Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސްގެ ނ އަތޮޅު ދަތުރުފުޅު

ހޮޅުދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު އަންނާނީ ހޮޅުމީދޫ ތަރައްގީ ކުރެވިގެން - ރައީސް

ހޮޅުދޫގެ ސިއްހީ މަރުކަޒަށް ރައީސް ޒިޔާރަތް ކުރެއްވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2022 | ބުދަ 10:23
ހޮޅުދޫ ކައުންސިލާއެކު ރައީސް ކުރިއަށް ގެންދެވި ބައްދަލުވުމުގެ ތެރެއިން

ހޮޅުދޫ ކައުންސިލާއެކު ރައީސް ކުރިއަށް ގެންދެވި ބައްދަލުވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ނ އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފަހު މަންޒިލެއްގެ ގޮތުގައި ނ.ހޮޅުދޫއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

ހޮޅުދޫއަށް ރައީސް ވަޑައިގެންނެވީ, ބުދަދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. އެމަނިކުފާނު ހޮޅުދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ކައުންސިލާ. ރައްޔިތުންގެ ފަރާތުން ހޫނު މަރުހަބާއެއް ދެންނެވިއެވެ. އަދި ހޮޅުދޫ ރައްޔިތުންގެ ފަރާތުން ޚާއްސަ ހަނދާނީ ހަދިޔާއެއްވެސް އަރުވާފައިވެއެވެ.

ރައީސް ވަނީ ކައުންސިލާ ބައްދަލު ކުރައްވައި ރަށުގެ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ރަށުން ލިބެން ހުންނަ ޚިދުމަތްތައް އިތުރަށް ފުޅާ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ. ރައީސް ވަނީ ހޮޅުދޫގެ ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރައްވައި އެތަނުގެ ޚިދުމަތްތައް ބައްލަވާލައްވާފައެވެ. އަދި ޚިދުމަތްތައް އިތުރަށް ފުޅާކުރުމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ރައްޔިތުންނާ ބައްދަލު ކުރެއްވައި ރައީސް ވިދާޅުވީ, ހޮޅުދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަކީ ހައްލު ނުލިބި އޮތް މައްސަލައެއް ކަމަށާއި, ބޯހިޔާވަހިކަން ހައްލު ކުރުމަށް ހޮޅުމީދޫގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަަސައްކަތް ޕްލޭނިން މިނިސްޓްރީއާއެކު ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ލަސްތަކެއް ނުވެ ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު އަންނާނީ ހޮޅުމީދޫ ތަރައްގީ ކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ފެބްރުއަރީ މަހު ޑޮކްޓަރަކާއި އިތުރު ނަރުހުން ސިއްހީ މަރުކަޒަށް ހޯދުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން ކުރިއަށްގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. ރަށުގެ ފެން ބޮޑުވުމުގެ މައްސަލައަށް މިހާރު ކޮންމެވެސް ވަރެއްގެ ހައްލު ލިބިފައިވާނެ ކަމަށް ވިދާޅުވިއެވެ. އުދައެރުމުގެ މައްސަލަ ހައްލު ކުރުމަށްވެސް އިތުރު މަސައްކަތްތަކެއް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. ފެނުގެ ނިޒާމް ގާއިމް ކުރުމަށް ކޮންޓްރެކްޓް ކުރެވުނީ 2019ވަނަ އަހަރު ކަމަށާއި, އެކަން އަވަސް ކުރުމަށް ޕްލޭނިން މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މޭނާ ސްކޫލް ބޮޑުކުރުމާއި, ސްކޫލް އެއްދަންފަޅިއަށް ބަދަލު ކުރުމުގެ މަސައްކަތް މިއަހަރު ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. އަދި 3 ބުރީގެ އިމާރާތް އެޅުމަށް މިއަހަރަށް ބަޖެޓް ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ހޮޅުދޫ ހުޅަނގު ފަރާތް ހިއްކައި ގޯތި ދިނުމަށް ރައްޔިތުން ހުށަހެޅި ޚިޔާލަށް ޖަވާބު ދެއްވަމުން ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ, ހޮޅުދޫގެ މުސްތަގްބަލް އޮތީ ހޮޅުމީދޫގައި ކަމަށެވެ. ފެނާއި ކަރަންޓާއި ނަރުދަމާގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށާއި, އެރަށް އާބާދުކުރާއިރު އެކަން ވެގެންދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. މުސްތަގްބަލުގައި ދެރަށް ގުޅިގެންދިޔުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. ހޮޅުމީދޫއަކީ ހޮޅުދޫގެ ހުޅަނގު ފަރާތުގައި ވަކިން އޮންނަ ފަޅުރަށެއް ކަމަށްވާ މީދޫއާއި ހޮޅުދޫ ގުޅުވައިގެން ކިޔާ ނަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ނ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މާފަރު, ލަންދޫ, މަނަދޫ, މަގޫދޫ އަދި ހޮޅުދޫގެ ކައުންސިލާއި ރައްޔިތުންނާ ބައްދަލު ކުރެއްވިއެވެ.

ނ. ހޮޅުދޫރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފިލިޕީންސްގައި ޑޮކްޓަރުކަން ކިޔަވައި ނިންމި ދިވެހި ދަރިވަރަކު މަރުވެފައި އޮއްވައި ފެނިއްޖެ

ފިލިޕީންސްގައި ޑޮކްޓަރުކަން ކިޔަވައި ނިންމި ދިވެހި ދަރިވަރަކު މަރުވެފައި އޮއްވައި ފެނިއްޖެ

26 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޒަކިއްޔާގެ މަރަށް އެއް އަހަރު: ތަހުގީގު އަވަސްކުރުމަށް ގޮވާލައި އިހުތިޖާޖު ކޮށްފި

ޒަކިއްޔާގެ މަރަށް އެއް އަހަރު: ތަހުގީގު އަވަސްކުރުމަށް ގޮވާލައި އިހުތިޖާޖު ކޮށްފި

12 ސެޕްޓެމްބަރު 2025
މާރާމާރީއަކާއި ގުޅިގެން ޒަކިއްޔާގެ ދަރިފުޅު ހައްޔަރުކޮށްފި

މާރާމާރީއަކާއި ގުޅިގެން ޒަކިއްޔާގެ ދަރިފުޅު ހައްޔަރުކޮށްފި

23 ޑިސެމްބަރު 2024
ވަވައްޗަށް ލެއްގި ޑިންގީގައި ތިބި ސޯމާލިއާ މީހުންނަކީ ހާލުގައިޖެހިފައި ތިބި ބައެއް

ވަވައްޗަށް ލެއްގި ޑިންގީގައި ތިބި ސޯމާލިއާ މީހުންނަކީ ހާލުގައިޖެހިފައި ތިބި ބައެއް

23 ޖޫން 2024

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު