Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޑިވަރު އެއާރޕޯޓް އިންޓަރނޭޝަނަލް ކުރުން

މަޑިވަރު އެއާރޕޯޓް ބޮޑުކޮށް އިންޓަރނޭޝަނަލް އެއާރޕޯޓަކަށް ހެދުމަކީ އަމާޒެއް - ރައީސް ސާލިހު

18 ފެބުރުއަރީ 2022 | ހުކުރު 12:27

ޅ.އަތޮޅުގައި 11 ރިސޯޓް އެބައޮތް، އިތުރު 4 ރިސޯޓް މިހާރުވެސް ތަރައްގީ ކުރަމުންދަނީ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 18 ފެބުރުއަރީ 2022 | ހުކުރު 12:27
މަޑިވަރު އެއާރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މަޑިވަރު އެއާރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މަޑިވަރު އެއާރޕޯޓް ބޮޑުކޮށް އިންޓަރނޭޝަނަލް އެއާރޕޯޓަކަށް ހެދުމަކީ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިކަމުގެ މަޝްވަރާތައް އެއާރޕޯޓް ތަރައްގީކުރި ކުންފުނި، ކުރެއްދޫ ހޯލްޑިންގސްއާއި އެމަނިކުފާނާ މަޝްވަރާ ކުރެއްވި ކަމަށާއި، އަދި އެއާރޕޯޓް ބޮޑުކުރުމަށް އެމްޓީސީސީއާއެކުވެސް އެމަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަޑިވަރު އެއާރޕޯޓާއެކު އަތޮޅަށް އިތުރު ތަރައްގީ އަންނާނެކަން ފާހަގަކުރައްވަމުން ރައީސް ސާލިހު ވިދާޅުވީ، ގައުމެއް ތަރައްގީވުމުގައި އެންމެ މުހިންމު ކަމަކީ ފަސޭހައިން ތަންތަނަށް މުދާ ގެންދެވުން ކަމަށާއި، މިހާރު އެކަން ފަހިވެގެން ދާނެ ކަމަށެވެ. ޅ.އަތޮޅުގައި 11 ރިސޯޓް އެބައޮތް ކަމަށާއި އިތުރު 4 ރިސޯޓް މިހާރުވެސް ތަރައްގީ ކުރަމުން އަންނަ ކަމަށެވެ.

ސަރުކާރުގެ ސިޔާސަތަކީ ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުން ކަމަށާއި، ގައުމުތަރައްގީ ވެގެންދާނީ ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިން ގުޅިގެން ކުރާ މަސައްކަތުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެހެންކަމުން ސިޔާސަތުތައް ބައްޓަން ކުރަމުން އަންނަނި އަމިއްލަ ވިޔަފާރިވެރިންނަށް ހުރި ދަތިތައް ނައްތާލުމަށް ކަމަށެވެ.

މަޑިވަރުގައި އެއަރޕޯޓް އެޅުމަކީ މީގެ 16 އަހަރު ކުރިން ކުރީގެ ރައީސް މައުމޫން ނިންމަވާފައި އޮތް ނިންމުމެއް ކަމަށާއި، އޭރުވެސް އެކަމަށް މަސައްކަތްތަކެއް ކުރެވިގެން ދިޔަކަމަށް ރައީސް ވިދާޅުވިއެވެ. މިއަދަކީ އެކަން ހަގީގަތަށް ވެގެން އައި ދުވަސްކަމުގައެވެ.

އެއާރޕޯޓް އެޅުމަށް ހަވާލު ކުރެވުނީ ރިޔާސީ އިންތިޚާބެއްގެ ކެމްޕެއިންގެ މެދުތެރެއިން ކަމަށާއި، މަސައްކަތް ހަވާލު ކުރެވުނު ކުންފުނިން މަސައްކަތް ނިންމާފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެއާރޕޯޓުގައި ގާއިމް ކުރެވިފައިވަނީ އެންމެ ފަހުގެ ފުރިހަމަ ވަސީލަތްތަކާއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެއާރޕޯޓް ހިންގުމަށް ހަވާލު ކޮށްފައިވާ ކުންފުނި، އައިލެންޑް އޭވިއޭޝަނުން ރިސޯޓްތަކަށް ބޭނުންވާ ފެންވަރަށް ޚިދުމަތް ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

މަޑީވަރުގައި ހުޅުވުނު އެއާރޕޯޓާއެކު ރާއްޖޭގެ އުތުރުގެ ހުރިހާ އަތޮޅެއްގައި މިހާރު އެއާރޕޯޓެއް ހުޅުވިފައިވާކަން ރައީސް ސާލިހު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ މެނިފެސްޓޯގައިވާ ގޮތަށް 30 މިނިޓުން މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެވޭ ހިސާބުގައި އެއާރޕޯޓްތައް ގާއިމް ކުރުން ކަމަށާއި، މިއަހަރުގެ ތެރޭގައި އިތުރު ދެ އެއާރޕޯޓް ހުޅުވިގެންދާނެ ކަމށް ރައީސް ސާލިހު ވިދާޅުވިއެވެ. ރައީސް އިޝާރާތް ކުރެއްވީ ގދ. ފަރެސްމާތޮޑާ އަދި މ. މުލީ އެއާޕޯޓަށެވެ. މީގެ އިތުރުވެސް 7 އެއާރޕޯޓެއްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ސަރުކާރުންވަނީ ނިންމާފައެވެ.

މަޑިވަރު އެއާޕޯޓްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް