Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޮޑީވޯން ކެމެރާ ބޭނުންކުރަން ފެށުން

މާލެ ސަރަހައްދާއި އައްޑޫ ސިޓީގައި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

13 ފެބުރުއަރީ 2022 | އާދީއްތަ 07:12

މިއަދަކީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހި ފުލުހުންގެ ހިދުމަތް އިތުރު ހަރުފަތަކަށް ގިރާ ކުރި ދުވަހެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 ފެބުރުއަރީ 2022 | އާދީއްތަ 07:12
ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންކުރަން ފެށި ބޮޑީވޯން ކެމެރާ

ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންކުރަން ފެށި ބޮޑީވޯން ކެމެރާ

ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުން އައްޑޫ ސިޓީގައި ދިވެހި ފުލުހުންގެ ހިދުމަތުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބޮޑީވޯން ކެމެރާ ނުވަތަ ފުލުހުންގެ ޔުނީފޯމްގައި ހަރުކޮށްފައި ހުންނަ ކެމެރާ ބޭނުންކުރަން ފަށާފައިވަނީ އާދީއްތަ ދުވަހުން ފެށިގެންނެވެ. އަދި މި އިފްތިތާހުކޮށްފައިވަނީ މިކަމަށްޓަކައި އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައެވެ.

Advertisement - newsAdvertisement

ބޮޑީ ވޯން ކެމެރާގެ މަސައްކަތަކީ ދިވެހި ފުލުހުންގެ ހިދުމަތް ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރުވައި ތަރައްގީކުރުމުގެ ޕްލޭންގެ ދަށުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިސްނެންގެވުމާއެކު މީގެ 2 އަހަރެއްހާ ދުވަސް ކުރިން ފެށިގެންދިޔަ މަސައްކަތެކެވެ. ދިވެހި ފުލުހުންގެ ހިދުމަތަށް ބޮޑީވޯން ކެމެރާ ތައާރަފް ކުރުމުގެ ގޮތުން އަޖުމަ ބެލުމަށް ދުނިޔޭގެ ނަން މަޝްހޫރު 2 ކެމެރާ ބްރޭންޑެއްގެ ޕައިލެޓް ޕްރޮޖެކްޓެއް ކުރިއަށް ގެންދެވިފައިވެއެވެ.

މި ޕައިލެޓް ޕްރޮޖެކްޓްތަކުގެ އަލީގައި ކެމެރާތަކަކީ ދުނިޔޭގައި ކުރިއަރާފައިވާ އެހެން ގައުމުތަކެކޭ އެއްގޮތަށް ދިވެހި ފުލުހުންގެ ހިދުމަތުގައި ވެސް ބޭނުންކުރެވިދާނެ އެއްޗެއްކަން އެނގިގެން ދިޔައެވެ. މިއަދަކީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހި ފުލުހުންގެ ހިދުމަތް އިތުރު ހަރުފަތަކަށް ގިރާ ކުރި ދުވަހެކެވެ. މި މަސައްކަތަކީ ފުލުހުންގެ ކަމާއިގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވެ ކުރެވުނު ގިނަ ގުނަ މަސައްކަތެއް ނިމުމަކަށް އައިސް އޭގެ ނަތީޖާ ހާސިލްކުރެވިގެންދާ ދުވަހެވެ.

ބޮޑީވޯން ކެމެރާ ތައާރަފް މަރުހަލާތައް ކަޑައްތުކޮށް ލޯންޗިންއާއި ހަމައަށް އައުމަށްޓަކައި މޮޓޮރޮއްލާ ސޮލިއުޝަން އަދި އެކްސޮން ޕްރޮޑަކްޓްގެ ޑިސްޓްރިއުބިއުޓަރުން ޕައިލެޓް ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ފުލުހުން ބޭނުންކުރަން ފަށާފައިވަނީ އެކްސޮން ބްރޭންޑްގެ ކެމެރާއެވެ.

ފީލްޑްގައި މަސައްކަތް ކުރާ ފުލުހުން މިމަހުގެ ތެރޭގައި ބޮޑީ ކެމެރާ ބޭނުންކުރަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިޙު ވަނީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ރިޔާސީބަޔާން އިއްވަމުން ވިދާޅުވެފައެވެ. ރައީސް ވިދާޅުވެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ޖަވާބުދާރީކުރުވުމަށް، ޒަމާނީ ޕޮލިސިންގ ފަލްސަފާއެއް މިހާރު އެމުއައްސަސާގައި އޮތްކަމަށެވެ. އެގޮތުން ފީލްޑްގައި މަސައްކަތްކުރާ ފުލުހުން މިމަހުގެ ތެރޭގައި ބޮޑީކެމެރާ ބޭނުންކުރަން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ ތަހްޤީގުތައް މިހާރަށްވުރެ ޒަމާނީވެ ފުރިހަމަވާން އެބަޖެހޭކަމަށެވެ. ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ އިތުރު ފުލުހުންނާއި، ތަމްރީނު އަދި ވަސީލަތް ސަރުކާރުން ފޯރުކޮށްދޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އަމާޒަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އިތުރުކުރުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މުދަލާއި ހަށިފުރާނައިގެ ރައްކާތެރިކަމުގައި އަބަދުވެސް ރައްޔިތުންނާއި އެންމެ ގާތުގައި ތިއްބަވާ ދިވެހި ޤައުމީ ފައުޖަކީ ދިވެހި ފުލުހުން ކަމަށެވެ.

ބޮޑީވޯން ކެމެރާގެ ސަބަބުން ފުލުހުންގެ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އަދި ފުލުހެއްގެ މައްސަލައަކާ ގުޅިގެން އާންމު ރައްޔިތަކާ ބައްދަލުކުރި ނަމަވެސް، ކެމެރާގެ ސަބަބުން ދެއްކި ވާހަކަތަކުގެ ހެކި ލިބެން ހުންނާނެއެވެ. އަދި ފުލުހެއްގެ މައްސަލައެއް ހުށަހެޅިއްޖެ ހާލަތެއްގައިވެސް ހެކި ލިބުން ފަސޭހަވެ، މައްސަލަ ބަލަން އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމަށާއި، ފުލުހުން މަސައްކަތްކުރާ މިންވަރުވެސް ދެނެގަތުމަށް ލުއިތަކެއް ލިބިގެންދާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުސް އޮފިސަރުންގެ ޔުނީފޯމުގައި ބޮޑީ ކެމެރާ ހަރުކޮށްގެން މަސައްކަތްކުރުމަކީ އެހެން ގައުމުތަކުންވެސް ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ދުނިޔޭގެ އެހެނިން ގައުމުތަކުގައި މި ކެމެރާ އާންމުކޮށް ހަރުކޮށްފައި ހުންނަނީ ފުލުހުން ބޭނުންކުރާ ހެލްމެޓް ނުވަތަ އައިނުގައެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެއް އޮޕަރޭޝަން ކަމަށްވާ އުސާމާ ބިއްލާދިނަށް ދެވުނު ހަމަލާވެސް ރިކޯޑު ކުރެވިފައިވަނީ ހަމަ މިފަދަ ބޮޑީ ކެމެރާއެއްގެ ސަބަބުންނެވެ. މީގެ އިތުރުން އެމެރިކާގައި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް ހައްޔަރުކުރުމުގެ ތެރޭގައި ދޮން ނަސްލުގެ ފުލުހަކު އަމަލުކުރި ގޮތުގެ ސަބަބުން ޖޯޖް މަރުވި ހާދިސާގައި ފުލުސް މީހާގެ މައްޗަށް ކުށް ސާބިތުކުރުމަށް ވެސް ބޮޑީވޯން ކެމެރާގެ ފުޓޭޖް ބޭނުންކޮށްފައިވެއެވެ.

ބޮޑީ ވޯން ކެމެރާމޯލްޑިވްސް ޕޮލިސް ސަރވިސްޕޮލިސްއައްްޑޫ ސިޓީއައްޑޫ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
08 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

08 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް