Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބެކްލޮގް ކޭސްތައް އިތުރުވުން

އިތުރުވަމުންދާ އަދަދުތަކާއެކު 2000 ސާމްޕަލްގެ ބެކްލޮގެއް

72 ގަޑިއިރަށްވުރެ ގިނައިރުވެފައިވާ ސާމްޕަލްތަކުގެ ނަތީޖާވެސް ނުލިބި އެބަހުރި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2022 | ހުކުރު 13:59
ރެންޑަމް ސާމްޕަލް ނެގުން

ރެންޑަމް ސާމްޕަލް ނެގުން

ރާއްޖޭގެ ކޮވިޑްޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުން އަންނައިރު، ދެހާހަށްވުރެ ގިނަ ސާމްޕަލްގެ ބެކްލޮގްގައި ހުރިކަން ރާއްޖެޓީވީއަށް ކަށަވަރުވެއްޖެއެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވުމާއެކު ފިޔަވަޅުތައް ހަރުކަށިކުރުމުގެ ސަބަބުން މިހާރު އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރެވޭނީ ޕީސީއާރު ޓެސްޓު ހަދައިގެންނެވެ. އެހެންކަމުން ޕީސީއާރު ޓެސްޓު ހެދުމަށް ގިނަ ބަޔަކު އަންނަނީ ސާމްޕަލް ނަގާ ސަރަހައްދުތަކުގައި ބޮޑެތި ކިއުތަށް ހަދަމުންނެވެ. ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި ގިނަ ބަޔަކު ޓެސްޓު ހެދުމަށް ސާމްޕަލް ނަގަމުންދާތީ ނަތީޖާ ނުލިބި 2000ށްވުރެ ގިނަ ސާމްޕަލް މިހާރު އެބަހުއްޓެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅޭގޮތުން ރާއްޖެޓީވީއަށް މައުލޫމާތުދެމުން އެޗްޕީއޭން ބުނީ ގިނަ އަދަދެއްގެ މީހުން ސާމްޕަލް ނަގަމުންދާތީ ބައިވަރު ސާމްޕަލްތައް ބެކްލޮގުގައި އެބަހުރި ކަމަށެވެ. އަދި އެޗްޕީއޭގެ އަމާޒަކީ 48 ގަޑިއިރާ 72 ގަޑިއިރާ ދޭތެރޭގައި ސާމްޕަލްތަކުގެ ނަތީޖާ ދިނުންކަމުގައިވީ ނަމަވެސް، މިހާރު އެމުއްދަތު ފަހަނައަޅާފައިވާ ސާމްޕަލްތައް އެބަހުރި ކަމަށެވެ. އެހެންކަމުން ބެކްލޮގް ފިލުވުމަށްޓަކައި ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސާމްޕަލްތަކުގެ ނަތިޖާ ނުލިބި ލަސްވުމުގެ ސަބަބުން ގިނަ ރައްޔިތުންގެ ޝަކުވާ ވަނީ އެޗްޕީއޭއަށް އަމާޒުވެފައެވެ. ޚާއްސަކޮށް ސްކޫލުތަކުގެ ކިޔެވުން ފެށުމުގެ ކުރިން އަތޮޅުތެރޭގެ ރަށްތަކަށް ދާންބޭނުންވާ ފަރާތްތަކުގެ ނަތީޖާ ލަސްވުމުގެ ސަބަބުން އެފަރާތްތަކަށް ވަނީ ގިނަ ދަތިތަކަށް ކުރިމަތިލާން ޖެހިފައެވެ.

ޓެސްޓުގެ ނަތީޖާ ލިބުމުގައި ލަސްތަކެއް ހުރިއިރު، މިހާބޮޑަށް ނަތީޖާ ލަސްވަނީ ފޭކް ނެގެޓިވް ނަތީޖާ ހަދައިގެން ބައެއް ޓޫރިސްޓުން ބޭރަށް ފުރަން އުޅޭ މައްސަލަަތަކެއް ދިމާވެފައިވާތީ، އެނަތީޖާތައް އައިޖީއެމްއެޗުން އަލުން ޗެކްކުރާތީކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އެޗްޕީއޭން ބުނީ ސާމްޕަލްތައް ރީރަން ކުރަނީ ހަމައެކަނި ޕޮޒިޓިވްވާ ޓޫރިސްޓަކު އަވަހަށް ފުރަން ބޭނުންވާތީ ދެވަނަ ފަހަރަށް ނަތީޖާ ޗެކްކުރުމަށް ބޭނުންވާ ހާލަތްތަކުގައި ކަމަށެވެ. އަދި ސާމްޕަލްތައް ރީރަންކޮށް އަލުން ޓެސްޓު ކުރެވޭނީ ހަމައެކަނި އައިޖީއެމްއެޗުން ކަމަށެވެ.

ކޮވިޑްގެ އަދަދުތައް އިތުރުވެ ދުވާލެއްގެ މައްޗަށް ނަގާ ސާމްޕަލްތަކުގެ އަދަދު ވަނީ އެވްރެޖްކޮށް 5000 އާއި 7000ށް އަރާފައެވެ.

ކޮވިޑް-19ސާމްޕަލްހެލްތު ޕްރޮޓެކްޝަން އެޖެންސީހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު