Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެގްރޯނެޓް

ކޮންޓްރެކްޓް ފާރމިންގ ތަރައްގީކޮށް، ބަރޯސާވެވޭ ސިނާއަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްގީކުރުމަކީ އަމާޒު: އެގްރޯނެޓް

މާލީ އެހީގެ ގޮތުގައި 276 ފަރާތަކަށް 3 މިލިއަން ރުފިޔާގެ ތަކެތި ދޫކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 23 އެޕްރީލު 2022 | ހޮނިހިރު 10:07
އެގްރޯނެޓް

އެގްރޯނެޓް

ކޮންޓްރެކްޓް ފާރމިންގ ތަރައްގީކޮށް, ބަރޯސާވެވޭ އިގުތިސާދީ ސިނާއަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްގީކުރުމަކީ އަމާޒު ކަމަށް އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)އިން ބުނެފިއެވެ.

ކޮންޓްރެކްޓް ފާރމިންގއަކީ މުޑުވައްކުރާ ހިސާބުން ފެށިގެން ތަކެތި ކެނޑުމާ ހަމައަށް, އިންތިޒާމުކުރެވިގެން ބެލެހެއްޓިގެން ކުރެވޭ ދަނޑުވެރިކަމަށްވާއިރު, މިއީ ދިވެހިރާއްޖެއަށް އަލަށް ތައާރުފުކުރާ އަދި ތަޖުރިބާކުރަމުން ގެންދާ މޮޑެލްއެއްގެ ދަނޑުވެރިކަމަކަށް ވާތީ، މި ބާވަތުގެ ޒަމާނީ ދަނޑުވެރިކަމުގެ މޮޑެލްއެއް ކާމިޔާބުކުރުމަށްޓަކައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ވޭތުވެދިޔަ އަހަރަކީ ވެސް އެގްރޯނެޓުގެ މަސައްކަތްތަކުގެ ތެރެއިން މުހިންމު ލަނޑުދަނޑިތަކެއް ހާސިލުކުރެވިފައިވާ އަހަރެއްކަން ފާހަގަކޮށް އެގްރޯނެޓުން ބުނީ, ދަނޑުވެރިކަމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މާލީ އެހީގެ ގޮތުގައި 276 ފަރާތަކަށް 3 މިލިއަން ރުފިޔާގެ ތަކެތި ދޫކުރެވިފައިވާ ކަމަށެވެ. އަދި ދަނޑުވެރިންނަށް މިތަކެތި ދެވިފައިވަނީ ބާޒާރުގެ އަގުތަކަށް ވުރެން 20 އިންސައްތަ ހެޔޮ އަގުގައި ކަމަށެވެ.  

އެގްރޯނެޓާ ގުޅިގެން ދަނޑުވެރިކަން ކުރުމުގެ ޝައުވެރިކަން ފާޅުކޮށްފައިވާ 2000 ދަނޑުވެރިންގެ ތެރެއިން 717 ފަރާތަކާއެކު ކޮންޓްރެކްޓް ހަދާފައިވާއިރު, އެގްރޯނެޓުގެ ފަންނީ އެހީއާއި، ހިލޭ ދެވޭ މުޑުވަކާއި، ސްޓާޓަރ ޕެކްތަކާއެކު, ގިނަ ފަރާތްތަކަކުން މިހާރު ދަނީ ދަނޑުވެރިކަން ކުރަމުން ކަމަށް ވެސް ބުންޏެވެ. އަދި، ކޮވިޑް-19ގެ ހާލަތުން ލުއިކަން ލިބި, ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވުމުގެ ހެޔޮ ނަތީޖާއެއްގެ ގޮތުން, ވޭތުވެދިޔަ 5 މަސްދުވަހުގެ ތެރޭގައި 150 ޓަނުގެ ތަރުކާރީއާއި މޭވާގެ ބާވަތް ބާޒާރަށް ވަނީ ނެރެވިފައެވެ. އަދި އެތަކެތީގެ އަގުގެ ގޮތުގައި 2 މިލިޔަނަށް ވުރެން ގިނަ ރުފިޔާ ދަނޑުވެރިންނަށް ދޫކުރެވިފައިވާކަމަށް އެގްރޯނެޓުން ބުނެއެވެ.

އެގްރޯނެޓުގެ ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ތަމްރީންތައް ހިންގެމުންދެއެވެ. އެގޮތުން އެގްރޯނެޓުގެ އެގްރޮނޮމިސްޓުން 150އަށްވުރެ ގިނަ ދަނޑުބިންތަކަށް ޒިޔާރަތްކޮށް ދަނޑުވެރިންނަށް ފަންނީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އަދި، އެގްރޮނޮމިސްޓުންގެ ސީދާ ބެއްލެވުމުގެ ދަށުން 90 ދަނޑެއްގައި މިހާރުވެސް ދަނޑުގޮވާން ކުރެވިފައިވެއެވެ. ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ދަނޑުވެރިކަން ތައާރަފުކުރުމުގެ ގޮތުން 50 ފަރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވިފައިވެއެވެ. އަދި، ފެނުގައި ކިއުކަންބާއާއި މެލަން ހެއްދުމަށް ބޭނުންވާ ފަރާތަކަށް, ފެނަށް އަޅާ ކާނާގެ ބާވަތްތައް ދޫކުރެވިފައިވެއެވެ. އަދި ހަމައެހެންމެ ބަށި ހެއްދުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދީ, 40000 އަކަފޫޓުގެ ދަނޑުބިމުގައި ފާޓިގޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރެވޭނެ މަގު ފަހިކޮށްދެވިފައިވެއެވެ.  

ދިވެހި ދަނޑުވެރިން އުފައްދާ ބާވަތްތައް ރައްކާތެރިކަމާ ތާޒާކަންމަތީ ބާޒާރުތަކަށް ފޯރުކޮށްދިނުމަށްޓަކައި، 9 ރަށެއްގައި ޑިސްޓްރިބިއުޝަން ސެންޓަރު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވެއެވެ. އަދި، މީގެތެރެއިން ހައްދުންމަތީ ގަމުގެ ޑިސްޓްރިބިއުޝަން ސެންޓަރުގެ މަސައްކަތް ވަނީ މުޅިން ނިމިފައެވެ. ޑިސްޓްރިބިއުޝަން ސެންޓަރުތައް ތަރައްގީކުރެވޭ 9 ރަށަކީ ނ. މަނަދޫ، ރ. ކިނޮޅަސް، ފ. މަގޫދޫ، ލ. ގަން، ލ. އިސްދޫ، ލ. ކަލައިދޫ، ގއ. ނިލަންދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހުޅުމީދޫއެވެ.

އެގްރޯނެޓުން އިތުރަށް ބުނީ, ދަނޑުވެރިކަމުގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި އެގްރޯނެޓަށް ސަރުކާރުން ދޫކޮށްފައިވާ ލ. ގާދޫއާއި ހއ. މުލިދޫއަށް ބޭނުންވާ ދިރާސާތަކާއި އެންމެހާ ރޭވުންތައް ނިމި, އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

އެގްރޯނެޓުގެ މަސައްކަތްތައް އިތުރަށް ތަރައްގީކޮށް، ފުޅާކޮށް, ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލަތަކާއެކު ދަނީ މަޝްވަރާތައް ކުރެވެމުންނެވެ. އެގޮތުން ބިން ބޮޑެތި ރަށްރަށުގައި ދަނޑުވެރިކަން ތަރައްގީކުރުމަށް ބޭނުންވާ ރޭވުންތައް ނިމިފައިވާކަމަށް އެގްރޯނެޓުން ބުނެއެވެ.

އެގްރޯނެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްހާހަށްވުރެ ގިނަ ދަނޑުވެރިން ތަމްރީނުކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްހާހަށްވުރެ ގިނަ ދަނޑުވެރިން ތަމްރީނުކޮށްފި

27 މެއި 2023
ފަގީރުންގެ އާބާދީ ނައްތާލުމަށް "ޒަކާތު ނަފާ" ޕްރޮގްރާމު ފަށަނީ

ފަގީރުންގެ އާބާދީ ނައްތާލުމަށް "ޒަކާތު ނަފާ" ޕްރޮގްރާމު ފަށަނީ

06 ނޮވެމްބަރު 2022
ޒަމާނީ ދަނޑުވެރިކަމަށް ޒުވާނުން ވަންނަމުންދާ މިންވަރު ދަނީ އިތުރުވަމުން: އެގްރޯނެޓް

ޒަމާނީ ދަނޑުވެރިކަމަށް ޒުވާނުން ވަންނަމުންދާ މިންވަރު ދަނީ އިތުރުވަމުން: އެގްރޯނެޓް

11 ފެބުރުއަރީ 2022
ފަސޭހައިން ރާއްޖޭގައި އުފެއްދޭނެކަމުގެ ޔަޤީންކަން އޮތް ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރަނީ

ފަސޭހައިން ރާއްޖޭގައި އުފެއްދޭނެކަމުގެ ޔަޤީންކަން އޮތް ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރަނީ

03 ފެބުރުއަރީ 2022
އެގްރޯނެޓާއެކު، ދަނޑުވެރިކަމުގެ ސިނާއަތް އެހެން ހަރުފަތަކަށް

އެގްރޯނެޓާއެކު، ދަނޑުވެރިކަމުގެ ސިނާއަތް އެހެން ހަރުފަތަކަށް

25 ޖެނުއަރީ 2022

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު