Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ100 ކިލޯ ޑްރަގް މައްސަލަ

100 ކިލޯ ޑްރަގް މައްސަލަ ތާވަލުގައި ނުހިމެނުނީ އިދާރީ އޮޅުމަކުން: ކްރިމިނަލް ކޯޓު

13 ފެބުރުއަރީ 2022 | އާދީއްތަ 08:26

މި މައްސަލައާއި ގުޅިގެން 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ފެބުރުއަރީ 2022 | އާދީއްތަ 08:26
ރާއްޖެއަށް 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން ފުލުހުން ވަނަވަރު ހާމަ ކުރި މީހުން

ރާއްޖެއަށް 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން ފުލުހުން ވަނަވަރު ހާމަ ކުރި މީހުން

100 ކިލޯގެ ޑްރަގް މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތަކުގެ ތަފްސީލު ކްރިމިނަލް ކޯޓުގެ ތާވަލުގައި ނުހިމެނުނީ އިދާރީ އޮޅުމެއްގެ ސަބަބުންކަމަށް އެ ކޯޓުން ބުނެފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ 3 ދައުވާއަކާއި ގުޅޭ ގަޒިއްޔާތަކެއް ކުރިއަށް ދެއެވެ. އެއީ ޑައިމޯފިންޓްރެފިކް ކުރުމުގެދައުވާތަކަކާއި، ޑައިމޯފިން ބޭނުން ކުރުމުގެ ދައުވާތަކެއްގެ އިތުރުން، ކެނެބިސް ބޭނުން ކުރުމުގެ ދައުވާތަކެކެވެ. 

Advertisement - newsAdvertisement

މި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގެންދާގޮތަށް އޮތިހަމަޖެހިފައެވެ . އެހެންނަމަވެސް، މި އަޑުއެހުން އޮންނާނެކަން ކޯޓުގެ ތާވަލުން ފެންނާކަށް ނެތެވެ. އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ކްރިމިނަލް ކޯޓުން ބުނީ، އެ ގަޒިއްޔާތަކުގެ ތެރެއިން އެއް ގަޒިއްޔާ ކުރިއަށް ގެންދަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައިކަމަށްވާތީ ތާވަލު އަޕްޑޭޓް ކުރުމުގައި އިދާރީ އޮޅުމެއް އަރާފައިވާ ކަމަށެވެ. މައްސަލަ ތާވަލުގައި ނުހިމެނުނީ އެހެންވެގެން ކަމަށް ކޯޓުން މައުލޫމާތު ދެއެވެ.

ސިއްރު ކޮށްގެން ކުރިއަށް ގެންދާ އަޑުއެހުންތައްވެސް ކްރިމިނަލް ކޯޓުގެ ތާވަލުން ފެންނަން އޮވެއެވެ. އެގޮތުން އާދިއްތަ ދުވަހު އެގަޑީގައި ކުރިއަށް ގެންދިޔަ ޓެލެގްރާމް ގްރޫޕުތަކެއް ހިންގި މައްސަލައިގައި މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާއަކީވެސް ސިއްރު ކޮށްގެން ކުރިއަށްގެންދާ އަޑުއެހުމެކެވެ. އެހެންނަމަވެސް އެ މައްސަލަވެސް ތާވަލުން ފެންނާން އޮތެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި އާދިއްތަ ދުވަހު ކުރިއަށް ގެންދާގޮތަށް އޮތް އަޑުއެހުން ފަހުން ވަނީ ކެންސަލްކޮށްފައެވެ. ސަބަބަކީ 2 ބިދޭސީއަކުވެސް ހިމެނޭ މި މައްސަލައިގެ އަޑުއެހުމަށް ތަރުޖަމާނަކު ހާޒިރުވެފައިނުވާތީއެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 17 ފެބްރުއަރީގައެވެ. އަދި 28 ފެބްރުއަރީގައިވެސް މައްސަލައިގެ އަޑުއެހުމެއް ވަނީ ތާވަލުކޮށްފައެވެ.

މުޅި މި މައްސަލައާއި ގުޅިގެން 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

1- ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާން

2- ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު

3- ކ މާފުށި ސްވީޓްމީޑް އަހުމަދު މާހިރު

4- ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްތަފާ

5- ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު

6- ދ. ބަނޑިދޫ، ޕޮލާރިސް، މުހައްމަދު ހުސައިން

7- ޑީއެމް މޮބިން (ބަންގްލަދޭޝް)

8- އެމްޑީ ރަފީޤުލް އިސްލާމް (ބަންގްލަދޭޝް)

9- ގއ ދެެއްވަދޫ ދޭލިޔާގޭ މިދުހަތު އިބްރާހިމް

10- މ ކޮޅުފުށި ޒަހީރާ މަންޒިލް، އަހުމަދު ޝިރުހާން ޝަމީމް

މި މައްސަލައިގައި މިދުހަތު އިބްރާހިމްއާއި އަހުމަދު ޝިރުހާން ޝަމީމް ފިޔަވައި ދެން ތިބި އެންމެންގެ މައްޗަށް ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އަދި މުޙައްމަދު ހުސައިންގެ މައްޗަށް ޑައިމޯފިން ބޭނުން ކުރުމުގެ ކުށުގެ އިތުރު ދައުވާއެއްވެސް އުފުލާފައިވާއިރު، މިދުހަތާއި ޝިރުހާންގެ މައްޗަށް މި މައްސަލައިގައި އުފުލާފައިވަނީ ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ އެ ދެމީހުންގެ އިތުރުން މި މައްސަލައިގައި ހިމެނޭ ޖުމާން މުސްތަފާއާއި، ރަފީޤުލް އިސްލާމްއާއި، މުޙައްމަދު އަހުމަދުގެ މައްޗަށްވެސް އުފުލާފައިވެއެވެ.

މި މައްސަލައިގައި ސިއްރުކޮށްގެން ކުރިއަށް ގެންދަނީ ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ. އެގޮތުން ނޫސްވެރިން ވަނުމަށް ދައުވާލިބޭ ފަރާތްތަކުން އިއުތިރާޒު ކުރުމާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ދީބާނާޒް ފަހުމީ ވަނީ ދިފާއީ ވަކީލުގެވެސް އެދިލެއްވުމުގެ މަތިން އެ ގަޒިއްޔާސިއްރުކުރައްވާފައެވެ. އެ ދުވަހު ސިއްރު ކޮށްގެން ކުރިއަށްދިޔަ އަޑުއެހުމުގައި ކެނެބިސް ބޭނުންކުރުމުގެ ދައުވާ އުފުލާފައިވާ މީހުންގެ ބައި ކުރިއަށް ގެންގޮސްފައި ނުވަނީ އެކަކު ހާޒިރު ނުވުމުންނާއި، ދައުވާ ލިބޭ ބައެއް ފަރާތްތަކަށް ލިޔެކިޔުންތައް ލިބިފައިނުވާތީކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

100ކިލޯގެ މަސްތުވާތަކެތިކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް