Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެޔޮލަފާ ރަހުމަތްތެރިން އިޚްތިޔާރުކުރުން

ދޯދިޔާ ރަހުމަތްތެރިކަމެއްގެ ނުބައިކަން މާތް ﷲ އެފަރާތަކަށް ރައްދުކުރައްވާނެ

21 ޖެނުއަރީ 2022 | ހުކުރު 08:53

މީހެއްގެ ހަޔާތާއި، ވިސްނުމާއި، ފިކުރަށްވެސް ރަހުމަތްތެރިންގެ އަސަރު ވަރަށް ބޮޑު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 21 ޖެނުއަރީ 2022 | ހުކުރު 08:53
ހުކުރު ޚުތުބާ

ހުކުރު ޚުތުބާ

ރަހުމަތްތެރިކަމުގެ ގުޅުމަކީ ދޯދިޔާ، ނުބައި ގުޅުމެއްކަމުގައި ވާނަމަ، އޭގެ ނުބައިކަން މާތް ﷲ، އެފަރާތަކަށް ރައްދު ކުރައްވާނެކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހެޔޮލަފާ ރަހުމަތްތެރިން އިޚްތިޔާރު ކުރުމާ ގުޅޭގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނީ ރަހުމަތްތެރީންނަކީ ޖަމާއަތެއްގެ ކުރިއެރުމާއި، ފަހަތަށްޖެހުމުގައި ވަރަށްބޮޑު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. ހިތްހަމަޖެހުމާއި، ނުތަނަވަސްކަން ގެނެސްދިނުމުގައާއި، މީހުންގެ ހަޔާތާއި، ވިސްނުމާއި، ފިކުރަށްވެސް، ރަހުމަތްތެރިންގެ އަސަރު ވަރަށް ބޮޑު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ރަޙްމަތްތެރީން އިޚްތިޔާރު ކުރުމުގައި، އިސްލާމް ދީން ވަނީ މަތިވެރި އިރްޝާދުތަކެއް ދެއްވާފައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން ރަހުމަތްތެރިކަމުގެ ގުޅުން އުފެދި ބޮޑުވެފައި ވަނީ، އިޚްލާސްތެރިކަމާއި، މަތިވެރި މަގުސަދެއްގައި ކަމުގައި ވާނަމަ، އެއީ މާތް ﷲ އެކަމުގައި ބަރަކާތް ލައްވަވާނެ ގުޅުމެއް ކަމަށް ބުނެފައިވެއެވެ. އަދި އެއީ ދޯދިޔާ، ނުބައި ގުޅުމެއްކަމުގައި ވާނަމަ، އޭގެ ނުބައިކަން މާތް ﷲ، އެފަރާތަކަށް ރައްދު ކުރައްވާނެކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިންސާނެއްގެ ހިތަށް އީމާންކަން ވަދެ، އެކަމުގެ ފޮނިކަން އިހުސާސް ކުރެވިއްޖެ ނަމަ، އޭނާގެ އެކުވެރިކަން އޮންނާނީ މިއުސޫލުގެ މަތީގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެއީ ވަކި އެދުމެއް ހާސިލުކުރުމަށްޓަކައި، އުފެއްދޭ ގުޅުމަކަށް ނުވާނެ ކަމަށާއި، އެފަދަ މީހުން މިގުޅުން ކަނޑާނީ ވެސް، ހަމަ މި އުސޫލުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިންސާނުންގެ މިޒާޖުގައި ރަހުމަތްތެރިންނާއި، އެކުވެރިން ކޮޕީ ކުރާ ގޮތް ހުންނަ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަހިވަކަކާ ޖެހި އަހިވަކެއް ފާވާގޮތަށް އޭނާގެ ނުބައި އަޚްލާގުން މީނާއަށް ނުބައި އަސަރު ފޯރުވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ހެޔޮ ކަންތައްތަކުގެއަސަރަށް ވުރެ، ނުބައި ކަންތައްތަކުގެ އަސަރު އާއްމުގޮތެއްގައި މާ ވަރުގަދަވ ކަމަށާއި، ވަރަށްގިނަ ފަހަރަށް ސިނގިރެޓް ބުއިމާއި، މަސްތުވާތަކެތީގެ ދަލުގައި ޖެހުމާއި، އިސްލާމް ދީން މަނާކުރާ، ފާހިޝް އަމަލުތަކުގެ ޖާދޫގައި ޖެހެނީ ރަހުމަތްތެރީންގެ ސަބަބުން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ރަހުމަތްތެރީންނަކީ، ވާޖިބުތައް އަދާކުރުމުގައާއި، ހައްގުތަކަށް ރައްކާތެރިކުރުމުގައި އެހީވެދޭ ބައެއްނަމަ އެއީ ހެޔޮ ރަނގަޅު ރަހުމަތްތެރިން ކަމަށާއި، މިފަދަ ރަހުމަތްތެރީންގެ ރަހުމަތްތެރިކަން ދަމަހައްޓަންވާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. ރަނގަޅު ރަހުމަތްތެރިއަކީ، ދުނިޔެއާ އާޚިރަތުގައި ކާމިޔާބީގެ މަގަށް އެމީހާ މިސްރާބުކޮށްދޭނެ މީހެއް ކަމަށާއި، މިއާ ޚިލާފަށް ނުބައި ރަޙްމަތްތެރިޔަކީ، އޭނާގެ އެކުވެރިޔާގެ ހަލާކު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުތުބާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް