Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޖީ އޮފީހުގެ ތަފާސްހިސާބު

މިއަހަރުގެ ޖެނުއަރީ މަހު ޕީޖީ އޮފީހުން 224 ދައުވާއެއް ހުށައަޅާފައިވޭ، އެންމެ ގިނަ ދައުވާ ކްރިމިނަލް ކޯޓަށް

ޖެނުއަރީ މަހު އެކަނިވެސް ޕީޖީ އޮފީހުން 151 މީހެއްގެ މައްޗަށް ޖުމުލަ 224 ދައުވާއެއް އުފުލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ފެބުރުއަރީ 2022 | ހޮނިހިރު 05:34
ޕީޖީ ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަނީ- ޝަމީމް ވިދާޅުވީ މަޢުލޫމާތު ސިއްރުނުކޮށް ޢާންމުކުރުމަކީ ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާގެ އެންމެ އަސާސީ އެއްބައި ކަމުގައި

ޕީޖީ ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަނީ- ޝަމީމް ވިދާޅުވީ މަޢުލޫމާތު ސިއްރުނުކޮށް ޢާންމުކުރުމަކީ ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާގެ އެންމެ އަސާސީ އެއްބައި ކަމުގައި

މިއަހަރުގެ ޖެނުއަރީ މަހު ޕީޖީ އޮފީހުން 224 ދައުވާއެއް ހުށައަޅައިފިއެވެ.

އެކަމާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވީ، ޖެނުއަރީ މަހު އެކަނިވެސް ޕީޖީ އޮފީހުން 151 މީހެއްގެ މައްޗަށް ޖުމުލަ 224 ދައުވާއެއް އުފުލާފައިވާ ކަމަށެވެ. އެގޮތުން ދައުވާ އުފުލާފައިވާ މީހުންގެ އެވްރެޖް އުމުރަކީ 29 އެވެ.

Advertisement - newsAdvertisement

ޝަމީމް ވިދާޅުވި ގޮތުގައި 36 ކޯޓަކަށް ޕީޖީ އޮފީހުން ވަނީ ދައުވާތައް ހުށައަޅާފައެވެ. އޭގެ ތެރެއިން ކްރިމިނަލް ކޯޓަށް 97 ދައުވާއެއް ހުށައަޅާފައިވެއެވެ. އޭގެ ތެރޭގައި ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއާއި، ހުއްދަނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމާއި ގުޅޭ މައްސަލަތަކާއި، ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ މައްސަލަތައް ގިނަކަން ފާހަގަ ކުރައްވައި ޝަމީމް ވަނީ އެއީ އަހަރު ފެށޭ މަހަށް ޚާއްޞަ "ސީޒަނަލް" މައްސަލަތައް ކަމަށް ސިފަ ކުރައްވާފައެވެ.

މި މުއްދަތުގައި ޑްރަގް ކޯޓަށް 47 ދައުވާއެއް ވަނީ ހުށައަޅާފައެވެ. އަދި ހުޅުމާލޭ ކޯޓަށް 16 ދައުވާއެއް ހުށައަޅާފައިވާއިރު، މާފުށީ ކޯޓަށް ވަނީ 6 ދައުވާއެއް ހުށައަޅާފައެވެ.

އޭގެ އިތުރުން، ފުވައްމުލަކު ކޯޓަށްވެސް 5 ދައުވާއެއް ހުށައަޅާފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވަނީ ޕީޖީ އޮފީހުން ހުށައަޅާފައިވާ އެކި ދައުވާތަކާއި ގުޅިގެން ކޯޓުތަކުން ނިންމާފައިވާ މައްސަލަތަކުގެ ތަފްސީލުވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ޖެނުއަރީ މަހު ކޯޓުތަކުން 169 މައްސަލައެއް ނިންމާފައިވާކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އޭގެ ތެރެއިން 58 އިންސައްތަ މައްސަލައަކީ ޑްރަގް ކޯޓުން ނިންމާފައިވާ މައްސަލަތަކެވެ.

ޑްރަގް ކޯޓުން ނިންމާފައިވާ މައްސަލަތައް ނުހިމަނައި 71 މައްސަލައެއްގައި ކުށް ސާބިތުވާކަމަށް ވަނީ ކަނޑައަޅާފައެވެ. އެއީ ނިމިފައިވާ މައްސަލަތަކުގެ 69 އިންސައްތަކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގުޅޭ 2 މައްސަލައެއްވެސް ހިމެނޭއިރު، 24 އިންސައްތަ މައްސަލައިގައި ކުށް ސާބިތުނުވާކަމަށް ވަނީ ކަނޑައަޅާފައެވެ.

ކްރިމިނަލް ކޯޓުން ނިންމާފައިވާ މައްސަލަތަކަށް ބަލާއިރު، އެ ކޯޓުން އެންމެ ގިނަ މައްސަލަ ނިންމެވީ ފަނޑިޔާރު އާދަމް މުޙައްމަދުކަމަށް ޝަމީމް ވިދާޅުވިއެވެ. އެއީ 9 މައްސަލައެވެ. އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ 6 މައްސަލަ ނިންމަވާފައިވާއިރު، ފަނޑިޔާރު އިސްމާޢީލް ޝަފީޢު 5 މައްސަލަ ނިންމަވާފައިވެއެވެ. މެޖިސްޓްރޭޓް ކޯޓުތަކުން އެންމެ ގިނަ މައްސަލަ ނިންމެވީ ކ. ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގައި ފަނޑިޔާރު އިބްރާހީމް ޝަކީބްކަމަށް ޝަމީމް ވިދާޅުވިއެވެ. އެއީ 5 މައްސަލައެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މަޢުލޫމާތު ސިއްރުނުކޮށް ޢާންމުކުރުމަކީ ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ ދާއިރާގެ އެންމެ އަސާސީ އެއްބައެވެ. އެގޮތުން ކޮންމެ މަހެއްގެވެސް ފުރަތަމަ ހަފްތާގެ ތެރޭގައި، ވޭތުވެދިޔަ ހަފްތާގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ކަން ހިނގައިދިޔަ ގޮތާއި ބެހޭ މަޢުލޫމާތު ހާމަކުރެވޭތޯ މަސައްކަތް ކުރައްވާނެކަމަށް ޝަމީމް ވިދާޅުވިއެވެ. އޭގެ ތެރޭގައި ތަޙްޤީޤީ އިދާރާތަކުން ޕީޖީ އޮފީހާއި މަޝްވަރާކުރުމަށް ޝެޑިއުލްކުރި މައްސަލަތަކާއި، ބަލައިގަނެވުނު މައްސަލަތަކާއި، ގޮތެއް ނުނިމި ހުރި މައްސަލަތަކުގެ ޢަދަދާއި، ޕީޖީ އޮފީހުން ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ ޢަދަދާއި، ބާވަތާއި ހުށަހެޅުނު ކޯޓުތަކުގެ މައުލޫމާތު ހިމެނެއެވެ.

މީގެއިތުރުން، އެމަހެއްގައި ޝަރީޢަތުގެ އަޑުއެހުންތައް ތާވަލުކުރެއްވި ކޯޓުތަކާއި، އެ އަޑުއެހުންތައް ބޭއްވުނުކަން ނުވަތަ ނޫންކަންވެސް އާންމު ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަން ޝަމީމް ފާހަގަކުރެއްވިއެވެ. އަދި ކޯޓުތަކުން އެމަހެއްގައި ނިންމެވި މައްސަތަކުގެ ޖުމްލަ ޢަދަދާއި، އެމައްސަލަތައް ސާބިތުވިކަން ނުވަތަ ނޫންކަމާއި، އެމައްސަލަތައް ނިންމެވި ކޯޓުތަކުގެ ނަންތައް ފަދަ މައުލޫމާތުތައްވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްހުސައިން ޝަމީމް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
02 ނޮވެމްބަރު 2025

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި
26 އޮކްޓޯބަރު 2025

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި
19 އޮކްޓޯބަރު 2025

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި
29 ސެޕްޓެމްބަރު 2025

ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

29 ސެޕްޓެމްބަރު 2025
ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު