Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިސްލާމް ދީނަށް ފުރައްސާރަ ކުރުން

ފާޅުގައި ދީނަށް ފުރައްސާރަ ކޮށްގެން ދައުވާ އުފުލި ރުސްތުމްގެ އަޑުއެހުން ބަލިހާލަތު ބަޔާންކޮށް ކޯޓަށް ހާޒިރުވާން އުޒުރުވެރިވުމުން ކެންސަލް

ދީނަށް ހަޖޫޖަހައި ފުރައްސާރަކުރުމަކީ 2015 ވަނަ އަހަރުން ފެށިގެން ގާނޫނުލްއުގޫބާތުގައި ޖިނާއީ ކުށެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ޖެނުއަރީ 2022 | ހޯމަ 06:18
ކްރިމިނަލް ކޯޓް- އިންޓަރނެޓްގެ ޒަރީއާއިން ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް ގެންގުޅޭ އެކި މީޑިއަމްތައް ބްލޮކް ކުރުމަށް ކޯޓުން ވަނީ އަމުރެއްވެސް ނެރެފައި

ކްރިމިނަލް ކޯޓް- އިންޓަރނެޓްގެ ޒަރީއާއިން ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް ގެންގުޅޭ އެކި މީޑިއަމްތައް ބްލޮކް ކުރުމަށް ކޯޓުން ވަނީ އަމުރެއްވެސް ނެރެފައި

ފާޅުގައި ދީނަށް ފުރައްސާރަ ކުރަމުންދިޔަ ރުސްތުމްގެ މައްޗަށް އުފުލާފައިވާ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުން , ބަލިހާލަތު ބަޔާންކޮށް ކޯޓަށް ހާޒިރުވަން އުޒުރުވެރި ވުމުން ކެންސަލްވެއްޖެއެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ ހޯމަ ދުވަހުގެ ހެނދުނު 09:30 އަށެވެ. އެހެންނަމަވެސް، މި އަޑުއެހުން ވަނީ އެ ސަބަބާހެދި ކެންސަލްވެފައެވެ.

ރުސްތުމް އެންމެ ފުރަތަމަ ހައްޔަރުކުރީ 2019 ވަނަ އަހަރުއެވެ. އޭރު ދީނާ ދެކޮޅަށް ކުރާ މަސައްކަތް އޭނާ ފާޅުގައި ފެއްޓީ ކަމަށް ބުނެ ކުރި ޓްވީޓަކާއި ގުޅިގެން އޭނާ ހައްޔަރު ކުރިއެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ދީނާއި ޚިލާފު ބޮޑު ޖަލްސާތައް ވެސް ބާއްވާނެ ކަމަށް އޭނާ އޭރު ބުނެފައިވެއެވެ. އަދި ސޯޝަލްމީޑިޔާގެ ޕްލެޓްފޯމުތަކުގައި ކީރިތި ރަސޫލާއަށާއި، އިސްލާމް ދީނަށް ނިސްބަތްކޮށް ހުތުރު ބަހުން ވާހަކަ ދައްކާފައިވެއެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި ކޯޓަށް ހުށައަޅާފައިވަނިކޮށް އޭނާ ވަނީ އޭރު ދޫކޮށްލާފައެވެ.

އޭރު އޭނާ ދޫކޮށްލުމަށްފަހުވެސް ދީނާއި ޚިލާފު އެކި ވާހަކަތައް އޭނާ ދައްކާފައިވެއެވެ. އެގޮތުން އޭނާ އަލުން ހައްޔަރު ކޮށްފައިވަނީ އިސްލާމްދީނަށް ތައުހީން ކުރުމުގެ ނިޔަތުގައި، އިސްލާމްދީނަށް ފާޑުކިޔައި، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކޮށް މުޖުތަމައުގައި ސުލްހަމަސަލަސްކަން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް، އޭނާގެ މައްޗަށް ތުހުމަތު ކޮށްފައެވެ. އެއީ 2020 ވަނަ އަހަރުއެވެ.

އިސްލާމްދީނަށް ފާޑުކިޔައި، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރުމުންވެސް އޭރު އޭނާ ވަނީ އެކަމަށް އިއުތިރާފުވެ، ދީނާއި ޚިލާފު ވާހަކަތައް ދައްކާފައެވެ.

ދީނަށް ފުރައްސާރަ ކުރުމާއި، ރާއްޖޭގައި އެހެން ދީންތައް ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރާ މައްސަލަތައް އިތުރުވަމުންދާއިރު، އިންޓަރނެޓްގެ ޒަރީއާއިން ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް ގެންގުޅޭ އެކި މީޑިއަމްތައް ބްލޮކް ކުރުމަށް، މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ނެރެފައެވެ. މި އަމުުރު ނެރުނުތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އަދިވެސް މިފަދަ މީޑިއަމްތައް ބްލޮކް ކުރުމުގެ މަސައްކަތް ފަށާފައެއް ނުވެއެވެ. އެކަމާއި ގުޅޭ މަޝްވަރާތައް ކުރަމުންދާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް ޢާންމު ތަނެއްގައި، އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ ޢަމަލުން، މާތް ﷲއަށް ނުވަތަ ކީރިތި ޤުރުއާނަށް ނުވަތަ ކީރިތި ރަސޫލާއަށް ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަށް ނުވަތަ އިސްލާމްދީނަށް ފުރައްސާރަ ކުރުން އެއީ ކުށެއް ކަމުގައި ކަނޑައަޅައި ޤާނޫނުލްޢުޤޫބާތަށް ގެނައި އިސްލާޙު ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ވަނީ ތަސްދީޤު ކުރައްވާފައެވެ. އެގޮތުން މުއާޞަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ ޢަމަލުން، މާތް ﷲ އާމެދު ނުވަތަ ކީރިތި ޤުރުއާނާމެދު ނުވަތަ ކީރިތި ރަސޫލާއާމެދު ނުވަތަ ކީރިތި ރަސޫލާގެ ސުންނަތާމެދު ނުވަތަ އިސްލާމްދީނާމެދު ދޮގު މަޢުލޫމާތު ފެތުރުން ނުވަތަ އެފަދަ ޢަމަލެއް ކުރުމުގައި ބައިވެރިވުންވެސް ވަނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

އޭގެ އިތުރުން، އިސްލާމް ދީނަށް ހަޖޫޖަހައި ފުރައްސާރަކުރުމަކީ 2015 ވަނަ އަހަރުން ފެށިގެން ގާނޫނުލްއުގޫބާތުގައި ޖިނާއީ ކުށެއްކަމަށް ވަނީ ކަނޑައަޅާފައެވެ.

ކްރިމިނަލް ކޯޓްއިސްލާމް ދީން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު