Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިރިމަރަދޫގައި މިސްކިތެއް އިމާރާތްކުރުން

ހދ. ހިރިމަރަދޫގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ދައުލަތުން 8.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެއް

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 20 ޖެނުއަރީ 2022 | ބުރާސްފަތި 14:15
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހދ. ހިރިމަރަދޫގައި މިސްކިތެއް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއެކު އިސްލާމިކް މިނިސްޓްރީން ސޮއިކޮށްފިއެވެ.

އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް އިސްމާއީލް ޖަލީލެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީއެވެ.

Advertisement - newsAdvertisement

1 އަހަރު ދުވަސްތެރޭގައި އިމާރާތްކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ލަފާކުރާ ތާރީޚަކީ 17 ފެބްރުއަރީ 2022 ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. ދިވެހި ދައުލަތުން 8.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިނިސްޓްރީން ބުނީ އަންހެނުންނަށްވެސް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ މި މިސްކިތް އިމާރާތް ކުރަން ނިންމީ މިވަގުތު ހިރިމަރަދޫގައި ހުރި މިސްކިތުގެ ޖާގަ ކުޑަވެފައިވާތީ، އާ މިސްކިތަކަށް ބޭނުންޖެހިފައި ވުމުގެ ސަބަބުންނެވެ.

2021 ވަނަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިސްކިތުގައި ފާޚާނާ، ވުޟޫކުރާބައި، ގުދަން އަދި މުންނާރެއް ހުންނާނެއެވެ.

ހދ.ހިރިމަރަދޫ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2025

ހިރިމަަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ނިންމައިފި

01 ފެބުރުއަރީ 2025
ހިރިމަަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރަން ނިންމައިފި
11 ޑިސެމްބަރު 2022

ހިރިމަރަދޫ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި

11 ޑިސެމްބަރު 2022
ހިރިމަރަދޫ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި
24 ޖުލައި 2022

ޑޮމިނޭޓަރސް ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ހަރިކޭންއަށް

24 ޖުލައި 2022
ޑޮމިނޭޓަރސް ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ހަރިކޭންއަށް
28 ޖެނުއަރީ 2022

ހިރިމަރަދޫގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

28 ޖެނުއަރީ 2022
ހިރިމަރަދޫގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
03 ޑިސެމްބަރު 2021

ހިރިމަރަދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

03 ޑިސެމްބަރު 2021
ހިރިމަރަދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު