Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

މިލާން އެއްވަނައަށް ، ޔުވެންޓަސް އެއްވަރު

ސަމްޑޯރިއާގެ މައްޗަށް މިލާނުން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 14 ފެބުރުއަރީ 2022 | ހޯމަ 01:00
އިޓާލިއަން ލީގުގައި އޭސީ މިލާން އާއި ސަމްޑޯރިއާ ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި އޭސީ މިލާން އާއި ސަމްޑޯރިއާ ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ސަމްޑޯރިއާ ބަލިކޮށް އޭސީ މިލާނުން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލިއިރު، އެޓަލާންޓާ އަތުން ޔުވެންޓަސް އެއްވަރުވެއްޖެއެވެ.

މިލާންގެ ދަނޑުގައި އާދީއްތަ ދުވަހު ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު މިލާނުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ 8 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަފައެލް ލެއާއޯއެވެ. މިއީ މިލާންގެ ކީޕަރު މައިކް މައިންގްނޯންގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑަށްފަހުވެސް މިލާނުން ވަނީ ސަމްޑޯރިއާގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލަން މަސައްކަތް ކޮށްފައެވެ. އެކަމަކު ސަމްޑޯރިއާގެ ޑިފެންޑަރުން ވަނީ މިލާން ކުޅުންތެރިން ހުއްޓުވައިފައެވެ.

މެޗުގެ ދެވަނަ ހާފުގައި މިލާންގެ ފްރާންސް ފޯވާޑް އޮލިވިއޭ ޖިރޫޑްއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ޖިރޫޑް ފޮނުވާލި ދެ ހަމަލާއެއް ސަމްޑޯރިއާގެ ކީޕަރު ވްލަޑިމީރޯ ފަލްކޯނޭ ވަނީ ދިފާއުކޮށްފައެވެ. މީގެ އިތުރުން މިލާންގެ ސަންޑްރޯ ޓޮނާލީ އާއި ފްރޭންކް ކެސިއޭއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ.

މީގެ އިތުރުން އާދީއްތަ ދުވަހުގެރޭ އެޓަލާންޓާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އެޓަލާންޓާގެ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 14 ވަނަ މިނެޓުގައި ޔުވެންޓަސްގެ ހުނަރުވެރި ފޯވާޑް ޕައުލޯ ޑިބާލާއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން ޑިބާލާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފުގައި މާޓިން ޑި ރޫން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޔުވެންޓަސްގެ ކީޕަރު ވޮއިޒެކް ޝެޒްނީއެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ އެޓަލާންޓާއިންނެވެ. މެޗުގެ 76 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރުސްލާން މުލޮނޯސްކީއެވެ.

ޔުވެންޓަސްއިން މެޗުގައި އެއްވަރުކުރީ ފަހު ވަގުތު ޑެނީލޯ ކާމިޔާބުކުރި ލަނޑުންނެވެ. މިއީ ޑިބާލާގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާތަކާއެކު ލީގު ތާވަލުގެ އެއްވަނައަށް މިލާން ޖެހިލީ ކުޅުނު 25 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އިންޓަ މިލާނުން އޮތީ އެއް މެޗު މަދުން ކުޅެ ލިބުނު 54 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް ނާޕޮލީއަށް 25 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު ހަތަރުވަނައިގައި ޔުވެންޓަސް އޮތީ 25 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު