Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފައްޔާޒުގެ ކެމްޕޭނު ލޯންޗުކުރުން

އެމްޑީޕީ ޗެއަރޕާސަންގެ މަގާމުގެ އިންތިހާބު - މިނިސްޓަރ ފައްޔާޒުގެ ކެމްޕެއިން ލޯންޗުކޮށްފި

ސިޔާސީ މަގާމުތަކަށް އަންހެން ބޭފުޅުން ނެރުމަށް ޕާޓީން ކުރަންޖެހޭ މަސައްކަތް ކުރުމަކީ ފައްޔާޒުގެ އެންމެ މުހިންމު އެއް މަސައްކަތަކަށް ހައްދަވާނެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 25 ފެބުރުއަރީ 2022 | ހުކުރު 22:59
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކެމްޕޭނު ރަސްމީކޮށް ލޯންޗުކުރުން، ފައްޔާޒު އިސްމާއިލް

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކެމްޕޭނު ރަސްމީކޮށް ލޯންޗުކުރުން، ފައްޔާޒު އިސްމާއިލް

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

ފައްޔާޒުގެ ކެމްޕެއިން ރަސްމީކޮށް ފަށްޓަވާފައި ފވަނީ ހުކުރު ދުވަހުގެރޭ ށ. މިލަންދޫގައި އެކަމަށް ޚައްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އަނިޔާވެރިކަމަކީ ރައްޔިތުންނަށް އާންމު އަދި ހައްގު އެއްޗެއްގެ ގޮތުގައި މީގެ ކުރިން އޮތް ދުވަސްތަކެއްވެސް ދެކެފައިވާކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ އެމްޑިޕީއަކީ ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަމާއި އިންސާފު ގެނެސްދިން ޕާޓިކަމަށެވެ. އަދި މިއަދުގެ ސަރުކާރުން ރައްޔިތުން ޚިޔާލުފާޅުކޮށް، ހައްގު ހޯދުމަށް ވަކާލާތު ކުރުމަށް ފުރުސަތު ދެއްވާފައިވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ނަމަވެސް މިހާރު ޕާޓީގެ ދުވެލި ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވާކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ އެމްޑިޕީގެ ހިންގުމުގެ ދުވެލި މިއަދު މިއޮތީ ޕާޓީގެ ސައިޒުގައި ނޫންކަމަށެވެ. އަދި މިއީ ޕާޓީގެ މެމްބަރުންނަށް ހައްގުވާ މިންވަރު ނޫންކަމަށް ވިދާޅުވިއެވެ.

އޭގެ ބަދަލުގައި ޕާޓީގެ ހުރިހާ މެމްބަރުން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވާ، އެމްޑިޕީއަކީ ކޮންމެ މެމްބަރަކަށްވެސް ޖާގަ އޮންނަ ޕާޓިއެއްކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީގައި ހުރިހާ އުމުރެއްގެ، ހުރިހާ ޖިންސެއްގެ މެމްބަރުންނަށްވެސް ޖާގަ އޮންނާނެކަމަށް ވިދާޅުވިއެވެ.

ނަމަވެސް މިހާރު ކަންހިނގަމުންދާ ގޮތަށް ބަލާނަމަ އެފަރާތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާ، ސިޔާސަތުތައް ބިނާކުރުމުގައި އެފަރާތްތަކުގެ އަޑު އެންމެ ރަނގަޅަށް އަހަމުންދާތަން ނުފެންނަކަން ފައްޔާޒު ފާހަގަކުރެއްވިއެވެ. އަދި ސިޔާސީ މަގާމުތަކަށް އަންހެން ބޭފުޅުން ނެރުމަށް ޕާޓީން ކުރަންޖެހޭ މަސައްކަތް ކުރުމަކީ ފައްޔާޒުގެ އެންމެ މުހިންމު އެއް މަސައްކަތަކަށް ހައްދަވާނެކަމަށް ވިދާޅުވިއެވެ.

އަދި ކެމްޕެއިން ކުރައްވާނީ ވަރަށް ރީތިކޮށް ކަމަށާއި، ކެމްޕޭނު ކުރައްވާ އިރު އެކި ފަރާތްތަކަށް ކުޑައިމީސްބަސްބުނެ ނުހަދާނެކަމަށް ވިދާޅުވިއެވެ. އެހެން ޕާޓީތަކުން އެކަން ކުރާގޮތް ވަރަށް ހުތުރުކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ އެމްޑިޕީގައި އެގޮތަށް އަމަލު ނުކުރާނެ ކަމަށެވެ.

މި ޖަލްސާގައި ވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ކުރިމަތިލައްވާ އަންހެން ކެންޑިޑޭޓުވެސް ރަސްމީކޮށް އިއުލާނުކޮށްފައެވެ. މި މަގާމަށް ކުރިމަތިލައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު