Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް

އެގްރޯނެޓާއެކު، ދަނޑުވެރިކަމުގެ ސިނާއަތް އެހެން ހަރުފަތަކަށް

އެގްރޯނެޓުން ދަނީ ދަނޑުވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދެމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2022 | އަންގާރަ 15:51
ދަނޑު ހެއްދުން

ދަނޑު ހެއްދުން

ދަނޑުވެރިކަމުގެ ސިނާއަތަކީ ޒަމާނުއްސުރެވެސް އާމްދަނީ ހޯދުމަށް ދިވެހިން ކޮށް އުޅުނު ބުރަ މަސައްކަތެކެވެ. މިއީ ރާއްޖެއަށް ބޮޑެތި ސިނާއަތްތައް ތައާރަފްވުމުގެ މާކުރިން ދިވެހިން ކޮށް އުޅުނު މަސައްކަތެކެވެ. ބަދަލުވި ޒަމާނާއެކު ދިވެހިންގެ ތެރެއަށް އިތުރު ސިނާއަތްތައް ތައާރަފުވެފައިވީނަމަވެސް ދިވެހިންގެ ލެއާ ގުޅިފައިވާ ސިނާއަތެއް ފަދައިން ދަނޑުވެރިކަމުގެ ސިނާއަތް އަދިވެސް ދިވެހިންގެ ތެރޭގައި އެބައޮތެވެ.

މިގޮތުން ދަނޑުވެރިކަމަށް ބަލާލާއިރު، ރާއްޖޭގައި ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތެއް ނުކުރާ ރަށެއް ނެތޭ ބުނެވިދާނެއެވެ. އެހެންނަމަވެސް މީގެ ކުރިން މިކަން ކޮށްފައިވާ މިންވަރަށް ދަނޑުވެރިކަން ކުރެވިފައި ނެތީއެވެ. ފާއިތުވި އަހަރުތަކުގައި މި ސިނާއަތަށް އިސްކަން ދެވުނު މިންވަރު ކުޑަވި ނަމަވެސް މި ސަރުކާރުން އެއްވެސް ދާއިރާއެއް ފަހަތަށް ޖެހުނަ ނުދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން މި ސިނާއަތް ކޮޅަށްޖެހުމަށްވެސް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މި ސިނާއަތް ޚިޔާރުކުރާ މީހުން އިތުރުކުރުމަށް މަސައްކަތްކޮށް ދަނޑުވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް މި ސަރުކާރުން އަމާޒު ހިފިއެވެ. އަދި ސަރުކާރަށް ތިން އަހަރު ވީއިރު ދަނޑުވެރިންނަށް ލިބިފައިހުރި ފުރުސަތުތައް ވަރަށްވެސް ގިނައެވެ.

މިގޮތުން ދަނޑުވެރިންނާ ގާތުން މަސައްކަތްކުރުމަށް ސަރުކާރުން ވަނީ އެގްރޯ ނޭޝަނަލްގެ ނަމުގައި އިދާރާއެއް އުފައްދާފައެވެ. މި އިދާރާގެ މައިގަނޑު މަސައްކަތަކީ ދަނޑުވެރިންނާ ގާތުން މަސައްކަތް ކުރުމެވެ. މިގޮތުން ދަނޑުވެރިކަން ފަށައިގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުމާއި، ދަނޑުވެރިކަން ފަށައިގަތުމަށް އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި އެއަށްފަހުވެސް ދަނޑުވެރިންގެ ކަންކަން ގާތުން ބަލައި މޮނިޓަރ ކުރުން ހިމެނެއެވެ.

އެގްރޯނެޓުން މިކަން ކުރިއަށްގެންދިއުމަށް ދަނޑުވެރިންނާއެކު އެއްބަސްވުމަކަށް ދެއެވެ. އެއީ 2 އަހަރުދުވަހުގެ އެއްބަސްވުމެކެވެ. އެއްބަސްވުމަށް ދެވޭ ހިސާބުން ދަނޑުވެރިޔާގެ ކަންކަން ބެލުމަކީ އެގްރޯނެޓްގެ ޒިންމާއެކެވެ. އެގްރޯނެޓުން އެ ޒިންމާ ނަގައި، ދަނޑު ހެއްދުމަށް ދަނޑުވެރިޔާއަށް ބޭނުންވާ ހުރިހާ އެއްޗެއް ފޯރުކޮށްދިނުމާއި، ހައްދާނެ ބާވަތްތައް ދަނޑުވެރިންނަށް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ދަނޑުވެރިޔާ ހައްދާ ބާވަތެއް ބާޒާރަށް ނެރުމަކީވެސް އެގްރޯނެޓުން ކުރާނެ މަސައްކަތެކެވެ. އެގްރޯނެޓްގެ ފުރިހަމަ އެއްބާރުލުން އެއްބަސްވުން ދެމިއޮތްހާ ހިނދަކު ދަނޑުވެރިންނަށް ލިބޭނެއެވެ. އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އައު އެއްބަސްވުމެއް ހެދުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

އެގްރޯނެޓުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ކޮށްފައިވާ މުހިންމު މަސައްކަތްތަކުން ދަނޑުވެރިންނަށް ކުރިމަތިލާންޖެހިފައިވާ ގިނަ ގޮންޖެހުންތަކަކަށް ވަނީ ހައްލު ހޯދައިދެވިފައެވެ. އެގްރޯނެޓުން ދަނޑުވެރިންނާ ގުޅިގެން ކުރަން ފެށި މުހިންމު މަސައްކަތްތަކުގެ ސަބަބުން ދަނޑުވެރިން ކުރަމުންއައި ޝަކުވާތައް ވަނީ މަދުވެފައެވެ. މިކަން އެގްރޯނެޓުން ވެސް ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތައް ނުލިބުމާއި، ދަނޑުވެރިން ހައްދާ ތަކެތި ވިއްކޭނެ މާކެޓެއް ނެތުމާއި، ވިއްސާރައިގައި ދަނޑުވެރިންގެ ތަކެތި ހަލާކުވުމަކީ މީގެ ކުރިން އެމީހުން ކުރަމުން އައި ޝަކުވާތަކެއް ކަމަށް އެގްރޯނެޓުން ބުނެއެވެ. އެހެންނަމަވެސް މި ސަރުކާރުން ފެށި މި މަސައްކަތްތަކާއެކު މި ޝަކުވާތައް މަދުވީއެެވެ.

އެހެންނަމަވެސް އަދިވެސް ހައްލު ނުވެ އޮތް މައްސަލައަކީ ދަނޑުވެރިންނަށް ބޭނުންވާ ބިން ނުލިބުމުގެ މައްސަލައެވެ. މި މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިކަން ކުރުމެވެ. މިގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުންކުރާ ވަރޓިކަލް ފަރމިންގއާއި ހައިޑްރޮފޯނިކްސް ބޭނުންކޮށްގެން ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފެށުމަށް މި ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަކީ މިއަށްވުރެ ފުޅާ އަދި ފައްކާވެފައިވާ ސިނާއަތަކަށް ހެދުމެވެ.

ދަނޑުވެރިކަންއެގްރޯނެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްހާހަށްވުރެ ގިނަ ދަނޑުވެރިން ތަމްރީނުކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްހާހަށްވުރެ ގިނަ ދަނޑުވެރިން ތަމްރީނުކޮށްފި

27 މެއި 2023
ފަގީރުންގެ އާބާދީ ނައްތާލުމަށް "ޒަކާތު ނަފާ" ޕްރޮގްރާމު ފަށަނީ

ފަގީރުންގެ އާބާދީ ނައްތާލުމަށް "ޒަކާތު ނަފާ" ޕްރޮގްރާމު ފަށަނީ

06 ނޮވެމްބަރު 2022
ރައީސް ކާށިދޫއަށް ވަޑައިގެންފި

ރައީސް ކާށިދޫއަށް ވަޑައިގެންފި

16 އޮކްޓޯބަރު 2022
އެންމެ ކުރީ ޒަމާނުގައި ހުރިހާ ރަށެއްގައި ދަނޑުވެރިކަން އަދި އެއްހާސް ރަށް ދަނޑުވެރިކަމަށް ޚާއްޞަވެފައި

އެންމެ ކުރީ ޒަމާނުގައި ހުރިހާ ރަށެއްގައި ދަނޑުވެރިކަން އަދި އެއްހާސް ރަށް ދަނޑުވެރިކަމަށް ޚާއްޞަވެފައި

16 އޮކްޓޯބަރު 2022
ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ދަނޑުވެރިންނަށް ޚާއްސަ ވޯކްޝޮޕެއް

ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ދަނޑުވެރިންނަށް ޚާއްސަ ވޯކްޝޮޕެއް

13 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު