Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން

ދަފްތަރު އަފްޑޭޓް ކުރި އިރު ކުރީ ސަރުކާރުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ދެމީހަކު ކްލެމެންސީގެ ދަށުން ދޫކޮށްފައި

މީގެ ކުރިންވެސް ކްލެމެންސީގެ ދަށުން މީހަކު ދޫކޮށްފައިވޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2022 | ހުކުރު 13:17
ޖިންސީ ގޯނާކުރާ މީހުންނާ ދެކޮޅަށް ރައްޔިތުން އަޑުއުފުލުން

ޖިންސީ ގޯނާކުރާ މީހުންނާ ދެކޮޅަށް ރައްޔިތުން އަޑުއުފުލުން

ގިނަ ދުވަސްތަކެއް ވަންދެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު އަޕްޑޭޓް ނުކޮށް އޮތުމަށްފަހު އެ އަޕްޑޭޓް ކުރި 2016 ވަނަ އަހަރު ކުރީ ސަރުކާރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރަމުންދިޔަ ދެމީހަކު ދޫކޮށްލައިފިކަން ހާމަވެއްޖެއެވެ.

މި ދެމީހުން ދޫކޮށްލާފައިވަނީ ކްލެމެންސީގެ ދަށުން މައާފު ދީގެންނެވެ. މިކަން ހާމަވީ ޖެންޑާ މިނިސްޓްރީން ބުރާސްފަތި ދިުވަހު އަޕްޑޭޓްކޮށް އާންމުކުރި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މީހުންގެ ވަނަވަރު ހިމެނޭ ދަފްތަރުންނެވެ. މިނިސްޓްރީގެ ދަފްތަރުގައިވާ ގޮތުން ކްލެމެންސީގެ ދަށުން ދޫކޮށްލާފައިވަނީ އުމުރުން 28 އަހަރުގެ ނ. މަގޫދޫ، ޖަވާހިރުގޭ މުޙައްމަދު ޖަމީލު އާއި އުމުރުން 31 އަހަރުގެ ހދ. މާވައިދޫ ބޮލިޖެހިގޭ އަފްރަހު ހުސައިންއެވެ. މީގެ ތެރެއިން މުހައްމަދު ޖަމީލު ދޫކޮށްލަން ބޯޑުން ލަފާ ދިނީ 2016 ފެބްރުއަރީ 29 ގައެވެ. އަދި ރައީސްގެ ނިންމެވުން ނިންމަވާފައިވަނީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. މީގެ އިތުުރުން އަފްރަހު ހުސައިން ދޫކޮށްލަން ބޯޑުން ލަފާ ދިނީ 2016 މާޗް 3 ވަނަ ދުވަހުއެވެ. އަދި ރައީސްގެ ނިންމެވުން ނިންމަވާފައިވަނީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

މި ދެމީހުން ދޫކޮށްލި އިރު ވެސް ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މީހުންގެ ދަފްތަރު އަޕްޑޭޓް ނުކުރެއެވެ. އަދި އެފަހުން މި މައްސަލައިގައި އާންމުންގެ ކަންބޮޑުވުން ހުރުމާއެކު މި ދަފްތަރު އަޕްޑޭޓް ކޮށްފައިވަނީ މި ހަފްތާ ތެރޭގައެވެ.

މައާފު ދިނުމަށްފަހު ދޫކޮށްލާފައިވާ ޖަމީލުގެ މައްޗަށް ކުށް ސާބިތުވެ ހުކުމް ތަންފީޒުކުރަން ފަށާފައިވަނީ 27 ޑިސެމްބަރު 2012ގައެވެ. އޭނާގެ މައްޗަށް ކޮށްފައިވާ 10 އަހަރުގެ ހުކުމުގެ މުއްދަތު ހަމަވާނީ 24 ޑިސެމްބަރު 2022 އަށެެވެ. އަދި އަފުރަހުގެ މައްޗަށް ކުށް ސާބިތުވެފައިވަނީ 24 މާޗު 2013 ވަނަ އަހަރުއެވެ. އޭނާގެ މައްޗަށް ހުކުމް ތަންފީޒުކުރަން ފަށާފައިވަނީ 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ. އަފްރަހްގެ މައްޗަށް ކޮށްފައިވާ 14 އަހަރުގެ ހުކުމުގެ މުއްދަތު ހަމަވާނީ 31 މެއި 2025ގެ ނިޔަލަށެވެ.

މި ދެމީހުންނަކީވެސް ކުޑަކުދިންނާއި ބަދުއަޙްލާގީ އަމަލު ހިންގުމުގެ ކުށް ސާބިތުވެގެން ހުކުމްކޮށްފައިވާ ދެމީހުންނެވެ.

ކްލެމެންސީ ބޯޑަކީ މާއާފްކޮށްދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން އެ ހުށަހެޅުން ދިރާސާކޮށް އެ ހުށަހެޅުމާ މެދު އަމަލުކުރަންވީ ގޮތުގެ ލަފާދިނުމަށް އުފައްދާފައިވާ ބޯޑެކެވެ.

މީގެ ކުރިންވެސް އެގާނޫނުގެ ދަށުން މީހަކު ވަނީ ދޫކޮށްލާފައެވެ. އެފަހަރު ދޫކޮށްލާފައިވަނީ ރައީސް އޮފީހުގެ ކުރީގެ އަންޑަރ ސެކްރެޓަރީ އިބްރާހިމް ރަޝީދު (ހޯރައިއްބެ) އެވެ. އޭނާ ދޫކޮށްލުމާއެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲވެސް ހިމެނިވަޑައިގަންނަވައެވެ.

އިބްރާހިމް ރަޝީދުގެ މައްޗަށް ކުށް ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު އެއްވަނަ ދުވަހުއެވެ.

ޖިންސީ ގޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

24 އޮކްޓޯބަރު 2024
ގައްދޫގައި 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ގައްދޫގައި 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

22 ޖުލައި 2024
އެއްބަނޑު ދެބެއިންނަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލީ ރަނގަޅަކަށް ނޫން: ސުޕްރީމް ކޯޓު

އެއްބަނޑު ދެބެއިންނަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލީ ރަނގަޅަކަށް ނޫން: ސުޕްރީމް ކޯޓު

16 މެއި 2024
11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ބަންދުކޮށްފި

11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ބަންދުކޮށްފި

12 ޑިސެމްބަރު 2022
ޖިންސީ ކުށުގެ މައްސަލަތަކާގުޅޭ ޝަރީޢަތްކުރުމާބެހޭ ގަވާއިދުގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރަން ވަކި މުއްދަތެއް ނެތް

ޖިންސީ ކުށުގެ މައްސަލަތަކާގުޅޭ ޝަރީޢަތްކުރުމާބެހޭ ގަވާއިދުގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރަން ވަކި މުއްދަތެއް ނެތް

07 ނޮވެމްބަރު 2022

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު