Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޯލް ތައިލޭންޑް ޓީޓީ ޗެމްޕިއަންޝިޕް

ތައިލެންޑް މުބާރާތުގެ ޑަބަލްސް ބައިގެ ޗެމްޕިއަންކަން ދީމާގެ ޕެއާއަށް

ދީމާ ވަނީ ތައިލެންޑް މުބާރާތުގެ އަންހެން ސިންގަލްސް ބައިން ދެ އުމުރުފުރާއެއްގެ ކުއާޓާ ފައިނަލުގައި ވެސް ވާދަކޮށްފަ

އަތޫފް އާތިފް
އަތޫފް އާތިފް | 9 ޖެނުއަރީ 2022 | އާދީއްތަ 14:54
އޯލް ތައިލޭންޑް ޓީޓީ ޗެމްޕިއަންޝިޕްގެ ޑަބަލްސް އިވެންޓް ތައްޓާއެކު ދީމާ އާއި އޭނާގެ ޕެއާ ފެންގް

އޯލް ތައިލޭންޑް ޓީޓީ ޗެމްޕިއަންޝިޕްގެ ޑަބަލްސް އިވެންޓް ތައްޓާއެކު ދީމާ އާއި އޭނާގެ ޕެއާ ފެންގް

ތައިލެންޑްގައި ކުރިޔަށްދިޔަ އޯލް ތައިލެންޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެންމެ މޮޅު އަންހެން ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ޑަބަލްސް ބައިން ޗެމްޕިއަންކަން ހޯދައިފިއެވެ.

ތައިލެންޑް މުބާރާތުގެ 15 އަހަރުން ދަށުގެ ޑަބަލަސް ބައިގައި ދީމާގެ ޕާޓްނަރަކީ ތައިލެންޑްގެ ކުޅުންތެރިއެއް ކަމަށް ފެންގްއެވެ. ދީމާ އާއި ފެންގްގެ ޕެއާ ފައިނަލު މެޗުގެ ސެޓުތައް ގެންދިޔައީ 08-11، 09-11 އަދި 07-11 އިންނެވެ.

ކުޅިވަރާއި ބެހޭ ވުޒާރާ އާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) މެދުވެރިވެ ދީމާ އަންނަނީ ތައިލޭންޑްގައި ތަމްރީނު ހަދަމުންނެވެ. ދީމާ ވަނީ ތައިލެންޑް މުބާރާތުގެ އަންހެން ސިންގަލްސް ބައިން ދެ އުމުރުފުރާއެއްގެ ކުއާޓާ ފައިނަލުގައި ވެސް ވާދަކޮށްފައެވެ. އެއީ 15 އަހަރުން ދަށާއި 17 އަހަރުން ދަށެވެ.

މީގެ ކުރިން ޑިސެމްބަރު މަހު ޕޯޗުގަލްސްގައި ބޭއްވި ވޯލްޑް ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ދީމާ ވަނީ ވާދަކޮށްފައެވެ. އަދި އެ މުބާރާތުގައި ވެސް ދީމާ ވަނީ ރަނގަޅު ކުރިއެރުންތަކެއް ހޯދައިފައެވެ.

ދުނިޔޭގެ މުބާރާތުގެ މުބާރާތުގެ މިކްސް ޑަބަލްސް ބައިގައި ޗެކް ރިޕަބްލިކްގެ މާޓިން ސިޕްއާ އެކު ކުޅެ ދީމާ ވަނީ އެއް މެޗުން މޮޅުވެފައެވެ. އެކަމަކު، ދުނިޔޭގެ މުބާރާތުގެ މިކްސް ޑަބަލްސް ކުއާޓާ ފައިނަލުން ބަލިވީއެވެ. ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕްގައި، ދީމާގެ އަންހެން ޑަބަލްސް ޕާޓްނަރު ނައިޖީރިއާގެ ސުކުރާތު އަޔުލްބިގަން އަށް ޕޯޗުގަލް އަށް ނާދެވުމުން ދީމާ އަށް އަންހެން ޑަބަލްސް އިވެންޓް މެޗު ނުކުޅެވި، މެޗު ޖެހުނީ ދޫކޮށްލާށެވެ.

މީގެ ކުރިން ދީމާ ވަނީ ނޮވެމްބަރު މަހު އޮމާންގައި ކުރިއަށްދިޔަ ވޯލްޑް ކޮންޓެންޑާ މުބާރާތުގެ 15 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވެސް ވާދަކޮށްފައެވެ.

ފާތިމަތު ދީމާ އަލީ

އިތުރަށް ކިޔާލަން

18 މެއި 2024

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!
16 މެއި 2024

ދީމާގެ ކާމިޔާބީއަށް ރައީސް ސާލިޙު މަރުޙަބާ ވިދާޅުވެއްޖެ

16 މެއި 2024
ދީމާގެ ކާމިޔާބީއަށް ރައީސް ސާލިޙު މަރުޙަބާ ވިދާޅުވެއްޖެ
16 މެއި 2024

ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

16 މެއި 2024
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ
15 މެއި 2024

އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް

15 މެއި 2024
އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް
11 ޖެނުއަރީ 2023

ޤައުމީ ރޭންކިންގެ އެއް ވަނަ ދީމާ އާއި ޝައްފާނަށް

11 ޖެނުއަރީ 2023
ޤައުމީ ރޭންކިންގެ އެއް ވަނަ ދީމާ އާއި ޝައްފާނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު