Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ދުއާ އިޖާބަ ކުރައްވާ ޚާއްސަ ވަގުތެއްވޭ، އެވަގުތުކޮޅުގެ ބޭނުން ހިފަންޖެހޭ: ޚުތުބާ

14 ޖެނުއަރީ 2022 | ހުކުރު 07:54

ބައެއް މީހުން ހުކުރުގެ ވަގުތު ދުނިޔެވީ ކަންކަމުގައި މަސްއޫލުވެ އުޅޭ

އަމްނާ އިމާދު
އަމްނާ އިމާދު | 14 ޖެނުއަރީ 2022 | ހުކުރު 07:54
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

ހުކުރު ދުވަހު ދުއާ އިޖާބަ ކުރައްވާ ޚާއްސަ ވަގުތެއްވާ ކަމަށާއި އެވަގުތުކޮޅުގެ ބޭނުން ހިފުމަށް ޚުތުބާގައި ގޮވާލައިފިއެވެ.

''ހުކުރުގެ ދަރުމަ ފުރިހަމައަށް ލިބިގަންނާށެވެ'' މިމައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ދުނިޔަވީ މަސައްކަތުން ދުރުވެ، ހުކުރަށް ދިއުމަށް އަވަސްވެގަންނަ މީހަކީ، ބޮޑުވެގެންވާ ނަޞީބުވެރިއެއް ކަމަށެވެ. ހުކުރު ދުވަހުގައި ދުއާ އިޖާބަކުރައްވާ ޚާއްސަ ވަގުތެއްވާ ކަމަށާއި، އެކި އެކި ބޭނުން ޖެހިފައިވާ މީހުން އެފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ދުއާކުރުން އިތުރު ކުރުމަށްވެސް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ މިއަދަކީ ދުވަސްތަކުގެ ތެރެއިން އެންމެ ހެޔޮ އެއްދުވަސް ކަމަށާއި، މިއަދަކީ، ބަރަކާތުން ފުރިގެންވާ ހުކުރު ދުވަސް ކަމަށެވެ. ހުކުރު ދުވަހަކީ އެދުވަހެއްގައި އިންސާނީ ނަސްލުގެ ފެށުންކަމުގައިވާ މުޅި އިންސާނިއްޔަތުގެ ބައްޕަ، އާދަމްގެފާނު އުފެއްދެވުނު ތާރީޚީ ދުވަސްކަން ހަނދާން އައުކޮށް ޚުތުބާގައި ބުނީ އެކަލޭގެފާނު ސުވަރުގެ ވެއްދެވުނު ދުވަހަކީ ވެސް ހުކުރު ދުވަހެއްގައި ކަމަށެވެ.

ހުކުރު ވަގުތަށް ބެލުމެއް ނެތި، ވިޔަފާރިވެރިން އެމީހުންގެ ވިޔަފާރިން މަންފާ ހޯދުމަށް މަސްއޫލުވެގެން އުޅޭ ކަމަށާއި، މިކުޑަ މުޖުތަމައިން އެމަންޒަރު ފެންނަ ކަމަށް ޚުތުބާގައި ބުނެފަވެއެވެ. އަދި ޚިދުމަތް ހޯދާ މީހުން ވެސް ހުކުރު ވަގުތާއި ނަމާދު ވަގުތުތަކުގައި ޚިދުމަތް ލިބިގަތުމުގައި އުޅޭ ތަން ފެންނަ ކަމަށާއި ޚުތުބާ އަޑުއެއްސެވުމަށް މަލާއިކަތުން ހަމަހިމޭނުން ތިއްބަވާ އިރު، އިންސާނުން އެ ޚުތުބާއަށް ކަނުލައި އެހުން، މާ އައުލާކަން ބޮޑު ނަމަވެސް މިފަހަކަށް އައިސް އިމާމު މީހާ ޚުޠުބާ އިއްވަމުން ދާއިރު މިސްކިތުގެ ފެންޑާގައްޔާއި، މިސްކިތުގެ ގޯތިތެރޭގައްޔާއި، މިސްކިތުން ބޭރުގައި ވެސް ވާހަކަދައްކަން ތިބޭ ކަމަށް ޚުތުބާގައި ބުނެފަވެއެވެ. އަދި އެއީ ވަރަށް ދެރަ މަންޒަރެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެއިތުރުން ޚުތުބާ އަޑުއެހުމުގެ ބަދަލުގައި، މިސްކިތުން ބޭރުގައި ތިބެ އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ދެއްކުމާއި، ހީ ސަމާސާ ކުރުމާއި، މޯބައިލް ފޯނުން ގޭމް ކުޅުމާއި މެސެޖް ކުރުމާއި، އިންޓަނެޓްގެ އެކި ސައިޓްތަކަށް ވަނުމާއި، ސިނގިރެޓް ބުއިން ފަދަ ދުނިޔަވީ ކަންތައްތަކުގައި މަސްއޫލުވެގެން ތިބޭ މަންޒަރު ފެންނަ ކަމަށްވެސް ޚުތުބާގައި ބުނެފަވެއެވެ. މިސްކިތުގެ ތެރޭގައި ޖާގަ އޮންނައިރު، ގަސްގަސް ދޮށުގައްޔާއި، ހިޔާ ގަނޑުގައި ތިބެ، އިމާމްމީހާ ޚުތުބާކިޔާ ނިމި، ހުކުރުނަމާދަށް ގަމަތް ދިނުމުން މިސްކިތުގައި ހެދިފައިވާ ސަފަށް ވެސް ނުބަލައި ނަމާދުކުރާ މަންޒަރު ފެންނަ ކަމަށް ބުނެފައިވެއެވެ.

ނަމާދުގައި ގިބްލައަށް ކުރިމަތިލުމަކީ، ނަމާދު ސައްހަވުމުގެ ޝަރުތަކަށްވާއިރު، ތިމާއަށް މިހުރެވެނީ ރަނގަޅަށް ގިބްލައަށް ކުރިމަތިލައިގެންތޯ ޔަގީން ކުރަން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އިމާމަށް ވުރެ ކުރިއަށް ނޭރުމާއި، މިސްކިތުގައި ހެދިފައިވާ ސަފުތަކާ މިސްކިތުން ބޭރުގައި ހެދިފައިވާ ސަފުތައް ސީދާ ކުރުމަކީ ވެސް ސަމާލުވާން ޖެހޭ ކަމަށާއި ހުކުރު ނަމާދުގެ މަގުސަދާ ޚިލާފު ކަންތައްތަކުން ދުރުހެލިވުމަށް ޚުތުބާގައި އިލްތިމާސްކޮށްފައިވެއެވެ.

ހަފްތާގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރު ދުވަސް ކަމަށްވާއިރު، އެދުވަހުގެ ދަރުމަ ފުރިހަމައަށް ލިބިގަތުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި މިއަދު މުޖުތަމައު ފެންނަމުންދާ ނޭދެވޭ އަމަލުތަކުން ދުރުވެ، އަޅުކަމަށް މަސްއޫލުވުމަށް ވަނީ ނަސޭހަތްތެރިވެ ބާރުއަޅާފައެވެ.

ހުކުރު ޚުތުބާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް