Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރިސޯޓު ލީގު 2020

ރިސޯޓު ލީގު: ހަތަރު ޒޯނުގެ މުބާރާތްތައް ފަސްކޮށްފި

ފަސްކޮށްފައިވަނީ ނޯތު މާލެ ޒޯނާއި، ބ. ޒޯނާއި، ސައުތު އަރި ޒޯން އަދި ސައުތު މާލެ ޒޯނުގެ މުބާރާތްތައް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 މާރިޗު 2020 | އަންގާރަ 06:13
ރިސޯޓު ލީގުގެ ދ. ޒޯނުގައި ކުޅުނު މެޗެއްގެ ތެރެއިން

ރިސޯޓު ލީގުގެ ދ. ޒޯނުގައި ކުޅުނު މެޗެއްގެ ތެރެއިން

ރާއްޖެއިން މިހާރު ފެނިފައިވާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ރިޒޯޓުތަކުގެ މެދުގައި ބާއްވަމުން އަންނަ ރިސޯޓު ލީގު 2020 ގެ ހަތަރު ޒޯނުގެ މުބާރާތްތައް ފަސްކޮށްފި އެވެ.

މިހާތަނަށް މި މުބާރާތުގެ ދ. ޒޯނުގެ ކުޅުން ނިމިފައިވާއިރު، ފަސްކޮށްފައިވަނީ ނޯތު މާލެ ޒޯނާއި، ބ. ޒޯނާއި، ސައުތު އަރި ޒޯން އަދި ސައުތު މާލެ ޒޯނުގެ މުބާރާތްތަކެވެ.

ރިސޯޓު ލީގު އިންތިޒާމުކުރާ ފަރާތުން ބުނީ ބާކީ އޮތް ހަތަރު ޒޯނުގެ މުބާރާތްތައް ފަސްކުރީ ރާއްޖެއިން މިހާރު ފެނިފައިވާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން، ސިއްހީ ގޮތުން ސަލާމަތީ ފިޔަވަޅު އެޅުމަށް ކަމަށެވެ. އަދި އެ ހަތަރު މުބާރާތްތައް ދެން ބާއްވާނެ ތާރީޚެއް ފަހުން އިއުލާނުކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ރާއްޖެއިން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 6 އަށް އަރާފައެވެ. އެ 6 މީހުންނަކީވެސް ރިސޯޓުތަކުގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފުންނެވެ.

ރިސޯޓު ލީގު ފަސްކުރިއިރު، ދާދު ފަހުން ވަނީ މި މުބާރާތުގެ ދ. ޒޯނުގެ ކުޅުން ނިމިފައެވެ. މި ޒޯނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކަނޑިންމަ މޯލްޑިވްސް އެވެ. މިއަހަރުގެ މުބާރާތުގައި 42 ރިސޯޓު ވާދަކުރާއިރު، 79 މެޗު ކުޅެވިގެންދާނެއެވެ.

މި މުބާރާތުގެ މި އަހަރު މީޑިއާ ޕާޓްނަރަކީ ރާއްޖެ ޓީވީ އެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު