Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެގްރޯނެޓްގެ މަސައްކަތް

ޒަމާނީ ދަނޑުވެރިކަމަށް ޒުވާނުން ވަންނަމުންދާ މިންވަރު ދަނީ އިތުރުވަމުން: އެގްރޯނެޓް

ޒަމާނީ ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 11 ފެބުރުއަރީ 2022 | ހުކުރު 09:13
ތޮއްޑޫ ކަރާ ދަނޑުތައް

ތޮއްޑޫ ކަރާ ދަނޑުތައް

ޒަމާނީ ދަނޑުވެރިކަމަށް ޒުވާނުން ވަންނަމުންދާ މިންވަރު އިތުރުވަމުންދާ ކަމަށް ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން ބުނެފިއެވެ.

އެގްރޯނެޓުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގައި އެގްރޯނެޓްގެ ރީޖަނަލް މެނޭޖަރު ނާދިޔާ އަބްދުﷲ ވިދާޅުވީ ޒާމާނީ ދަނޑުވެރިކަން ކުރުމަށް އިސްދޭ ކަމަށާއި، ދަނޑުވެރިކަން ކުރިއަރުވައި ދަނޑުވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އަތޮޅުތެރޭގެ އެކިއެކި ރަށްރަށަށް ޒިޔާރަތްކޮށް ޒަމާނީ ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކާއި، ހޭލުންތެރިކުރުވުމުގެ ގިނަ ޕްރޮގްރާމްތައް ކުރިއަށްގެންދާ ކަމަށް ނާދިޔާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނާދިޔާ ވިދާޅުވީ ދަނޑުވެރިކަމަށް ޒުވާނުން ނެރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދަނޑުވެރިކަމަށް ޚާއްސަ ކޯސްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ބައެއް ކޮލެޖްތަކާއެކު ކޯސްތައް ހިންގުމާއި، އެކި ލެވަލްގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ވެސް ކުރިއަށް ގެންދާ އެކިއެކި ކޯސްތަކަށް ދަނޑުވެރިކަމާއި ގުޅުން ހުރި މޮޑިއުލްތައް ލުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށް ނާދިޔާ ވިދާޅުވިއެވެ. ނާދިޔާ ވިދާޅުވީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ކޯސްތަކަށް ޚާއްސަ ކަރިކިއުލަމް އެކުލަވާލައި، ކޯސް ފެށޭވަރުވާނެ ކަމަށެވެ.

ޔޫތު މިނިސްޓްރީއާއެކު ކުރިއަށްގެންދާ ޕްރޮގްރާމްއަށް އިޝާރަތްކުރައްވައި ނާދިޔާ ވިދާޅުވީ 18 އަހަރާއި 30 އަހަރުގެ ދެމެދުގެ ޒުވާނުްނަށް ޚާއްސަކޮށްގެން ކޮންޓްރެކްޓް ފާމިންގ ޕްރޮގްރާމް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން ވެސް ތަމްރީންގެ ގިނަ ޒުވާނުން ދަނޑުވެރިކަމުގެ ދާއިރާ އަށް ނުކުންނާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ނާދިޔާ ވިދާޅުވީ ޒުވާނުން ދަނޑުވެރިކަމުގެ ދާއިރާއަށް ނެރުމަށް މަސައްކަތް ކުރަމުންދާއިރު، މިދާއިރާގައި ނިސްބަތުން ގިނައިން މަސައްކަތް ކުރަމުންދަނީ އަންހެނުން ކަމަށެވެ. އަދި މިހާރު އެގްރޯނެޓުން ފޯރުކޮށްދެމުންދާ މާލީ އެހީތެރިކަމާއި ގުޅިގެން ގިނަ އަދަދެއްގެ އަންހެންނުން މިދާއިރާއަށް ނުކުންނަމުންދާ ކަމަށް ނާދިޔާ ވިދާޅުވިއެވެ. ކޮންޓްރެކްޓް ފާމިންގ ޕްރޮގްރާމްގައި ވެސް ގިނައިން ބައިވެރިވަނީ އަންހެނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ދަނޑުވެރިކަން ތަރައްގީ ކުރުމަށާއި ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ކުރުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މަސައްކަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދެއެވެ. ދަނޑުވެރިން ހައްދާ ތަކެތިން ބޮޑު މާކެޓެއް އުފައްދައި ދެއަހަރު ތެރޭގައި ރައްޔިތުންނަށް ވީހާވެސް ބޮޑަށް އޭގެ މަންފާ ލިބިގެންދާނެއެވެ.

ދަނޑުވެރިންނަށް ހުރި އެންމެބޮޑު ގޮންޖެހުމަކީ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ނުކުރެވުމާއި އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ވަސީލަތްތައް ނުލިބުން ކަމަށް ގިނަ ދަނޑުވެރިން ބުނެއެވެ. ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށާއި އަދި ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް މި ސަރުކާރުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ނަމުގައި ކުންފުންޏެއް އުފެއްދީ 21 އޭޕްރީލް 2020 ގައެވެ. އަދި މިއަދާ ހަމައަށް ދަނޑުވެރިކަން ކުރިއެރުވުމަށް ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވާ ކަމަށް އެ ކޯޕްރޭޝަނުން ބުނެއެވެ.

އެގްރޯނެޓް

އިތުރަށް ކިޔާލަން

27 މެއި 2023

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްހާހަށްވުރެ ގިނަ ދަނޑުވެރިން ތަމްރީނުކޮށްފި

27 މެއި 2023
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްހާހަށްވުރެ ގިނަ ދަނޑުވެރިން ތަމްރީނުކޮށްފި
06 ނޮވެމްބަރު 2022

ފަގީރުންގެ އާބާދީ ނައްތާލުމަށް "ޒަކާތު ނަފާ" ޕްރޮގްރާމު ފަށަނީ

06 ނޮވެމްބަރު 2022
ފަގީރުންގެ އާބާދީ ނައްތާލުމަށް "ޒަކާތު ނަފާ" ޕްރޮގްރާމު ފަށަނީ
23 އެޕްރީލު 2022

ކޮންޓްރެކްޓް ފާރމިންގ ތަރައްގީކޮށް، ބަރޯސާވެވޭ ސިނާއަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްގީކުރުމަކީ އަމާޒު: އެގްރޯނެޓް

23 އެޕްރީލު 2022
ކޮންޓްރެކްޓް ފާރމިންގ ތަރައްގީކޮށް، ބަރޯސާވެވޭ ސިނާއަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްގީކުރުމަކީ އަމާޒު: އެގްރޯނެޓް
03 ފެބުރުއަރީ 2022

ފަސޭހައިން ރާއްޖޭގައި އުފެއްދޭނެކަމުގެ ޔަޤީންކަން އޮތް ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރަނީ

03 ފެބުރުއަރީ 2022
ފަސޭހައިން ރާއްޖޭގައި އުފެއްދޭނެކަމުގެ ޔަޤީންކަން އޮތް ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރަނީ
25 ޖެނުއަރީ 2022

އެގްރޯނެޓާއެކު، ދަނޑުވެރިކަމުގެ ސިނާއަތް އެހެން ހަރުފަތަކަށް

25 ޖެނުއަރީ 2022
އެގްރޯނެޓާއެކު، ދަނޑުވެރިކަމުގެ ސިނާއަތް އެހެން ހަރުފަތަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު