Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދަނޑުވެރިކަން ކުރިއެރުވުން

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދަނޑުވެރިކަމަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ: މިނިސްޓްރީ

ބައެއް ރަށްރަށުގެ މީރުފެން ފަށަލަ ވަނީ ލޮނުވެފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 މާރިޗު 2022 | އަންގާރަ 14:04
އިރިގޭޝަން ޕްރޮގްރާމްގެ ދަށުން ހައްދާ ދަނޑެއް

އިރިގޭޝަން ޕްރޮގްރާމްގެ ދަށުން ހައްދާ ދަނޑެއް

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދަނޑުވެރިކަމަށް ވެސް އެކިކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ބުނެފިއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި ދަނޑުވެރިކަމުގައި ބޭނުންކުރަން އެކަށީގެންވާ ފެންދޭ ނިޒާމްގެ މައުލޫމާތު ހޯދައި, ރާއްޖޭގެ ރަށްރަށަށް ތައާރަފް ކުރުމަށް މިނިސްޓްރީން ކުރިއަށްގެންދާ އިރިގޭޝަން ޕްރޮގްރާމް އަންގާރަ ދުވަހު ގދ. ހޯނޑެއްދޫގައި ކުރިއަށް ގެންގޮސްފައިވެއެވެ.

Advertisement - newsAdvertisement

ދަނޑުވެރިކަމާބެހޭ މިނިސްޓްރީން ބުނީ ދަނޑުވެރިކަމުގައި ބޭނުންކުރުމަށް ލިބިފައިވާ ބިމުގެ ސަބަބުންނާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖޭގެ ދަނޑުވެރިކަމަށް ވެސް އެކިކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން އިރުވައި މޫސުން ދިގުވެ ގަސްތަކަށް ފެންދިނުމަށް ގިނަ އަދަދަކަށް ބިމުން ފެން ނެގުމުގެ ސަބަބުން ބައެއް ރަށްރަށުގެ މީރުފެން ފަށަލަ ލޮނުވެ، ދަނޑުވެރިކަމުގައާއި އާންމު ދިރިއުޅުގައި ބޭނުން ކުރަން އެކަށީގެންވާ ވަރަށް ފެން ނުލިބުމުގެ ދަތިކަން ރަށްރަށަށް ކުރިމަތިވާ މިންވަރު އަހަރުން އަހަރަށް އިތުރުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އިރިގޭޝަން ޕްރޮގްރާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް، ރައްކާކުރެވިފައި ހުންނަ ފެންފޮދު ވީހާވެސް އިސްރާފުކުޑަ ގޮތެއްގައި ބޭނުން ކުރެވޭނެ ނިޒާމެއް ގާއިމްކޮށްދިނުމަށާއި ފެންބޭނުން ކުރުމުގައި ދަނޑުވެރިން ކުރިއަށްވުރެ ބޮޑަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

ޕްރޮގްރާމްގައި ޑެމޮންސްޓްރޭޓް ކުރުމަށް 10 ދަނޑެއްގައި އިރިގޭޝަން ސިސްޓަމް ގާއިމްކޮށްދީފައިވެއެވެ. އަދި ރަށުގެ ގިނަ ދަނޑުވެރިންނާއި ޝައުގުވެރިވާ ފަރާތްތައް ހިމެނޭގޮތަށް, އަދި އިރިގޭޝަން ޕްރޮގްރާމްގައި ބައިވެރިވެފައިވާ 10 ފަރާތް ހިމެނޭގޮތަށް, ކަމާގުޅޭ މައުލޫމާތު ސެޝަންތައް ހިންގިފައިވެއެވެ. މި ސެޝަންތައް ހިންގާފައިވަނީ "ދަނޑުވެރިކަމުގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ" ނަމުގައެވެ. މި ތަމްރީން ޕްރޮގްރާމްގައި ދަނޑުވެރިކަމުގެ އާންމު މައުލޫމާތާއި ގަސްހެއްދުމުގައި ދިމާވާ ތަފާތު ގޮންޖެހުންތައް ހައްލުކުރެވިދާނެ ގޮތުގެ މައުލޫމާތު ދެވިފައިވެއެވެ. ދަނޑުވެރިކަމުގެ އަސާސީ މައުލޫމަތުތައް ދެވުނު މި ސެޝަންތަކުގައި ޖުމްލަ 47 ފަރާތަކުން ބައިވެރިވެ, 42 މީހަކު ތަމްރީން ފުރިހަމަކޮށްފައިވެއެވެ.

މިނިސްޓްރީގެ ޕީއެސްއައިޕީ ޕްރޮގްރާމްގެ ތެރެއިން ހިންގޭ އިރިގޭޝަން ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި, ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށް ނަމޫނާ ދައްކައިދީގެން މިފަދަ ނިޒާމުތަކަށް ދަނޑުވެރިން އަހުލުވެރިކޮށް ޝައުގުވެރިކުރުވުން ހިމެނެއެވެ. މީގެ ސަބަބުން ދަނޑުވެރިކަމުގެ މަސައްކަތްތަކުގެ ތެރޭގައި އިސްރާފު ވެގެންދާ ފެނާއި ކާނާގެ މިންވަރު ކުޑަ ކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބޭނެއެވެ.

ދަނޑުވެރިކަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް ކާށިދޫއަށް ވަޑައިގެންފި

ރައީސް ކާށިދޫއަށް ވަޑައިގެންފި

16 އޮކްޓޯބަރު 2022
އެންމެ ކުރީ ޒަމާނުގައި ހުރިހާ ރަށެއްގައި ދަނޑުވެރިކަން އަދި އެއްހާސް ރަށް ދަނޑުވެރިކަމަށް ޚާއްޞަވެފައި

އެންމެ ކުރީ ޒަމާނުގައި ހުރިހާ ރަށެއްގައި ދަނޑުވެރިކަން އަދި އެއްހާސް ރަށް ދަނޑުވެރިކަމަށް ޚާއްޞަވެފައި

16 އޮކްޓޯބަރު 2022
ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ދަނޑުވެރިންނަށް ޚާއްސަ ވޯކްޝޮޕެއް

ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ދަނޑުވެރިންނަށް ޚާއްސަ ވޯކްޝޮޕެއް

13 އޮކްޓޯބަރު 2022
މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީކޮށް ފާހަގަކުރާނެ ރަށަކީ ކާށިދޫކަމުގައި ހަމަޖައްސަވައިފި

މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީކޮށް ފާހަގަކުރާނެ ރަށަކީ ކާށިދޫކަމުގައި ހަމަޖައްސަވައިފި

13 ސެޕްޓެމްބަރު 2022
ފަސޭހައިން ރާއްޖޭގައި އުފެއްދޭނެކަމުގެ ޔަޤީންކަން އޮތް ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރަނީ

ފަސޭހައިން ރާއްޖޭގައި އުފެއްދޭނެކަމުގެ ޔަޤީންކަން އޮތް ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރަނީ

03 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު