Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ސުވަރުގެ ވަނުމުގެ މަގަކީ އުނދަގޫތަކުން ފުރިފައިވާ މަގެއް، ގަދައަޅާ މަސައްކަތް ކުރޭ: ޚުތުބާ

4 ފެބުރުއަރީ 2022 | ހުކުރު 08:34

އިންސާނާގެ ދުންޔަވީ ހަޔާތުގެ މަގުސަދަކީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ އަންގަވާފައިވާ ގޮތަށް އުޅުން

އަމްނާ އިމާދު
އަމްނާ އިމާދު | 4 ފެބުރުއަރީ 2022 | ހުކުރު 08:34
ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން

ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން

ސުވަރުގެ ވަނުމުގެ މަގަކީ އުނދަގޫތަކުން ފުރިފައިވާ މަގެއް ކަމަށާއި، ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

‘ސުވަރުގޭގެ މަތިވެރި ނިއުމަތްތައް’ މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އިންސާނާގެ ދުންޔަވީ ހަޔާތުގެ ހުރިހާވެސް މަގުސަދަކީ، ދުނިޔޭގައި ހެޔޮ އަމަލުކޮށް، މާތް ﷲ އާއި އެކަލާނގެ ރަސޫލާ އަންގަވާފައިވާ ގޮތަށް އުޅުން ކަމަށާއި، އެފަދަ މީހުންނަށް ހުރި ތަނަކީ ނިއުމަތްތަކުން ފުރިގެންވާ ތަނަވަސް ސުވަރުގެ ކަމަށެވެ. ޚުތުބާގައި ބުނީ ސުވަރުގޭގައި 8 ދޮރުކޮޅެއް ވާ ކަމަށާއި، އެތަނުގައި މަލާއިކަތުން ސުވާރުގެ ވަންތަވެރީންނަށް އިސްތިގުބާލު ކުރައްވައި މަރުހަބާ ކިޔުއްވާނެ ކަމަށެވެ. އަދި އެ ދޮރުދޮރުކޮޅުތަކުން އަމާންކަމާއި ރައްކާތެރިކަމާއެކު ސުވާރުގެ ވަނުމަށް ހުށަހަޅުއްވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ މާތްﷲ އަށް ކުއްތަންވުމަށް ފަރްޟު އަޅުކަމުގެ އިތުރުން، ސުންނަތް އަޅުކަންތައް ގިނަކުރުމަށް އިސްލާމް ދީނުގައި ބާރުއަޅުއްވާފައިވާ ކަމަށެވެ.

ޚުތުބާގައި ބުނީ ސުވަރުގޭގެ ނިއުމަތްތައް ލިބޭހުށީ، ފާފަތަކާއި، މުންކަރާތްތަކާއި ދުރުހެލިވެ، ﷲ އަށް ބިރުވެތިވެ، މާތް ނަބިއްޔާއަށް ތަބާވާ މީހުންނަށް ކަމަށާއި، މައިންބަފައިންނަށް އިޙްސާންތެރިވެ، ފަރުޟު ފަސް ނަމާދު އަދާކޮށް، ޒަކާތް ރޯދަ ހިފައި، ޞާލިޙު އަމަލުކޮށް އުޅޭ މީހުންނަށް ކަމަށެވެ. އަދި ސުވަރުގެ ވަނުމަށް އޮތް މަގަކީ ކިތައްމެ އުނދަގޫ މަގެއް ކަމުގައި ވިޔަސް، މުއުމިނު އަޅާ، އެ ހުރަސްތައް ގިރާކުރާނެ ކަމަށާއި، މާތް ﷲ ގެ ރަހުމަތަށް އުއްމީދު ކުރާނެ ކަމަށެވެ.

ޚުތުބާގައި ބުނީ ޝައިޠާނާގެ ކެހިވެރިކަމުގައި ޖެހި، ދުންޔަވީ ލައްޒަތާއި އަރާމަށް ހެއްލި، އާޚިރަތުގެ މަތިން ހަދާން ނައްތާލައިގެން ނުވާނެ ކަމަށާއި، ސުވަރުގެ ވަނުމުގެ މަގަކީ، ނަފުސުގެ އެދުންތަކާ ދެކޮޅަށް، ޖިހާދު ކޮށްގެން މެނުވީ ހޯދޭނެ މަގެއް ނޫން ކަމަށެވެ. މުދަލާއި، ފުރާނައިން އެތަކެއް ގުރުބާނީއެއް ވެގެން ނޫނީ ކާމިޔާބު ކުރެވޭނެ މަގެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މި ދުނިޔޭގެ ނިއުމަތްތަކަކީ، ވަގުތީ އެއްޗެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ސުވަރުގޭގެ ނިއުމަތްތަކާ އަޅާ ބަލާ އިރު، އެއީ އަގެއް ނެތް، މަދު މިންވަރެއް ކަމަށާއި، ހަރާމެއް، ހަލާލެއް ބެލުމެއް ނެތި، ދީނީ ވާޖިބުތަކަށް ސަމާލުކަމެއް ނުދީ، މީސްތަކުން އަވަދިނެތި އުޅެނީ، ފަނާވަނިވި މި ދުނިޔޭގެ ވަގުތީ އަރާމާއި، ލައްޒަތު ހޯދުމަށް ކަމަށެވެ. ޚުތުބާގައި ބުނީ ސުވަރުގެ ވަނުމުގެ މަގަކީ، އުނދަގޫތަކުން ފުރިފައިވާ މަގެއް ކަމަށާއި، މުންކަރާތްތަކާއި، ޝަހުވާނީ އެދުންތަކުން ވަށާލެވިފައިވާ މަގެއް ކަމަށެވެ. އަދި ނަރަކަ ވަށާލެވިފައި ވަނީ، ކުރާ ހިތްވާ ކަންތައްތަކުން ކަމަށާއި، އެސުވަރުގެ ހޯދުމަށް ކޮންމެ މީހަކު ވެސް ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

ހުކުރު ޚުތުބާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް