Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް

މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ޤައިދީންނަށް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް އެއް ފަށައިފި

27 ފެބުރުއަރީ 2022 | އާދީއްތަ 16:36

މިހާރުގެ މާފުށީ ޖަލުގެ އާބާދީގެ 50 އިން ސައްތަ އެކަމަޑޭޓްކުރެވޭ ވަރުގެ އުމްރާނީ ވަޞީލަތްތައް ލިބިގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ފެބުރުއަރީ 2022 | އާދީއްތަ 16:36
މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ޤައިދީންނަށް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް އެއް ފެށުން

މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ޤައިދީންނަށް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް އެއް ފެށުން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ޤައިދީންނަށް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފަށައިފިއެވެ.

އާދިއްތަ ދުވަހު މާފުށީ ޖަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲއެވެ.

Advertisement - newsAdvertisement

މިއަދު އިފްތިތާޙް ކުރެވުނު ޕްރޮގްރާމްއަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ޤައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައު ޢަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓު ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ފަށާ ޕްރޮގްރާމް އެކެވެ. މި ޕްރޮގްރާމް މި ފަށަނީ  މަސްތުވާތަކެއްޗާ ގުޅިގެން ޙުކުމް ތަންފީޒުކުރަމުންދާ 40 ޤައިދީންނާއެކުގައެވެ.

އާދީއްތަ ދުވަހު އިފްތިތާޙް މިކުރެވުނު ޕްރޮގްރާމް އެކުލެވިގެންވަނީ 4 މަރުހަލާއަކަށެވެ. ފުރަތަމަ މަރުހަލާއަކީ 21 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޑީޓޮކްސިފިކޭޝަން މަރުޙަލާއެވެ. ދެވަނަ މަރުހަލާއަކީ ރީހެބިލިޓޭޝަން މަރުޙަލާއެވެ. މި މަރުޙަލާގައި ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން ޕްރޮގްރާމުގެ ބައިވެރިންނަށް ސައިކޯ-ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމާއެކު ދިރިއުޅުމުގެ ހުނަރުތަކާއި ވޮކޭޝަނަލް އަދި ސްކިލް ޓްރެއިނިންގ ތައް ފޯރުކޮށްދިނުމާއި ދީނީ ކަންކަމަށް ހޭލުންތެރިކޮށް ހަރުދަނާ ބަޔަކަށް ހެދުމަށް ހިންގާ ޕްރޮގުރާމްތައް ހިމެނެއެވެ. ތިން ވަނަ މަރުހަލާގައި ޕްރޮގްރާމުގެ ބައިވެރިން މުޖްތަމައު ޢަށް ނެރުމުގެ ކުރިން މުޖްތަމައު ޢަށް ނެރުމުގައި ހުރި ރިސްކްތައް ދެނެގަތުމަށްޓަކައި ރިސްކް އެސެސްމަންޓްތައް ހަދައި، މުޖުތަމަޢުން ލިބެންހުރި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަސައްކަތްތަކާއެކު ޕެރޯލްގެ ދަށުން މުޖުތަމައު ޢަށް ނެރުމަށް މަސައްކަތްކުރެވިގެންދާނެއެވެ. އަދި ހަތަރު ވަނަ މަރުޙަލާއަކީ އާފްޓަރ ކެއަރ ސަރވިސް ނުވަތަ ޕްރޮގްރާމްގެ ތެރެއިން މުޖުތަމައު ޢަށް ނެރޭ ފަރާތްތައް މޮނިޓަރ ކުރާ މަރުހާލާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ވިދާޅުވީ މިއަދަކީ ޤާނޫން ނަމްބަރު 17/2011 ގެ ދަށުން ޖަލުގައި ބަންދުކުރެވޭ މަސްތުވާތަކެތީގެ ފަރުވާ ދޭންޖެހޭ މީހުންނަށް ދިނުން ލާޒިމްކޮށްފައިވާ ޚިދުމަތެއް ދިނުމަށް ފުރަތަމަ ފަހަރަށް ފަށައިގެން ދުވަސްކަމުގައެވެ. މި މަސައްކަތް މިހާ ހިސާބަށް އައީ ގިނަ މަސައްކަތްތަކެއް ކުރެވިގެން ކަމުގަ އާއި މި ފެށޭ ޕްރޮގްރާމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ވަބާގެ މައްސަލަ ޙައްލު ކުރުމަށް އެޅޭ އުސް ފިޔަވަޅެއްކަމުގައި ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ މި ފެށޭ ޕްރޮގްރާމްގެ ސީދާ އަދި ނުސީދާ ހެޔޮ އަސަރު ކޮންމެ ޢާއިލާއަކަށްހެން ކުރާނެކަމަށެވެ. އަދި ޖަލުގައި ކަސްތަޅު އެޅުވި ބިކަވެ މާޔޫސްވެފައިވާ، ޢާއިލާއާއެކު އުފާވެރި ޙަޔާތެއް ލިބިދާނެކަން ތަޞައްވަރުނުކުރާ އެތައް ޒުވާނުން ނަކަށް މި ޕްރޮގްރާމްގެ ސަބަބުން، އެ ޒުވާނުންގެ ކުރިމަގު އުޖާލާ ވެގެންދާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ޙެލްތް އަޙްމަދު ނަސީމް ވިދާޅުވީ މި ފެށޭ ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކުރުމަށް ރާއްޖޭގައި ކުރެވޭ ޢެންމެ އިންގިލާބީ އެއް މަސައްކަތްކަމުގައެވެ. އަދި މިއަހަރުގެ ދެވަނަ ކުއަރޓަރގައި ބޭރުގެ ޤައުމުތަކުން ލިބޭ އެހީގެ ސަބަބުން ޚާއްސަ މީހުން ޖަލުގައި މި ފެށޭ ޕްރޮގްރާމްގައި ބައިވެރިކުރެވި، އެ ޕްރޮގްރާމަށް ފުރިހަމަ ކުރިއެރުމެއް ލިބިގެންދާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ. ކުރި ދިރާސާއަކާ ގުޅިގެން، ރިހެބިލިޓޭޝަން ޕްރޮގަރާމްތައް ރާއްޖޭގައި ފަށައި، 186 ފެސިލިޓީގައި މިކަންތައް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވެ، ކުދިންގެ އިތުރުން މުޅި މުޖްތަމަޢު ޑްރަގް ރިހެބިލިޓޭޝަނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުގެ ވާހަކައިގައި މިފަދަ ރަސްމިއްޔާތެއް ބޭއްވުމާ ހަމައަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، މިނިސްޓްރީ އޮފް ޙެލްތްގެ އެހީތެރިކަމާއިއެކު އެންޑީއޭ އާ އެއްކޮށް މަޝްވަރާކޮށް ފަހުމްނާމާއެއްގައި ސޮއިކުރެވުނު ކަމަށް ވިދާޅުވިއެވެ. އަދި ޖަލަށް ޚާއްސަ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ހިންގުމަށް ވަރކިންގ ގްރޫޕެއް އެކުލަވާލައި، ޖަލުގައި މިކަން ކުރިއަށް ގެންދާނެ ޢެންމެ ރަނގަޅުގޮތުގެ ދިރާސާއެއް ކުރިއަށްގެންގޮސް، ފާހަގަކުރެވުނު ބައެއް ކަންތައްތައް ނިޒާމީ ގޮތުން އުފައްދައި، ޤާނޫނުގައި ބަޔާންކުރާފަދަ ޑިޓޮކްސިފިކޭޝަން މަރުކަޒެއް ޤާއިމުކުރުމަށް، މެޑިކަލް ސެންޓަރަށް ބޭނުންވި ބަދަލު ގެނެސް، ބޭނުންވާ އިކްވިޕްމަންޓާއި ބޭސް ހޯދައި، ހިންގުމުގައި ދިމާވެދާނެ ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލުމުގެ ގޮތުން ޚާއްސަ އެސްއޯޕީ އެކުލަވާލާފައިވާކަމަށް ވިދާޅުވިއެވެ. ކޮމިޝަނަރ ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ރިހެބިލިޓޭޝަންގެ ފޭސް 2 ގައި ކުރިއަށްގެންދާ ލައިފްސްކިލްސް އަދި ދީނީ ޕްރޮގްރާމްތަކުގެ ބަދަލުގައި، ޚާއްސަ 5 ދާއިރާއެއް ކަނޑައަޅައި، ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ އިތުރުން ޑީރެޑިކަލައިޒޭޝަން ޕްރޮގްރާމަކާއި ސެކްސް އޮފެންޑަރ ޕްރޮގްރާމަކާއި ޖުވެނައިލް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ އިތުރުން ކުދި ކުށްތައް ކުރާ މީހުންނަށް ޖެނެރަލް ރިހެބިލިޓޭޝަން ޕްރޮގްރާމް ޑިޒައިން ކުރުމުގެ މަސައްކަތްކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ ޢަލީގައި ދީނީ ސެޝަންތަކާއި ލައިފް ސްކިލްސްގެ އިތުރުން ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރު ދަސްކޮށްދެވިގެންދާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. މި ޕްރޮގްރާމް ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށްޓަކައި އެމްސީއެސްގެ ހުރިހާ ވަޞީލަތްތަކެއް ބޭނުންކުރައްވާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

އަދި މިފަދަ ޕްރޮގްރާމެއް ހިންގުމުގައި ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ތަފާތު ފަންނީ ދާއިރާތަކުގެ މުވައްޒަފުން އެމްސީއެސްގައި މަދު ކަން ފާހަގަކުރައްވައި، މިއަހަރު ތެރޭގައި ކައުންސެލަރުންނާއި ސޯޝަލް ވޯކަރުންނާއި ކޭސް ވޯކަރުންނާއި އެހެނިހެން ފަންނީ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި މިވަގުތު މި ޚިދުމަތްތައް ހޯދުމުގައި ގުޅުންހުރި ދާއިރާތަކާއެކީގައި މަޝްވަރާ ކުރައްވަމުންދާކަމަށާއި މި ޕްރޮގްރާމް ކުރިއަށްދާ މިންވަރުން މި ފަންނު ތަކުގެ ދާއިރާއިން ބޭނުންވާ އެހީތެރިކަން ގުޅުންހުރި ދާއިރާތަކުން ލިބެމުންދާނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށް ވިދާޅުވިއެވެ.

އަދި ޖަލުގައި މިވަގުތު ޤާއިމުކުރެވިފައި ހުރި ވަޞީލަތްތައް މިފަދަ ޕްރޮގްރާމެއް ހިންގުމަށްޓަކައި ޖަލުގެ މުޅި އާބާދީއަށް ބަލާއިރު ނިސްބަތުން ކުޑަ ކަމަށާއި މިކަން ފުޅާކުރުމަށްޓަކައި މާފުށީ ޖަލުގައި ޚާއްސަ ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށާއި މި އިމާރާތް ޤާއިމުކުރެވުމުން، މިހާރުގެ މާފުށީ ޖަލުގެ އާބާދީގެ 50 އިން ސައްތަ އެކަމަޑޭޓްކުރެވޭ ވަރުގެ އުމްރާނީ ވަޞީލަތްތައް ލިބިގެންދާނެކަމަށް ސީޕީ ވިދާޅުވިއެވެ. މިފަދަ މަސައްކަތެއް ކުރުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ސީޕީ ވިދާޅުވެ، ގުޅުންހުރި އިދާރާތަކުގެ އެހީތެރިކަމާއި މަދަދު ލިބެމުންދާކަން އުފަލާއެކު ފާހަގަކުރައްވައި، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްއާއި މިނިސްޓަރީ އޮފް އިސްލާމިކް އެފެއަރޒް އާއި މިނިސްޓްރީ އޮފް ޙެލްތްއިން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި އެ ފަރާތްތަކަށް އިޙްލާސްތެރިކަމާއެކު ޝުކުރުދެންނެވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

01 މާރިޗު 2017

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް