Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަރުހޫމް ރަޝީދުގެ ތައުޒިޔާގެ ދަފްތަރު

ސްޓެލްކޯގެ ކުރީގެ ޗެއާރމަން މަރުހޫމް ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ރައީސް ހުޅުވައިދެއްވައިފި

މަރުހޫމް ރަޝީދަކީ ރާއްޖޭގެ ހަކަތައިގެ ސިނާއަތު ކުރިއަރުވައި ތަރައްގީކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 8 ފެބުރުއަރީ 2022 | އަންގާރަ 07:58
ސްޓެލްކޯގެ ކުރީގެ ޗެއާރމަން މަރުހޫމް ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ހުޅުވުން

ސްޓެލްކޯގެ ކުރީގެ ޗެއާރމަން މަރުހޫމް ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ހުޅުވުން

ސްޓެލްކޯގެ ކުރީގެ ޗެއާރމަން އަލްމަރުހޫމް މުހައްމަދު ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ރައީސް ސޯލިހު ހުޅުއްވައިދެއްވައިފިއެވެ.

ކަރަންޓުގެ ސިނާއަތަށް ބައި ގަރުނަށްވުރެ ގިނަ ދުވަހު އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކުރެއްވި ސްޓެލްކޯގެ ބޯޑުގެ ކުރީގެ ޗެއާރމަން މުހައްމަދު ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވާދެއްވާފައިވަނީ އެކަމަށްޓަކައި އަންގާރަ ދުވަހުގެ ހެނދުނު ސްޓެލްކޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

Advertisement - newsAdvertisement

ތައުޒިޔާގެ ދަފުތަރުގައި ރައީސް ސޯލިހު ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ މަރްހޫމް މުހައްމަދު ރަޝީދަކީ ރާއްޖޭގެ ހަކަތައިގެ ސިނާއަތު ކުރިއަރުވައި ތަރައްގީކުރެއްވުމުގައި ދިގު މުއްދަތެއްގައި އަގުހުރި މަސައްކަތްތަކެއް ކުރެއްވި އަދި މާލޭގެ ކަރަންޓުގެ ހިދުމަތް ފުޅާކޮށް ޒަމާނީ ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ހިދުމަތްތެރިއެއްކަން ފާހަގަކުރައްވާފައެވެ. ޚިދުމަތުގެ ދާއިރާގައި މަރްހޫމް ރަޝީދު ފާހަގަކުރެވެނީ ކަމަށް ކަމޭހިތްތަވައި ފަރުވާތެރިކަމާއެކު ޚިދުމަތުގައި ދެމިހުންނެވި އިންޖިނޭރެއްގެ ގޮތުގައިކަމަށާއި މަރްހޫމް ރަޝީދު ވަކިވެވަޑައިގެންނެވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޚިދުމަތްކުރުމުގެ ރިވެތި ނަމޫނާއެއް ދައްކަވާފައި ކަމުގައި ރައީސްގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ލިޔުއްވި ބަޔާނުގައި ވަނީ ޗެއާރމަން ރަޝީދަކީ، މަދުރަސީ ދައުރު ނިމުނީއްސުރެ، އަވަހާރަވަންދެން، ހަކަތައިގެ ސިނާއަތުގައި ދެމިހުންނެވި، ގައުމީ ހިދުމަތްތެރިއެއްކަން ފާހަގަ ކުރައްވާފައެވެ. ޗެއާރމަން ރަޝީދަކީ، އެކުގައި މަސައްކަތް ކުރަން ފަސޭހަ ތަޖުރިބާހުރި، އަޚުލާގު ރަނގަޅު ހީވާގި ބޭފުޅެއް ކަން މުޣުނީ ފާހަގަކުރެއްވިއެވެ. އަދި ރަޝީދު އަވަހާރަވުމަކީ، ސްޓެލްކޯއަށާއި، ކަރަންޓުގެ މުޅި ސިނާއަތަށް އަދި މުޅި ގައުމަށްވެސް ލިބުނު ގެއްލުމެއްގެ ގޮތުގައި މުޣުނީ ވަނީ ފާހަގަކުރައްވާފައެވެ.

މަރުހޫމް ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ ބޯޑް މެމްބަރުންނާއި، ކުންފުނީގެ އިސްވެރިންގެ އިތުރުން މަރްހޫމް ރަޝީދުގެ އާއިލާގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މަރުހޫމް ރަޝީދު އަވަހާރަވީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވީ އާދީއްތަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ. ރަޝީދު ސްޓެލްކޯގެ ޚިދުމަތާއި އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ 1971 ވަނަ އަހަރު އެޕްރެންޓިސްޝިޕްގައެވެ. އޭގެ ފަހުން އިންޖީނިއަރުކަމާއި، ޑެޕިއުޓީ ޑިރެކްޓަރ މެނޭޖީރިއަލްގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމާއި، އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި، އެކުންފުނީގެ ސީއީއޯގެ މަގާމުވެސް ވަނީ ފުރުއްވާފައެވެ.

މަރުހޫމް ރަޝީދު ބޯޑުގެ ޗެއާރމަން ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 12 ފެބްރުއަރީ 2019 ގައެވެ. ރަޝީދު އަވަހާރަވުމާއި ހަމައަށްވެސް ހުންނެވީ އެކުންފުނީގެ ބޯޑުގެ ޗެއާރމަން ކަމުގެ މަގާމުގައެވެ. މަރުހޫމް ރަޝީދުގެ ތައުޒިޔާގެ ދަފުތަރުގައި ސޮއި ކުރުމުގެ ފުރުސަތު މިމަހުގެ 22 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

ސްޓެލްކޯރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ
03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
15 ނޮވެމްބަރު 2025

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި
26 އޮކްޓޯބަރު 2025

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް
21 ސެޕްޓެމްބަރު 2025

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު