް މިނިސްޓްރީން ވަނީ އެކަން ކޮށްފައި ކަމަށެވެ. އަދި ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެކަން ނިމެންވާނެކަމަށެވެ.

މަހްލޫފް ވިދާޅުވީ ރާއްޖެގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް ކޮށްދެއްވާ މަސައްކަތްތައް ބަލައިގަންނަ ކަމާއި ނަމަވެސް ކޮވިޑާއި ގުޅިގެން ދިމާވި ބައެއް ދަތިތަކުގައި ލަސްތަކެއް އުޅޭކަމަށެވެ. އެތެރޭގައި ވިޔަސް ބޭރުގައި ވެސް މިނިސްޓްރީން ކުރަން ހުރި ކަންކަން ނިންމާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު