Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ރާއްޖޭގެ ނިޒާމީ މަދުރަސީ ތައުލީމުގެ 90 އަހަރަށް ބަލައިލުން

ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ކިޔެވުން ލާޒިމުކުރޭ

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2022 | ބުރާސްފަތި 06:11
ރާއްޖޭގައި އުފެދުނު ފުރަތަމަ ސްކޫލް ކަމުގައިވާ މަޖީދިއްޔާ ސްކޫލްގެ ކުރީގެ މަންޒަރެއް

ރާއްޖޭގައި އުފެދުނު ފުރަތަމަ ސްކޫލް ކަމުގައިވާ މަޖީދިއްޔާ ސްކޫލްގެ ކުރީގެ މަންޒަރެއް

ދިރާސީ އަހަރު މިވަނީ ބަދަލުވެފައެވެ. އެެހެންނަމަވެސް މިފެށުނު 2022ގައި މަދުރަސާތަކުގެ ކިޔެވުން ފެށެނީއެވެ. ވީމާ ރާއްޖޭގެ ނިޒާމީ މަދުރަސީ ތައުލީމުގެ މާޒީއަށް ބަލައިލުމަކީ މުނާސަބު ކަމެއް ކަމުގައި ދެެކެމެވެ. ކުރިން މިކޮލަމުގައި ބަޔާންކުރެވިފައިވާ ފަދައިން ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ (1932) އިން ދިވެހި ރައްޔިތުންނަށް ކިޔެވުން ލާޒިމުކުރެއެވެ. އަދި އުނގެނުމާއި އުނގަންނައިދިނުމުގެ މިނިވަންކަން ދިވެހި ރައްޔިތުންނަށް ލިބިދީފައިވެއެވެ.

ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީގެ 14 ވަނަ މާއްދާގައިވެއެވެ. "ކޮންމެ ދިވެހި ރައްޔިތަކުގެ މައްޗަށް ގުރުއާން ކިޔެވުމާއި، އަރަބިއަކުރާއި ތާނައަކުރު ލިޔާންކިޔާން ދަސްކުޅައުމަކީ މި ގާނޫނުއަސާސީ ލާޒިމުކުރާ ކަމެކެވެ." 15ވަނަ މާއްދާގައިވެއެވެ. "ގާނޫނަށާއި އަދަބުތަކަށް ޚިލާފުނުވާގޮތުގެ މަތިން ކިޔެވުމާއި ކިޔަވައިދިނުމީ، މިނިވަންކަން ލިބިގެންވާ ކަމެކެވެ."

ދިވެހިރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ވަޒީރުލް މައާރިފް ނުވަތަ ރާއްޖޭގެ ފުރަތަމަ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޒު އަހުމަދު ކާމިލު ދީދީ، ގާނޫނުއަސާސީގެ ތައުލީމާއި އުނގެނުމުގެ މާއްދާތަކާއި ކަމާބެހޭ ޤާނޫނުތައް ތަންފީޒު ކުރައްވަން 1932ން 1933ށް މަސައްކަތް ކުރެެއްވިއެވެ. އަދި މަދުރަސަތުއް ސަނިއްޔާގައި އަންހެން ދަރިވަރުންނަށް ތައުލީމު ދެއްވަން ފެއްޓެވީވެސް 1933ގަައި އެމަނިކުފާނެވެ.

ރާއްޖޭގެ ނިޒާމީ މަދުރަސީ ތައުލީމުގެ ތާރީޚުގެ ތެރެއިން، މެދުނުކެނޑި ހިނގަމުންދާ ސްކޫލް/މަދުރަސާތަކަށް ބަލާލާއިރު ރާއްޖޭގެ އެންމެ ފަޚުރުވެރި މަދުރަސާ ކަމުގަައިވާ މަޖީދިއްޔާ ސްކޫލްގެ ފެށުމަކީ 17 ޝައްވާލު 1346 ހެނދުނު 7 ޖެހިއިރު ކިޔަވައިދޭން ފެށުނު ފެށުމެވެ. މީލާދީގޮތުން އެދުވަހަކީ 20 އޭޕްރީލް 1927އެވެ. މަދުރަސަތުއް ސަލާހިއްޔާ، މަދުރަސަތުލް މަޖީދިއްޔާ، މަޖީދިއްޔާ ސްކޫލެވެ.

އަމީނިއްޔާ ސްކޫލްގެ ފެށުން ކަމަށް ބަލަނީ، 11 ޒުލްހިއްޖާ 1363ގެ ރޭގަނޑު 8 ޖެހިއިރު އުފެދުނު، މަދުރަސަތުއް ސަނިއްޔާގެ އަންހެންކުދިންގެ ގޮތްޕެވެ. މީލާދީގޮތުން އެއީ 27 ނޮވެންބަރު 1944އެވެ. މަދުރަސަތުލް އަމީނިއްޔާ، އަމީނިއްޔާ ސްކޫލެވެ.

އިސްކަންދަރު ސްކޫލްގެ ފެށުމަކީ 10 މޭ 1961ގައި ހުޅުވުނު ރާއްޖޭގެ ފުރަތަމަ މޮންޓެސޫރީ ސްކޫލް ކަމުގައިވާ ހަމީދިއްޔާ މޮންޓެސޫރީ ސްކޫލެވެ. 2 އަހަރު ބައިން ފެށިގެން 6 އަހަރާ ދެމެދުގެ ކުދިންނަށެވެ. ނާސިރިއްޔާ މޮންޓެސޫރީ ސްކޫލް، އިސްކަންދަރު މޮންޓެސޫރީ ސްކޫލް، އިސްކަންދަރު ސްކޫލެވެ.

ރާއްޖޭގެ ފުރަތަމަ ކޮމިޔުނިޓީ ސްކޫލްގެ ނަން ދެވުނު ސްކޫލް، ބ. އަތޮޅު އޭދަފުށީގައި ހުޅުވުނީ 22 ފެބުރުއަރީ 1978އެވެ. އެއީ ބ. އަތޮޅު ތައުލީމީ މަރުކަޒެވެ.

1932ގެ ގާނޫނުއަސާސީން ލިބުނު އުނގަންނައި ދިނުމުގެ މިނިވަންކަމުގެ ތެރެއިން އުފެދުނު ބައެއް މަދުރަސާތަކާއި ބައެއް މަކުތަބުތަކަށް ބަލާއިރު، 1930ގެ އަހަރުތަކާއި 1940ގެ އަހަރުތަކުގައި އަތޮޅުތަކުގެ ރަށްރަށުގައި އުފެދުނު ބައެއް މަދުރަސާތައް މެދުނުކެނޑި ހިނގަމުންދާތާ އަލިމަސް ޔޫބީލު 75 އަހަރަށްވުރެ ގިނަދުވަސް ވެފައިވެއެވެ. އަމީނިއްޔާއަށްވުރެ ގިނަދުވަސް ވެފައެވެ. އެ މަދުރަސާތަކުގެ ތެރޭގައި މަދުރަސަތުލް އިފްތިތާހު/ޅ.ނައިފަރު، 22 ޖޫން 1933އެވެ. އަދި މޭނާ ސްކޫލް/ނ.ހޮޅުދޫ ހިމެނެއެވެ. ގާޟީ ޝަމްސުއްދީން ސްކޫލް/އައްޑޫ މީދޫ 29 ޑިސެންބަރު 1943އެވެ. މިސްކޫލް މިހާރު ނެތެވެ. އަދި މިނޫންވެސް ބައެއް ރަށްރަށުގެ މަދުރަސާތައް ހިމެނެއެވެ.

އަތޮޅުތަކުގެ މަދުރަސީ ތައުލީމުގެ މިސާލަކަށް ކޮޅުމަޑުލަށް ބަލާލަމާތޯއެވެ. އެކަށޭނަ ސަބަބުތަކަށްޓަކައި ވެސްމެއެވެ. އެވްރެޖުގޮތެއްގައި ތައުލީމުގެ މިސާލީ އަތޮޅެއްވެސްމެއެވެ. އެއީ 1980ގެ އަހަރުތަކުގައި އަސާސީ ތައުލީމުން ޖެހިޖެހިގެން 3 އަހަރު 1ވަނަ ލިބި، އަސާސީ ތައުލީމުގެ ތަށި މިލްކުކުރި އަތޮޅެވެ.

ކޮޅުމަޑުލުގަައި 1933ގަައި މަކުތަބުތަކުގެ ތައުލީމު ފެށިފައިވެއެވެ. އަދި 1940ގެ އަހަރުތަކުގައި ކޮޅުމަޑުލުގެ މެންބަރު އަލްއުސްތާޒު އަހުމަދު ކާމިލު ދީދީ، ކޮޅުމަޑުލުގައި ރަސްމީގޮތުން ފައްޓަވައިދެއްވި މަދުރަސާތަކުގެ ތެރެއިން މެދުނުކެނޑި ހިނގަމުންދާ މަދުރަސާތަކަށްވެސް 75 އަހަރުގެ އަލިމަސްޔޫބީލެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު