Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއި ގުޅުން ބަދަހިކުރުމަކީ ރިޒުގު ތަނަވަސްވާނެ ކަމެއް: ޚުތުބާ

11 ފެބުރުއަރީ 2022 | ހުކުރު 08:55

ބައެއް ދަރީން އެމީހުންގެ މައިންބަފައިން އުމުރުން ދުވަސްވުމުން، އަޅާނުލައި ގެއިން ބޭރުކޮށްލާ

އަމްނާ އިމާދު
އަމްނާ އިމާދު | 11 ފެބުރުއަރީ 2022 | ހުކުރު 08:55
ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން

ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން

މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތައި ގުޅުން ބަދަހިކުރުމަކީ ދަތިކަމަކާއި ނުލައި ރިޒުގު ތަނަވަސްވާނެ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތުން މިމައުޟޫއަށް އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މައިންބަފައިންނަށް އިހާނާތްތެރިކޮށް ހިތާ މީހުންނަށް އާހިރަތް ދުވަހުން ލިބޭ އަޒާބުގެ އިތުރުން ދުނިޔެ މަތީގައި ވެސް އެކަމުގެ އުގޫބަތް ލިބޭނެ ކަަމަށެވެ. މައިންބަފައިންނަށް ކަމޭހިތުމުގެ ތެރޭގައި އެމީހުން ދުނިޔެ ދޫކޮށް ދިއުމުން އެމީހުންނަށް ހެޔޮ ދުއާ ކުރުމާއި، އެމީހުންގެ ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނާއެކު ގުޅުން ދެމެހެއްޓުންވާ ކަމަށެވެ. އަދި ގާތްތިމާގެ ގުޅުން ދެމެހެއްޓުމަކީ މާތްﷲގެ ރަހުމަތް ލިބޭނެ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތައި ގުޅުން ބަދަހިކުރުމަކީ އެއްވެސް ބުރަކަމަކާއި ދަތިކަމަކާ ނުލައި ރިޒުގު ތަނަވަސްވާނެ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ހެޔޮކަމާއި ލާބައިގެ ގިނަގުނަ ދޮރުތައް ހުޅުވޭ ކަމެއް ކަމަށެވެ. ނަމަވެސް މިއަދުގެ ހާލަތު ބަދަލުވެ، މި މުޖުތަމައުގެ ތެރެއިން ހިތާމަހުރި މަންޒަރުތައް ފެންނަމުންދާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެގޮތުން ބައެއް ދަރީން އެމީހުންގެ މައިންބަފައިން އުމުރުން ދުވަސްވުމުން، އަޅާނުލައި ގެއިން ބޭރުކޮށްލާ ކަމަށާއި، މައިންބަފައިން ބިކަ ހާލުގައި ޖައްސާ މަންޒަރު ފެންނަ ކަމަށެވެ. ޚުތުބާގައި ބުނީ ދަރިން ތަނަވަސްކަންމަތީ ތިބެމެ މައިންބަފައިން އެހެން މީހުން ގާތަށް ގޮސް، ސަލާން ޖަހައިގެން ކައި ބޮއެ އުޅޭ ކަމަށާއި، އުމުރުން ދުވަސްވެފައި ތިބި މައިންބަފައިންނަށް އެއްޗެހި ކިޔައި އަޑުލައި މޫނު މަތީގައި ޒުވާބުކޮށް އުޅޭ ކަމަށެވެ. އަދި ބައެއް ފަހަރު މުސްކުޅި މައިންބަފައިންނަށް ސަރުކާރުން ދޭ އިނާޔަތުގައި ޖެހި މައިންބަފައިން އެ ފައިސާކޮޅުން ވެސް މަހްރޫމު ކުރާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މިގޮތަށް ކަންތައް ކުރުމަކީ، ހުއްދަވެގެންވާ ކަމެއްނޫންކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ ކޮންމެ އިންސާނަކު ވެސް، ދުނިޔޭގައި ލަހައްޓަވައިފި ނަމަ، މުސްކުޅި ޢުމުރާ ކުރިމަތި ލާން ޖެހެނޭ ކަމަށާއި، ތިމާގެ ޙަޔާތުގައި މަންމަ ނުވަތަ ބައްޕަ އުމުރުން ދުވަސްވެ، ބޯ ކޮށިވެފައިވާ ޙާލުގައި، އެ މީހުންގެ ފަރާތުން ދިމާވާ ކަންކަމަށް ކެތްތެރިވާން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ ކާބަފައިންނަށް ވުރެ މާއްދީ ހާލަތު މިއަދު ވާ ތަނަވަސް ކަމަށާއި، ލިބިފައިވާ ވަސީލަތްތައް ގިނަ ކަމަށެވެ. ނަމަވެސް މިއަދު ގިނަ ބަޔަކު ދިރިއުޅެމުންދަނީ ހާސްކަމާއި ކަންބޮޑުވުމެއްގެ ތެރޭގައިކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުތުބާގައި ބުނީ ކާބަފައިން މާތްﷲއަށް އިމާންވެ އެކަލާނގެ އެންގެވި ކަންތައްތައް ދަސްކޮށް އެއާ އެގޮތަށް އަމަލުކުރި ކަމަށެވެ. މިކަމުގެ ސަބަބުން އެމީހުންނަށް މާތް ﷲގެ އިނާޔަތާއި ރިއާޔަތް ލިބުނު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ކާބަފައިންގެ ޚާއްސަ ސިފަތަކުގެ ތެރޭގައި މައިންބަަފައިންނަށް ކަމޭހިތުމާއި އަޅައިލުން ހިމެނޭ ކަމަށެވެ. އެހެންކަމުން މުސްލިމް މުޖުތަމައުތައް މައިންބަަފައިންނަށް ގަދަރުކުރާ އެމީހުންނަށް އިހްތިރާމް ކުރާ މުޖުތަމައުތަކަކަށްވި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެހެންކަމުން މިއަދު ވެސް އެއާދަތައް ހިފަހައްޓައި، މައިބަފައިންނަށް ހެޔޮކޮށް ހިތައި ތިމާގެ ގުޅުން ދެމެހެއްޓުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ހުކުރު ޚުތުބާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް