Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިފްކޯއަށް މަސް ގަންނަ އަގު ބޮޑުކުރުން

އަންނަ މާޗް މަހުން ފެށިގެން މިފްކޯއަށް މަސް ގަންނަ އަގު ބޮޑުވާނެ: ރައީސް

އަންނަ ްމާޗް މަހުން ފެށިގެން މިފްކޯއަށް މަސް ގަންނާނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2022 | ހުކުރު 08:21
ފެލިވަރު މަސް ފެކްޓަރީ

ފެލިވަރު މަސް ފެކްޓަރީ

އަންނަ މާރޗު މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯއަށް މަސް ގަންނަ އަގު ބޮޑުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މަސްވެރިން ބާނަ މަސް މިފްކޯއިން ގަންނަ އަގާއިމެދު އަބަދުވެސް މަސްވެރިން ކަންބޮޑުވުން ފާޅުކުރެއެވެ. މިގޮތުން މިފްކޯއިން މަސް ގަންނަމުންދަނީ ކަނޑައެޅިފައިވާ ވަކި އަގެއްގައެވެ. އެހެންކަމުން މިފަދައިން މަސްވެރިންގެ ހުރި އެކި ކަންބޮޑުވުންތައް ހައްލުކުރުމަށް މި ސަރުކާރުން ގެންދަނީ އެތައް މަސައްކަތެއް ކުރަމުންނެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިހު ވިދާޅުވީ އަންނަ މާރޗު މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯއަށް މަސް ގަންނަ އަގު ބޮޑުކުރެވޭނެކަމަށެވެ. ދެން މިފްކޯއިން މަސް ގަންނާނީ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށް ކަމަށާއި، ދުނިޔޭގެ ބާޒާރުގައި ބޮޑުއަގު ލިބޭނަމަ، މިފްކޯއަށް ގަންނަ މަހުގެ އަގު ބޮޑުވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ފާއިތުވެދިޔަ 15 އަހަރުގެ ތެރޭގައި، އެންމެގިނަ މަސް މިފްކޯއަށް ކިރާފައިވަނީ ނިމިދިޔަ 2021 ވަނަ އަހަރެވެ. މިގޮތުން މިދިޔަ އަހަރު 58،350 ޓަނުގެ މަސް ކިރާފައިވާއިރު، ޖުމުލަ އަގު 901،786،841 އަށް އަރާފައިވެއެވެ

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދަނޑުވެރިކަމުގެ ސިނާއަތަށްވެސް އަލިއަޅުވާލައްވާފައެވެ. ރައީސް ވިދާޅުވީ ދިވެހި އިގްތިސާދު ސިންދަފާތު ކުރުމުގެ ލިސްޓުގެ އެންމެ ކުރިއަށް ސަރުކާރުން ލާފައިވަނީ ދަނޑުވެރިކަން ކަމުގައެވެ. މިކަމަށްޓަކައި އެގްރޯނެޓްގެ ނަމުގައި ސަރުކާރުން ކުންފުންޏެއް އުފައްދާފައިވާއިރު، އެގްރޯނެޓްގެ ފަރާތުން ރާއްޖޭގެ 68 ރަށެއްގެ 704 ދަނޑުވެރިންނާއެކު ސޮއިކުރެވިގެން، ކޮންޓްރެކްޓް ފަރމިންގގެ މަސައްކަތް ދަނީ ހިނގަމުންކަމަށް ރައީސް ވިދާޅުވިއެވެ. އޭގެތެރެއިން 163 ދަނޑުވެރިއެއްގެ އުފެއްދުންތައް ގަނެ މާކެޓަށް ނެރެމުންދާކަމަށާއި، މިއީ ފަށައިގަތުމެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވި، އޭގެ ނަތީޖާ، ރާއްޖޭގެ ހުރިހާ ދަނޑުވެރިންނަށް ލިއްބައިދެވޭނެކަމުގެ އުންމީދު މިހާރު އާވެފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެސްއެމްއީ ބޭންކް މެދުވެރިކޮށް ދަނޑުވެރިންނަށް މިހާތަނަށް 16.3 މިލިއަން ރުފިޔާގެ ލޯނުވަނީ ދޫކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފަސޭހައިން ރާއްޖޭގައި އުފެއްދޭނެކަމުގެ ޔަގީންކަން ލިބޭ ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ، ކުރިއަށް އޮތް ތަނުގައި މަތިކުރެވޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ ބޭނުމަކީ ދިވެހި އުފެއްދުން އިތުރުކޮށް، ނަފާ ހޯދުމުގެ ފުރުސަތު، ދިވެހި ދަނޑުވެރިންނަށް ލިއްބައިދިނުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މިފްކޯރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

14 ޑިސެމްބަރު 2025
މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު