Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19، ރާއްޖޭގެ ހާލަތު

ޕޮޒިޓިވްވިތަނެއް ކަށަވަރުނުވާ، 400ށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފި

މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 36 އިންސައްތައިގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 ޖެނުއަރީ 2022 | އާދީއްތަ 18:11
މާލެ ސަރަހައްދުން ރެންޑަމް ސާމްޕަލް ނެގުން

މާލެ ސަރަހައްދުން ރެންޑަމް ސާމްޕަލް ނެގުން

ޕޮޒިޓިވްވީ ކޮންތަނަކުން ކަމެއް ނޭނގޭ 404 ސާމްޕަލްއާއެކު ރެކޯޑް އަދަކަށް މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00ން އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00ށް ނެގި ސާމްޕަލްތަކުގެ ތެރެއިން 2484 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ހޮނިހިރު ދުވަހު 2484 މީހަކު ޕޮޒިޓިވްވި އިރު، ހުކުރު ދުވަހު 2349 މީހުން އަދި ބުރާސްފަތި ދުވަހު 1697 މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކުރިއެވެ.

Advertisement - newsAdvertisement

މި 24 ގަޑިއިރު ތެރޭގައި މާލެ ސަރަހައްދުން 3515 ސާމްޕަލާއެކު ޖުމްލަ 7536 ސާމްޕަލް ވަނީ ނަގާފައެވެ. މީގެ ތެރެއިން 2484 މީހަކު ޕޮޒިޓިވްވިއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 1268 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 728 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 81 މީހުންނެވެ. މިމީހުންގެ އިތުރުން މި 24 ގަޑިއިރު ތެރޭގައި 404 މީހުން ޕޮޒިޓިވްވީ ކޮން ތަނަކުން ކަމެއް ދެނެގަނެވިފައެއް ނުވެއެވެ.

އާދިއްތަ ދުވަހު 729 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، ޖުމްލަ 102،542 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 14،636ށް އަރާފައިވާ އިރު، މީގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އަންނަނީ 47 މީހުންނަށެވެ. މި 24 ގަޑިއިރުތެރޭގައި 1328 މީހުން އެކްޓިވް ކޭސްތަކަށް އިތުރުވެފައިވާ އިރު، ހަފުތާއެއްގެ ތެރޭގައި އެޑްމިޓް ކުރި މީހުންގެ އަދަދު ވަނީ ދެގުނައަށް އިތުރުވެފައެވެ.

މިހާތަނަށް 270 މީހުން ވަނީ ބަލީގައި ނިޔާވެފައެވެ.

މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 36 އިންސައްތައިގައެވެ. މިއީ މީގެ ހަފުތާއަކާ އަޅައިބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ. މާލެ ސަރަހައްދުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ވަނީ މިހާރު ކަނޑައަޅާފައެވެ.

ކޮވިޑް-19ހެލްތު ޕްރޮޓެކްޝަން އެޖެންސީހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު