Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ދަނޑުވެރިކަން ފުޅާކުރުން

ފަސޭހައިން ރާއްޖޭގައި އުފެއްދޭނެކަމުގެ ޔަޤީންކަން އޮތް ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރަނީ

ދަނޑުވެރިންނާއި ގާތުން މަސައްކަތްކުރުމަށް ސަރުކާރުން ވަނީ އެގްރޯ ނޭޝަނަލްގެ ނަމުގައި އިދާރާއެއް އުފައްދާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2022 | ބުރާސްފަތި 07:09
ދަނޑުވެރިކަމަށް ފީލްޑް އޮފިސަރުން ތަމްރީނު ކުރުން

ދަނޑުވެރިކަމަށް ފީލްޑް އޮފިސަރުން ތަމްރީނު ކުރުން

ފަސޭހައިން ރާއްޖޭގައި އުފެއްދޭނެކަމުގެ ޔަޤީންކަން އޮތް ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ މަތި ކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ދިވެހި އިޤްތިޞާދު ސިންދަފާތު ކުރުމުގެ ލިސްޓްގެ އެންމެ ކުރިއަށް ސަރުކާރުން ލާފައިވަނީ ދަނޑުވެރިކަން ކަމަށެވެ. އެކަމަށްޓަކައި އެގްރޯނެޓްގެ ނަމުގައި ސަރުކާރުން ކުންފުންޏެއް އުފައްދާފައިވާއިރު، އެގްރޯނެޓްގެ ފަރާތުން ރާއްޖޭގެ 68 ރަށެއްގެ 704 ދަނޑުވެރިއަކާއެކު ސޮއިކުރެވިގެން ކޮންޓްރެކްޓް ފާމިންގެ މަސައްކަތް ހިނގަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، އޭގެ ތެރެއިން 163 ދަނޑުވެރިއެއްގެ އުފެއްދުންތައް ގަނެ މިހާރުވެސް މާރކެޓަށް ނެރެމުންދާ ކަމަށެވެ. އަދި މިއީ ފަށައިގަތުމެއް ކަމަށް ފާހަގަކުރައްވައި ރައީސް ވަނީ، ކާމިޔާބު މަސައްކަތަކަށް މިކަންވެ އޭގެ ނަތީޖާ ރާއްޖޭގެ ހުރިހާ ދަނޑުވެރިންނަށް ލިއްބައިދެވޭނެ ކަމުގެ އުއްމީދު އާވެފައިވާކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، އެސް.އެމް.އީ ބޭންކް މެދުވެރިކޮށް ދަނޑުވެރިކަމަށް މިހާތަނަށް 16.3 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވިފައިވާ ކަމަށެވެ. އަދި ފަސޭހައިން ރާއްޖޭގައި އުފެއްދޭނެކަމުގެ ޔަޤީންކަން ލިބޭ ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ ކުރިއަށް އޮތްތަނުގައި މަތިކުރެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އެކަމުގެ ބޭނުމަކީ ދިވެހި އުފެއްދުން އިތުރުކޮށް، ނަފާ ހޯދުމުގެ ފުރުޞަތު ދިވެހި ދަނޑުވެރިންނަށް ލިއްބައިދިނުންކަން ރައީސް ވިދާޅުވިއެވެ.

ދަނޑުވެރިންނާއި ގާތުން މަސައްކަތްކުރުމަށް ސަރުކާރުން ވަނީ އެގްރޯ ނޭޝަނަލްގެ ނަމުގައި އިދާރާއެއް އުފައްދާފައެވެ. މިއިދާރާގެ މައިގަނޑު މަސައްކަތަކީ ދަނޑުވެރިންނާއި ގާތުން މަސައްކަތް ކުރުމެވެ. މިގޮތުން ދަނޑުވެރިކަން ފަށައިގަންނަން ބޭނުންވާ މީހުންނަށް އެފުރުސަތު ފަހިކޮށްދިނުމާއި، ދަނޑުވެރިކަން ފަށައިގަތުމަށް އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި އެއަށްފަހުވެސް ދަނޑުވެރިންގެ ކަންކަން ގާތުން ބަލައި މޮނިޓަރ ކުރުން ހިމެނެއެވެ.

އެގްރޯނެޓުން މިކަން ކުރިއަށް ގެންދިއުމަށް ދަނޑުވެރިންނާއެކު 2 އަހަރު ދުވަހުގެ އެއްބަސްވުމެއް އެކުލަވާލައެވެ. މިއެއްބަސްވުމަށް ދެވޭ ހިސާބުން ދަނޑުވެރިޔާގެ ކަންކަން ބެލުމަކީ އެގްރޯނެޓްގެ ޒިންމާއެކެވެ. އެގްރޯނެޓުން އެޒިންމާ ނަގައި، ދަނޑު ހެއްދުމަށް ދަނޑުވެރިޔާއަށް ބޭނުންވާ ހުރިހާ އެއްޗެއް ފޯރުކޮށްދިނުމާއި، ހައްދާނެ ބާވަތްތައް ދަނޑުވެރިންނަށް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ދަނޑުވެރިޔާ ހައްދާ ބާވަތެއް ބާޒާރަށް ނެރުމަކީވެސް އެގްރޯނެޓުން ކުރާނެ މަސައްކަތެކެވެ. އެގްރޯނެޓްގެ ފުރިހަމަ އެއްބާރުލުން އެއްބަސްވުން ދެމިއޮތްހާ ހިނދަކު ދަނޑުވެރިންނަށް ލިބޭނެއެވެ. އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އައު އެއްބަސްވުމެއް ހެދުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

ދަނޑުވެރިކަންއެގްރޯނެޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްހާހަށްވުރެ ގިނަ ދަނޑުވެރިން ތަމްރީނުކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްހާހަށްވުރެ ގިނަ ދަނޑުވެރިން ތަމްރީނުކޮށްފި

27 މެއި 2023
ފަގީރުންގެ އާބާދީ ނައްތާލުމަށް "ޒަކާތު ނަފާ" ޕްރޮގްރާމު ފަށަނީ

ފަގީރުންގެ އާބާދީ ނައްތާލުމަށް "ޒަކާތު ނަފާ" ޕްރޮގްރާމު ފަށަނީ

06 ނޮވެމްބަރު 2022
ރައީސް ކާށިދޫއަށް ވަޑައިގެންފި

ރައީސް ކާށިދޫއަށް ވަޑައިގެންފި

16 އޮކްޓޯބަރު 2022
އެންމެ ކުރީ ޒަމާނުގައި ހުރިހާ ރަށެއްގައި ދަނޑުވެރިކަން އަދި އެއްހާސް ރަށް ދަނޑުވެރިކަމަށް ޚާއްޞަވެފައި

އެންމެ ކުރީ ޒަމާނުގައި ހުރިހާ ރަށެއްގައި ދަނޑުވެރިކަން އަދި އެއްހާސް ރަށް ދަނޑުވެރިކަމަށް ޚާއްޞަވެފައި

16 އޮކްޓޯބަރު 2022
ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ދަނޑުވެރިންނަށް ޚާއްސަ ވޯކްޝޮޕެއް

ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ދަނޑުވެރިންނަށް ޚާއްސަ ވޯކްޝޮޕެއް

13 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު