Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޮވަކް ޖޮކޮވިޗް

ވެކްސިން ނުޖަހައިގެން މުބާރާތްތައް ނުކުޅެވުނަސް އެކަމާ ފަރުވާލެއް ނެތް: ޖޮކޮވިޗް

16 ފެބުރުއަރީ 2022 | ބުދަ 15:29

ވެކްސިންގެ މައުލޫމާތު ހިއްސާ ކޮށްފައިނުވާތީ ޖޮކޮވިޗަށް ވަނީ އޮސްޓްރޭލިއަން އޯޕަންސް ގެއްލިފައި

އަތޫފް އާތިފް
އަތޫފް އާތިފް | 16 ފެބުރުއަރީ 2022 | ބުދަ 15:29
ދުނިޔޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް

ދުނިޔޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް

ކޮވިޑް-19 އަށް ވެކްސިން ނުޖަހައިގެން ޓެނިހުގެ ބޮޑެތި މުބާރާތްތައް ގެއްލުނަސް އެކަމާ މާބޮޑު ފަރުވާލެއް ނެތް ކަމަށް ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ސާބިޔާގެ ނޮވަކް ޖޮކޮވިޗް ބުނެފިއެވެ.

މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން ޖޮކޮވިޗް އޮސްޓްރޭލިއާއަށް ދިޔަ ތަނުން އެއާޕޯޓުގައި މަޑުކޮށް އޭނާގެ ވިސާ ވަނީ ކެންސަލްކޮށްލާފައެވެ. އެކަމަކު އެ މައްސަލަ ޖޮކޮވިޗް ވަނީ ކޯޓަށް ހުށަހަޅާފައެވެ. އަދި އެ މައްސަލަ ކޯޓުން ބެލުމަށްފަހު ނިންމީ އޭނާއާ އެއްކޮޅަށެވެ. އެއީ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ޖޮކޮވިޗް ކޮވިޑަށް ޕޮޒިޓިވްވެފައިވުމުން، މެޑިކަލް އެގްޒެމްޕްޝަންގެ ތެރެއިން ވިސާ ލިބޭ ގޮތަށް އޮތުމުންނެވެ.

އެކަމަކު، ޖޮކޮވިޗްގެ ވިސާ އެޕްލިކޭޝަނުގައި ދީފައި ހުރި މައުލޫމާތު ދިމާނުވާތީ ފަހުން އޮސްޓްރޭލިއާގެ އިމިގްރޭޝަން މިނިސްޓަރު އަލެކްސް ހޯކް އަށް ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ބޭނުންކުރައްވައި ވަނީ ޖޮޮކޮވިޗްގެ ވިސާ ދެ ވަނަ ފަހަރަށް ކެންސަލްކޮށްފައެވެ. ޖޮކޮވިޗްގެ ގާނޫނީ ޓީމުން މި މައްސަލަވެސް ކޯޓަށް ވެއްދިއެވެ. އެކަމަކު މި މައްސަލަ ކޯޓުން ނިންމީ ޖޮކޮޗިޗް އާއި ދެކޮޅަށެވެ. އެހެން ކަމުން މިދިޔަ މަހު ބޭއްވި އޮސްޓްރޭލިއަން އޯޕަން މުބާރާތް ޖޮކޮވިޗަށް ވަނީ ގެއްލިފައެވެ.

މީޑިއާއަށް ދިން އިންޓަރވިއުގައި ޖޮކޮވިޗް ބުނީ، ވެކްސިން ނުޖަހައިގެން ނޫނީ އޭނާ ވެކްސިން ޖެހިކަން ކަށަވަރުކޮށްނުދީގެން އިންޓަނޭޝަނަލް ބެޑްމިންޓަނުގެ ބޮޑެތި މުބާރާތްތަކުގައި ނުކުޅެވުނު ކަމުގައި ވިޔަސް އެކަމާ ހާހެއް ނުވާ ކަމަށެވެ.

ޖޮކޮވިޗް ބުނީ އޭނާގެ މިހުރީ ވެކްސިނާ ދެކޮޅު ވިސްނުމެއްގައި ނޫން ކަމަށާއި، އެކަމަކު ކޮންމެ މީހަކަށްވެސް އެ މީހެއްގެ ހަށިގަނޑަށް ޖަހަން ޖެހޭ އެއްޗެއް ނިންމުމުގެ ބާރު އޮންނަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ޖޮކޮވިޗް ބުނީ ވެކްސިނާ ބެހޭ ގޮތުން އޭނާ ނިންމާފައިވާ ނިންމުންތައް ހިއްސާކުރަން ބޭނުން ނުވާ ކަމަށެވެ. އަދި އެކަން ހިއްސާ ނުކޮށްގެން ޓެނިހުގެ ބޮޑެތި މުބާރާތްތައް ގެއްލުނު ކަމުގައިވިޔަސް އެކަމާ ފަރުވާލެއް ނެތް ކަމަށް ޖޮކޮވިޗް ބުނިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ނައްތާލަން ނޫނީ ކޮންޓްރޯލްކުރަން މުޅި ދުނިޔޭގައި ކުރަމުން އަންނަ މަަސައްކަތް ބަލައިގަންނަ ކަމަށް ޖޮކޮވިޗް ވަނީ ބުނެފައެވެ.

ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި 359 ވަނަ ހަފްތާ ގުނަމުން އަންނަ ޖޮކޮވިޗް، ވަނީ ގްރޭންޑް ސްލޭމް ޓެނިހުގެ 20 މުބާރާތް ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 އޮކްޓޯބަރު 2020

ހުއްދަ ލިބުނުހާ އަވަހަކަށް ވޮލީބޯޅަ މުބާރާތްތައް ބާއްވަން ތައްޔާރު: ކާއްޓޭ

07 އޮކްޓޯބަރު 2020
ހުއްދަ ލިބުނުހާ އަވަހަކަށް ވޮލީބޯޅަ މުބާރާތްތައް ބާއްވަން ތައްޔާރު: ކާއްޓޭ
04 އޯގަސްޓު 2020

"މި ދަނޑިވަޅުގައި ކުޅިވަރު މުބާރާތްތައް ބާއްވަން ތާއިދެއް ނުކުރަން"

04 އޯގަސްޓު 2020
"މި ދަނޑިވަޅުގައި ކުޅިވަރު މުބާރާތްތައް ބާއްވަން ތާއިދެއް ނުކުރަން"
23 ޖޫން 2020

މި އަހަރު ޓީޓީ މުބާރާތްތައް ބޭއްވުމަށް ގޮންޖެހުން ބޮޑު: ސުޖާއު

23 ޖޫން 2020
މި އަހަރު ޓީޓީ މުބާރާތްތައް ބޭއްވުމަށް ގޮންޖެހުން ބޮޑު: ސުޖާއު
10 އެޕްރީލު 2020

"ރޮނާލްޑޯ ރެއާލަށް ބަދަލުވެއްޖެނަމަ އެކަމާ ހައިރާނެއް ނުވާނަން"

10 އެޕްރީލު 2020
"ރޮނާލްޑޯ ރެއާލަށް ބަދަލުވެއްޖެނަމަ އެކަމާ ހައިރާނެއް ނުވާނަން"
10 މާރިޗު 2020

ރިސޯޓު ލީގު: ހަތަރު ޒޯނުގެ މުބާރާތްތައް ފަސްކޮށްފި

10 މާރިޗު 2020
ރިސޯޓު ލީގު: ހަތަރު ޒޯނުގެ މުބާރާތްތައް ފަސްކޮށްފި
09 ޑިސެމްބަރު 2019

ޑޯޕިންގ މައްސަލައިގައި ވާޑާއިން ރަޝިއާއަށް ފިޔަވަޅު އަޅައިފި، ބޮޑެތި މުބާރާތްތައް ނުކުޅެވޭނެ

09 ޑިސެމްބަރު 2019
ޑޯޕިންގ މައްސަލައިގައި ވާޑާއިން ރަޝިއާއަށް ފިޔަވަޅު އަޅައިފި، ބޮޑެތި މުބާރާތްތައް ނުކުޅެވޭނެ
20 ޖެނުއަރީ 2019

ފަހުވަގުތާ ޖެހެންދެން މުބާރާތްތައް ކާމިޔާބުކުރަން މަސައްކަތް ކުރާނަން: ސޮލާރީ

20 ޖެނުއަރީ 2019
ފަހުވަގުތާ ޖެހެންދެން މުބާރާތްތައް ކާމިޔާބުކުރަން މަސައްކަތް ކުރާނަން: ސޮލާރީ
01 މާރިޗު 2018

ސައުދީގައި ރެސްލިން މުބާރާތްތައް ބޭއްވުމަށް ޑަބްލިއުޑަބްލިއުއީއާ އެކު ސޮއިކޮށްފި

01 މާރިޗު 2018
ސައުދީގައި ރެސްލިން މުބާރާތްތައް ބޭއްވުމަށް ޑަބްލިއުޑަބްލިއުއީއާ އެކު ސޮއިކޮށްފި
14 އެޕްރީލު 2017

ކުޅުން ވަރަށް ދަށް، ނަމަވެސް ތިން ޕޮއިންޓު ލިބުމުން އެކަމާ އުފާކުރަން: ސޮބާ

14 އެޕްރީލު 2017
ކުޅުން ވަރަށް ދަށް، ނަމަވެސް ތިން ޕޮއިންޓު ލިބުމުން އެކަމާ އުފާކުރަން: ސޮބާ
14 މާރިޗު 2017

އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި

14 މާރިޗު 2017
އެޗް1އެން1 އާ ގުޅިގެން އެފްއޭއެމުން ހިންގާ މުބާރާތްތައް ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް