Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސެޓެލައިޓް ސްކޫލް އިފްތިތާހުކުރުން

ސެޓެލައިޓް ނިޒާމުން ބޭރު ގައުމުތަކުންވެސް ރަނގަޅު ނަތީޖާއެއް ހާސިލްކޮށްފައިވޭ: ޑރ. އައިޝަތު އަލީ

17 ޖެނުއަރީ 2022 | ހޯމަ 08:38

ރާއްޖޭގެ 3 ރަށެއްގައި ސެޓެލައިޓް ސްކޫލް ވަނީ އިފްތިތާހުކޮށްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 17 ޖެނުއަރީ 2022 | ހޯމަ 08:38
ސެޓެލައިޓް ސްކޫލް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު

ސެޓެލައިޓް ސްކޫލް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު

ސެޓެލައިޓް ނިޒާމުގެ ތެރެއިން ތައުލީމު ފޯރުކޮށްދިނުމަކީ ބޭރު ގައުމުތަކުން ރަނގަޅު ނަތީޖާތަކެއް ހާސިލްކޮށްފައިވާ ނިޒާމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރު މިފަދައިން ވިދާޅުވީ ހޯމަ ދުވަހު ސެޓެލައިޓް ސްކޫލް ރާއްޖޭގެ 3 ރަށެއްގައި އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބ. ފެހެންދޫގައި ހުންނަވައި، ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ އެކި ސަބަބުތަކާހުރެ ވަރަށް ބޮޑަށް ހީނަރުވެފައިވާ މަދަރުސާތައް އެހެން ބޮޑެތި ސްކޫލްތަކާ ގުޅިގެން ހިންގުމަކީ މީގެ ކުރިންވެސް ކޮށްފައިވާ ކަމެއް ކަމަށެވެ. މިހާރު ފަށައިގަނެވިފައިމިވާ ސެޓެލައިޓް ނިޒާމަކީވެސް މިފަދަ ނިޒާމެއް ކަމަށާއި، މިއީ ދުނިޔޭގެ އެހެން ގައުމުތަކުންވެސް ކޮށް، ރަނގަޅު ނަތީޖާއެއް ހާސިލްކޮށްފައިވާ މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސެޓެލައިޓް ނިޒާމުގައި ކުދި ރަށްރަށުގެ މަދަރުސާތަކުގައި ކިޔަވައިދެމުންދާނީ ބޮޑު ސްކޫލެއްގެ ދަށުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބ. ފެހެންދޫއާއި، ވ. ރަކީދޫ އަދި ވ. ތިނަދޫގައި ގާއިމްކޮށްފައިވާ ސެޓެލައިޓް ސްކޫލްތަކުގެ ކިޔެވުން ކުރިއަށްގެންދާނީ މާލޭގެ އެންމެ ރަނގަޅު އެއް މަދަރުސާ ކަމުގައިވާ ހުރަވީ ސްކޫލުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެންމެ ބޮޑު އުންމީދަކީ ރާއްޖޭގެ އެހެން ސްކޫލްތަކުގެ ދަރިވަރުންނާ ވާދަކުރެވޭ ވަރުގެ ދަރިވަރުންތަކަކަށް މި 3 ރަށުގެ ދަރިވަރުން ހެދުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސްޓެލައިޓް ނިޒާމުގެ ތެރެއިން އޮންލައިންކޮށް ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް މި ސްކޫލްތަކަށް ފޯރުކޮށްދެވިފައިވާ ކަމަށެވެ. މިގޮތުން ރަނގަޅު ސްޕީޑެއްގައި އިންޓަރނެޓް ލިބޭނެ ގޮތް ފަހިކޮށްދެއްވާފައިވާނެ ކަމަށާއި، އަދިވެސް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމްކޮށްދެއްވާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސެޓެލައިޓް ސްކޫލްތަކުގެ ދަރިވަރުންނަށް އެހެން ކުދިންނާ ގުޅިގެން ކަންކަން ކުރުމަށްމަގުފަހިވެގެންދާނެ ކަމަށެވެ. އެގޮތުން މި ސްކޫލްތަކުގެ ބެލެނިވެރި ސްކޫލްތައް ކަމުގައިވާ ބ. ގޮއިދޫ ސްކޫލާއި، ވ. ކެޔޮދޫ ސްކޫލާއި، ވ. ފެލިދޫ ސްކޫލުން، މި ސްކޫލްތަކުގެ ދަރިވަރުންނަށް ސްކޫލް މާހައުލުން އިޖްތިމާއީ ގުޅުންތައް ބަދަހިކުރުމާއި، ކުޅިވަރާއި، ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށްރަށް ދޫކޮށް ދިޔަ އާއިލާތަކާއި، އިތުރު އާއިލާތައް އެ ރަށްރަށަށް އެނބުރި އަންނާނެ ކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު އަލީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
04 ޑިސެމްބަރު 2024

އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި

04 ޑިސެމްބަރު 2024
އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި
24 ނޮވެމްބަރު 2024

މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު

24 ނޮވެމްބަރު 2024
މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު
01 އޮކްޓޯބަރު 2024

250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

01 އޮކްޓޯބަރު 2024
250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް