Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮބާމަޔަން ހޯދަން މަސައްކަތްކުރުން

އޮބާމަޔަން ހޯދަން މިލާނުން ޝައުގުވެރިވޭ

އާސެނަލުން އޮތީ އޮބާމަޔަން ވިއްކާލަން ތައްޔާރަށް ކަމަށް ރިޕޯޓުކުރޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 ޖެނުއަރީ 2022 | ބުދަ 14:38
އާސެނަލުގެ ކުރީގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން

އާސެނަލުގެ ކުރީގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން

އާސެނަލުގެ ކުރީގެ ކެޕްޓަން ގޮބެނަށް އުފަން ޕިއޭ-އެމެރިކް އޮބާމަޔަން ހޯދަން އިޓަލީގެ އޭސީ މިލާނުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އާސެނަލާއެކު އުމުރުން މިހާރު 32 އަހަރު އޮބާމަޔަން ހަދާފައި އޮތް އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. އެކަމަކު މިދިޔަ ޑިސެމްބަރު މަހު އަޚުލާގީ މައްސަލައަކާ ގުޅިގެން އާސެނަލުން ވަނީ އޮބާމަޔަން އަތުން ކެޕްޓަން ބޭންޑް އަތުލާފައެވެ.

އޭނާ އަތުން ބޭންޑް އަތުލީ ކުލަބުގެ ހުއްދަނެތި އާއިލާއާ ބައްދަލުކުރަން ފްރާންސަށް ދިއުމުން، އެކަމާ ބެހޭގޮތުން ކުލަބާ މެދު އުފެދުނު ދެބަސްވުމެއްގެ ތެރެއިން ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ފަހުން އާސެނަލުން ކުޅުނު މެޗުތަކުގައި އޮބާމަޔަން ފެނިފައި ނުވާއިރު، މި ފަހުން ކުޅުނު މެޗުތަކުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފައިވަނީ ފްރާންސްގެ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓެވެ.

ރިޕޯޓުތައް ބުނާ ގޮތުން އާސެނަލް ދޫކޮށްލަން އޮބާމަޔަން މިހާރު ވަނީ ނިންމާފައެވެ. އެއާއެކު އޭނާ ހޯދަން މިލާނުން މަސައްކަތް ފަށާފައިވާއިރު، މި ފަހަރުގެ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން އޮބާމަޔަންއަށް މިލާނުން ބިޑް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އާސެނަލުން އޮތީ އޮބާމަޔަން ވިއްކާލަން ތައްޔާރަށް ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

އޮބާމަޔަން އާސެނަލް ދޫކޮށްލާއިރު، 2020 ވަނަ އަހަރު އޮބާމަޔަން އާސެނަލުގެ އެއްބަސްވުން އާކޮށްފައިވަނީ ސްޕެއިނުގެ ބާސެލޯނާއިން ލިބުނު ހުށަހެޅުމަށް ނޫނެކޭ ބުނުމަށްފަހުއެވެ. އެކަމަކު އާސެނަލުގައި އޮބާމަޔަންގެ ކުރިމަގެއް ނެތް ކަމަށް ބުނެ މީގެ ކުރިން ބައެއް ތަޖުރިބާކާރުން ވަނީ އޭނާ އާސެނަލް ދޫކޮށް ދިޔުމަށްވެސް ގޮވާލާފައެވެ.

ބޮރޫޝިއާ ޑޯޓްމުންޑް ދޫކޮށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު 63 މިލިޔަން ޔޫރޯއަށް އާސެނަލަށް ސޮއިކުރި އޮބާމަޔަން ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 163 މެޗުގައި 92 ލަނޑު ޖަހާފައެވެ. އަދި ވަނީ އާސެނަލާއެކު އެފްއޭ ކަޕުގެ އިތުރުން ކޮމިއުނިޓީ ޝީލްޑުވެސް ކާމިޔާބުކޮށްފައެވެ.

ޕިއޭ-އެމެރިކް އޮބާމަޔަންއޭސީ މިލާން

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
19 ފެބުރުއަރީ 2025

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް
28 ޖެނުއަރީ 2025

އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި

28 ޖެނުއަރީ 2025
އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި
07 ޑިސެމްބަރު 2024

އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި

07 ޑިސެމްބަރު 2024
އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު