Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވުން

ޕީކުގައި ދުވާލެއްގެ މައްޗަށް 9،000 އާއި ގާތްކުރާ އަދަދަކަށް ކޭސްތައް ރިޕޯޓްކުރާނެ

ތިން ދުވަހުން ކޭސްތައް ދެގުނަވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 20 ޖެނުއަރީ 2022 | ބުރާސްފަތި 17:28
ކޮވިޑް-19ގެ ސާމްޕަލްތަކެއް ނެގުމަށް ހަރަކާތްތެރިވަނީ

ކޮވިޑް-19ގެ ސާމްޕަލްތަކެއް ނެގުމަށް ހަރަކާތްތެރިވަނީ

ރާއްޖެއިން ފެންނަ ކޭސްތައް ޕީކަށް އަރައިގެންދާއިރު ދުވާލެއްގެ މައްޗަށް 6000 އާއި 9،000 އާއި ގާތްކުރާ އަދަދަކަށް ކޭސްތައް ރިޕޯޓްކުރާނެ ކަމަށް އަންދާޒާކޮށްފިއެވެ.

މިފަހަކަށް އައިސް ރާއްޖެއިން ފެންނަ ކޮވިޑް-19ގެ ކޭސްތައް ބޮޑެތި އަދަދުތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ. ރާއްޖޭގައި އިތުރުވަމުންދާ ކޮވިޑް-19ގެ ކޭސްތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑިއަމޮލަޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިވަގުތު ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދަނީ ވަރަށް ބާރު ސްޕީޑެއްގައި ކަމަށާއި، ކުރިއާ ހިލާފަށް ކޭސްތައް އިތުރުވަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

މިވަގުތު ރާއްޖެއިން ފެންނަ ކޭސްތަކުގެ "ޑަބަލިންގ ޓައިމް" ނުވަތަ ކޭސްތައް ދެގުނަވާ މުއްދަތަށް ބަލާއިރު، އެވަރޭޖްކޮށް ތިން ދުވަހުގެ ތެރޭގައި ކޭސްތައް ދެގުނަ ވެގެންދާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. މިހާރު އަންދާޒާ ކޮށްފައިވާގޮތަށް ބަލާއިރު ވަރަށް ބޮޑު ޕީކަކަށް ދާނެއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތައް ޕީކަށް އަރައިގެންދާއިރު، ދުވާލަކު 6،000 ނުވަތަ 9،000 އާ ގާތްކުރާ އަދަދަކަށް ކޭސްތައް ރިޕޯޓްކުރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅަށް އަަޅައިފިނަމަ މި އަންދާޒާއަށްވުރެ ފެންނަ ކޭސްތައް ދަށްކުރެވޭނެ ކަމަށެވެ. އަދި މިހާރުން ފެށިގެން މިކަންކަމަށް ސަމާލުކަން ދޭންޖެހޭ ކަމަށާއި، އެންމެ ޕީކަށް ދާ ހިސާބުން ފިޔަވަޅުތަކަށް ސަމާލުކަންދީގެން ބަލި ފެތުރުން ކޮންޓްރޯލް ކުރަން އުނދަގޫވާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ މާލެއެކޭ އެއްގޮތަށް އަތޮޅުތެރެއިން ފެންނަ ކޭސްތައްވެސް މިހާރު ދަނީ އިތުރުވަމުން ކަމަށެވެ. އަތޮޅުތެރެއިން ފެންނަ ކޭސްތައް އިތުރުވަމުންދާއިރު، އަތޮޅުތެރޭގައި އޮމިކްރޯން ވޭރިއަންޓްވެސް އުޅޭނެ ކަމަށް ބަލަންޖެހޭ ކަމަށާއި، އެހެންކަމުން އަތޮޅުތެރޭގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިތުރަށް ސަމާލުކަން ދޭންޖެހޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިގޮތަށް ކޭސްތައް އިތުރުވަމުންދާނަމަ ދެން ޖެހޭނީ ލޮކްޑައުންއަކަށް ދާން ކަމަށާއި، މިފަދަ ހާލަތަކަށްދާން އެއްވެސް މީހަކު ބޭނުމެއް ނުވާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެހެންކަމުން މިހާރުން ފެށިގެން އެޅެންހުރި ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް ވިދާޅުވިއެވެ.

އެޗްޕީއޭކޮވިޑް-19ހެލްތު ޕްރޮޓެކްޝަން އެޖެންސީހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
03 ޑިސެމްބަރު 2025

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު