Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޖުހާއަށްވެސް ވާނީ މިހާކަށްވަރު ނޫންތޯއެވެ.

ކޮވިޑާއި އެކު ފިޔަވަޅު ނާޅައިގެން ވެސް ފާޑުކި

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2022 | ބުދަ 14:32
ޖުހާއާއި ހިމާރުގެ ވާާހަކައަކީ މިއަދު ކޮވިޑާއި ގުޅިގެން ކޮށްދޭ ކަންތަކާއި ކިޔާ ފާޑުތަކާއެއް އެއްވަރުގެ ކަމެއް

ޖުހާއާއި ހިމާރުގެ ވާާހަކައަކީ މިއަދު ކޮވިޑާއި ގުޅިގެން ކޮށްދޭ ކަންތަކާއި ކިޔާ ފާޑުތަކާއެއް އެއްވަރުގެ ކަމެއް

ފާޑު ކިޔުމަކީ އިންސާނާގެ ތަބީއަތެކެވެ. އެކަކަށް ކަމުދާގޮތް އަނެކަކަށް ކަމުނުދިޔުމަކީވެސް އިންސާނާގެ ތަބީއަތެވެ. މިއަދު ރަނގަޅުވާގޮތް މާދަމާ ގޯސްވުމަކީވެސް އިންސާނާގެ ތަބީއަތެވެ. އެއްކަމެއްގައި އެންމެންގެ ހިޔާލު އެއްގޮތް ނުވުމަކީވެސް އިންސާނާގެ ތަބީއަތެވެ. އެއްވެސް މީހަކަށް އެންމެން ރުހޭގޮތަށް ކަންކަން ނުކުރެވުމަކީ ދުނިޔޭގެ ތަބީއަތެވެ. ޖުހާއަށްވެސް ދިމާވީ އެކަހަލަ ގޮތެކެވެ.

މެންދުރުގެ ގަދަ ހޫނުގައި ޖުހާ ދަރިފުޅު ގޮވައިގެން ސަހަރާގެ ތެރެއަށް ނުކުތީ ޖުހާގެ ހިމާރާވެސް އެކުގައެވެ. ދަރިފުޅު ހިމާރުގެ މައްޗަށް އަރުވައިގެން ޖުހާ ދިޔައީ ހިނގާފައެވެ. މަންޒަރު ބަލަން ތިބި ބަޔަކު މިކަމަށް ފާޑުކިޔެވެ. އެމީހުން ބުންޏެވެ. ކޮންކަހަލަ ދަރިއެއްހެއްޔެވެ. މުސްކުޅި ބައްޕަ ހިނގާފައި ދާއިރު ދަރި އެއިނީ ހިމާރުގެ މަތީގައެވެ. މައިންބަފައިންނަށް ކަމޭހިތުން ކޮބާހެއްޔެވެ. މިއަޑު އިވުމުން ޖުހާ އެމީހުން ރުއްސަން ބޭނުންވިއެވެ. ދަރިފުޅު ބޭލުމަށްފަހު ޖުހާ ހިމާރުގެ މައްޗަށް އެރިއެވެ. ޖުހާ ހިމާރު ދުއްވަމުން ދިޔައިރު ދަރިފުޅު ދިޔައީ ހިމާރާއެކު ހިނގާފައެވެ. އެހެން ބަޔަކަށް އެކަން ގޯސްވެއްޖެއެވެ. އެމީހުން ބުންޏެވެ. ކޮންކަހަލަ ބަފައެއް ހެއްޔެވެ. ދަރި ގަދަ ހޫނުގައި ހިނގާފައިދާއިރު ބައްފަ އެއިންނަނީ ހިމާރުގެ މަތީގައެވެ. ދަރިފުޅަށް އޮތް ކުލުނު ކޮބާހެއްޔެވެ. މިއަޑު އިވުމުން އެމީހުން ރުއްސަން ޖުހާ ބޭނުންވިއެވެ. ދަރިފުޅުވެސް ހިމާރުގެ މައްޗަށް އެރުވިއެވެ.

ދެން ދެބަފައިން އެކުގައި ހިމާރު ދުއްވަން ފެށިއެވެ. އެހެން ބަޔަކަށް މިގޮތެއްވެސް ކަމަކުނުދިޔައެވެ. އެމީހުން ބުންޏެވެ. ކޮންކަހަލަ އިންސާނުންނެއް ހެއްޔެވެ. ނިކަމެތި ހިމާރެއްގެ މައްޗަށް ދެމީހުން އަރައިގެން މިއޮއް ގަދަ ހޫނުގައި ދުއްވަނީއެވެ. ޖަނަވާރަކަށްވެސް އޯގާތެރިކަމެއްނެތެވެ. އެމީހުން ރުއްސަންވެސް ޖުހާ ބޭނުންވިއެވެ. ދެން ދެބަފައިން އެކުގައި ހިމާރު މަތިން ފައިބައި ހިމާރާއެކު ހިނގަން ފެށިއެވެ. މީވެސް ކަމުދާ ގޮތަކަށް ނުވިއެވެ. މަންޒަރު ދުއް އެހެން ބަޔަކު ބުންޏެވެ. ކޮން ކަހަލަ މޮޔަ ދެމީހުންނެއް ހެއްޔެވެ. ހިމާރެއްވެސް އޮވެ އެއަށް ނާރާ މިއޮއް ހޫނުގައި އެދަނީ ހިނގާފައެވެ. ބުއްދި ކޮބާހެއްޔެވެ. މިއަޑު އަހާފައި އެމީހުން ރުހޭތޯވެސް ޖުހާ ބެލިއެވެ. ހިމާރު ނަގައި ދެބަފައިންގެ ކޮނޑަށް ލައިގެން ހިނގައިގެންފިއެވެ. މިފަހަރުވެސް ޖެހޭނީ އެއްތަނެއްގާ ނޫންތޯއެވެ. މިގޮތް ކަމުނުދާ ބަޔަކުވެސް އުޅޭނެ ނޫންތޯއެވެ. ދުރުގައި ބަލަންތިބި ބަޔަކު ހީހީފައި ކިޔާތީ އިވެއެވެ. މީ ހަދަހާ މޮޔަ ބަޔެކެވެ. ގަދަ ހޫނުގައި މި ސަހަރާތެރޭގައި އެ އަންނަނީ ހިމާރު ކޮނޑަށް ލައިގެންނެވެ. އޭގެ މައްޗަށް އަރައިގެން ދިޔައިއްޔާ ވާނީ ކީއްހެއްޔެވެ. ވިސްނުން ކޮބާ ހެއްޔެވެ.

ކޮވިޑް-19ގެ ހާލަތާއި ގުޅިގެންވެސް ކަން ހިނގީ ދާދި މިކަހަލަ ގޮތަކަށްށެވެ. 2019 ވަނަ އަހަރުގެ ފަހުކޮޅު ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާ އިސާހިތަކު ރާއްޖެއަށްވެސް އަތުވެއްޖެއެވެ. މާލެއިން ދެތިން މީހަކު ޕޮޒިޓިވް ވާއިރަށް މާލެ ލޮކްޑްއުން ނުކޮށްގެން، ހުޅުމާލެއާ މާލެއާ ދެމެދު އޮތް ބްރިޖް ބަންދު ނުކޮށްގެން، ރެސްޓޯރެންޓްތައް ބަންދު ނުކޮށްގެން، ބޯޑަރު ބަންދު ނުކޮށްގެން، މީހުންގަނޑު އުޅެގަތީ ތިޔަހެނަކުން ނޫނެވެ. ގޮވާ އެއްޗެހިން ބަޔަކު ފިތްކަނޑައިގެންދާހާވެއެވެ. އިސާހިތަކު މަޑުމަޑުން ފިޔަވަޅުތައް އަޅަން ފަށައިފިއެވެ. ފުރަތަމަ ލުއިކޮށެވެ. ދެން ބަރުކުރަމުން ކުރަމުންގޮސް ފުލް ލޮކްޑައުންއަކާ ހަމައަށްވެސް ހިނގައްޖެއެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ހުއްޓިއްޖެއެވެ. އެންމެން ގެތަކުގައި ބަނދުވެއްޖެއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވާހަކަ ބަދަލުވެއްޖެއެވެ. އޮއިވަރުވެސް އެނބުރިއްޖެއެވެ. އާންމްދަނީ ހުއްޓިއްޖެ ވާހަކައާއި، ވިޔަފާރި ބަންދުވެއްޖެ ވާހަކައާއި، އިންވެސްޓްމަންޓް ރޫޅިއްޖެ ވާހަކައާއި، ދިރިއުޅުމުގެ ހާލަތު ދަށްވި ވާހަކައާއި ހަމައިންގޮސް ދަރިން ލިބޭލެ ގިނަވުމާ، ވަރި ގިނަވުމާ، ނަފްސާނީ ގޮތުން ބަލިކަށިވުން ފަދަ އެތައް ވާހަކައެއް ދައްކަން ފަށައިފިއެވެ. ދެން އެއްޗެހި ކިޔަންފެށީ ނުހުޅުވައިގެންނެވެ. ލޮކްޑައުން ނުނަގައިގެންނެވެ. ރެސްޓޯރެންޓްތައް ނުހުޅުވިގެންނެވެ.

މަގުމައްޗަށް ނުނިކުމެވިގެންނެވެ. ޕާޓީތަކާ ޝޯތައް ނުބޭއްވިގެންނެވެ. ދަރިން ކިޔަވަން ނުފޮނުވިގެންނެވެ. ފުރަތަމަ ގޯސްވީ ރަށްރަށަށް ދަތުރުފަތުރު ކުރެވޭތީއެވެ. ދެން ގޯސްވީ ޕޯޓަލްގައި ޖެހިގެން ނޫނީ ނުދެވޭތީއެވެ. ވެކްސިން ގެންނަލެއް ލަސްވެގެންވެސް ގޯސްވިއެވެ. ގެނެސް ޖަހަންފެށުމުން އެކަންވެސް ގޯސްވިއެވެ. ފުރަތަމަ ގޯސްވީ ސާމްޕަލް ނަގާލެއް މަދުވެގެންނެވެ. ޓެސްޓް ކުރެވޭލެއް މިންވަރު ދަށްވެގެންނެވެ. ފަހުން ގޯސްވީ ނަގާލެއް ގިނަވެގެންނެވެ. ކަރަންޓީން ނުކުރާތީ، އައިސޮލޭޓް ނުކުރާތީ ކުރިން ކުރި ޝަކުވާ ފަހުން ކުރަންފެށީ ކުރާލެއް ގިނަވެގެންނެވެ. މާސްކް އެޅުން މަޖުބޫރުކުރުން ލަސްވެގެން ހިތްހަމަނުޖެހުނެވެ. ފަހުން ބޮޑުވީ އަޅަންޖެހޭތީއެވެ. މިސްކިތްތަކުގައި ގައިދުރުކަމެއްނެތި ޖަމާއަތުގައި ނަމާދުކުރުން ނުހުއްޓުވައިގެން އެތައް ބަޔަކު ޝަކުވާ ކުރިއެވެ. ހަރަމްފުޅުގައިވެސް އެކަން އެހެން ކުރާ ކަމުގެ ވާހަކަ ދެއްކިއެވެ. އެފިޔަވަޅު އެޅުމުން ގޯސްވީ އެކަން ކުރި މީހުންނެވެ. އެމީހުންވީ މިސްކިތްތައް ފަޅުކުރާ ބަޔަކަށެވެ.

ގައުމުގެ އިގްތިސޯދު ފުނޑިއްޖެ ވާހަކައާއި، އެންމެން ބަނޑަށް ޖެހިއްޖެ ވާހަކައާއި، ހާލުގައި ޖެހިއްޖެ ވާހަކައާއި، ނިކަމެތިވެއްޖެ ވާހަކަ ދައްކަމުން ކޮޅުކޮޅު މައްޗަށް ހިނގާއިރު ގަންނަން ނުލިބެނީ، ބޭނުންކުރަން ނުލިބެނީ ކޮން އެއްޗެއްތޯއޭ ސުވާލުކުރާ މީހުންވެސް އުޅެއެވެ. އަވަށްޓެރި ގައުމުތަކުގައި ގޭހަށްޖެހި ދަރު އުނދުނުން ކައްކާއިރު، އުނދުނަކަށް ހަފުޅި ގޭސް ގުޅައިގެން ކައްކަން ބޭނުންވިޔަސް އެކަންވެސް ފަހިވެފައި އެބައޮތް ނޫންތޯއޭ ބައެއް މީހުން ބުނެއެވެ. އަވަށްޓެރި ގައުމުތަކުގެ މީހުން ފިހާރަތައް ދޮށުގައި ކިޔުޖެހިގެން ލިބޭތޯ ބަލަނީ ކައްކާނެ ހަނޑޫކޮޅެކެވެ. ބަނޑުމުއްތިކުރާނެ ކޮންމެވެސް އެއްޗެކެވެ.

ކިޔުއެއްގައި ޖެހުމެއްނެތި މުޅި ގަޔައް ސެންޓް ބުރުވާލައިގެން ބޭނުން ފިހާރައަކަށް ގޮސް ވަދެ އަޅުގަނޑުމެން ހޯދަނީ އެތަނުގައިހުރި ގެރި މަހާ، ކުކުޅާ، ސޮސެޖާ، ބަޓަރާ، އާފަލުގެ ތެރެއިން އަޅުގަނޑު އަބަދުވެސް ގަންނަ ހާއްސަ ބްރޭންޑެވެ. އެކަމަކު މިއަދުވެސް އަޅުގަނޑުމެންނަށް ކަމުނުގޮސްގެން އުޅެނީ ބޯޑަރު ހުޅުވާލާފައި އޮތީތީއެވެ. ކޮނުނު ކޮނުނުހެން ގިނަވާނީ ފަހޭ ބުނެއެއް ނޫންތޯއެވެ. ލިސްޓް ގިނަކުރާކަށް ގިނަ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެއްނޫންތޯއެވެ. އެންމެނެއް ނުރުއްސޭނެ ނޫންތޯއެވެ. އެއީ އިންސާނީ ތަބީއަތެއް ނޫންތޯއެވެ. އެއީ ދުނިޔޭގެ އާދަ ނުންތޯއެވެ. ޖުހާއަށްވެސްވީ މިހާކަށްވަރު ނޫންތޯއެވެ. އެކަމަކު ތަނެއްގައި އެކަނި އިނދެ މިކަންކަމާމެދު ކުޑަކޮށް ވިސްނާލުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް ނޫންތޯއެވެ.

ކޮވިޑް-19ހެލްތު ޕްރޮޓެކްޝަން އެޖެންސީހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)މާލެ ލޮކްޑައުން ކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު