Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މަނަދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުން

މަނަދޫގެ ސްޕޯރޓްސް ކޮމްޕްލެކްސް މިއަހަރު ފެށިގެންދާނެ - ރައީސް

4 ޖެނުއަރީ 2022 | އަންގާރަ 19:01

މަނަދޫގައި ލޯކަލް މާރުކޭޓެއް އެޅިގެންދާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 4 ޖެނުއަރީ 2022 | އަންގާރަ 19:01
ރައީސް މަނަދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުން

ރައީސް މަނަދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުން

ނ. މަނަދޫ ސްޕޯރޓްސް ކޮމްޕްލެކްސް ގާއިމުކުރުުމުގެ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ނ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މަނަދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަން ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސްވަނީ ރައްޔިތުންނަށް އަރުވާފައެެވެ.

މަނަދޫގައި މިހާރު ފަށާފައިވާ މަސައްކަތްތައް އެކި ސަބަބު ތަކާހުރެ ހުއްޓިފައިވީ ނަމަވެސް އެކަންކަން ހައްލުކޮށް މަސައްކަތް އަލުން ފެށޭނެ ގޮތެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ދަތުރުފުޅަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ބޭނުންވާ ކަންކަން ދެނެގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ވޭތުވެދިޔަ 3 އަހަރު އެކި ދާއިރާތަކަށް ވެވަޑައިގެންނެވި ވައުދު ފުއްދުމަށްޓަކައި މަސައްކަތްތައް ކުރެވުނުއިރު، ފާއިތުވި ދެ އަހަރު ރާއްޖޭގެ އިގުތިސާދު 33 އިންސައްތަ ދަށަށް ދިޔަކަމަށެެވެ. އެކަމުން އަރައިގަންނަން ކުރާ މަސައްކަތް މިހާރު ރަނގަޅު މިސްރާބަކަށްދާ ކަމަށެެވެ. މިކަން ކާމިޔާބުކުރުމަށް އައު ވޭރިއަންޓް ފެތުރުނަ ނުދިނުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، އެކަން ކާމިޔާބު ވެއްޖެނަމަ އިގުތިސާދު ބާރު މިނުގައި ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މަނަދޫގައި އެޅުމަށް މިހާރު އެވޯޑް ކޮށްފައިވާ ސިޓީ ހޮޓެލްގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބޭ ފައިސާ ކައުންސިލްގެ ބަޖެޓަށް ވަންނާނެ ގޮތެއް ހައްދަވައި ދެއްވުމަށް ރައްޔިތުން އެދުމުން ރައީސް ވިދާޅުވީ، އެކަމުގައި ގާނޫނީ ހުރަހެއް އޮތްތޯ ބައްލަވައި، އެކަން ކުރެވޭނެ ގޮތެއް އޮތްތޯ އެމަނިކުފާނު ބައްލަވާނެ ކަމަށެވެ.

ރަށުގެ ބަނދަރާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަނަދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް 2023ގައި ނިމޭނެ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ސަރވޭގެ މަސައްކަތް ކަމަށާއި އެއަށްފަހު ބިޑް ހަވާލު ކުރެވޭނެ ކަމަށެވެ. ރައީސް ވިދާޅުވީ މަނަދޫގެ ފެނުގެ ނިޒާމް ގާއިމުވެ މިހާރު އޮތް ނަރުދަމާ ނިޒާމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ފެނަކައަށް ބޭނުންވާ ބަޖެޓް ސަރުކާރުން ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.

ހަމަމިއާއެކު މަނަދޫގައި ލޯކަލް މާރުކޭޓެއް އެޅިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ނ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި 5 ރަށަކަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުނ. މަނަދޫ

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
24 ޖޫން 2024

ނައީމާގެ މަރު: ފަވާޒަށް ކުރާ ދައުވާގެ އަޑުއެހުން މިއަދު ކުރިއަށް ނުގެންދެވުނު

24 ޖޫން 2024
ނައީމާގެ މަރު: ފަވާޒަށް ކުރާ ދައުވާގެ އަޑުއެހުން މިއަދު ކުރިއަށް ނުގެންދެވުނު
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
13 އޯގަސްޓު 2023

ރައީސް، މަނަދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި

13 އޯގަސްޓު 2023
ރައީސް، މަނަދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި
13 އޯގަސްޓު 2023

ރައީސް ނ. މަނަދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި

13 އޯގަސްޓު 2023
ރައީސް ނ. މަނަދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި
13 އޯގަސްޓު 2023

އެތެރެ އިންނާއި ބޭރުން އަދި ޕާޓީގެ ތެރެއިން އައި ދަތިތަކާއެކުވެސް މެނިފެސްޓޯގައި ހުރި ގިނަ ކަންކަން ހާސިލުކުރެވިއްޖެ: ނިޔާޒު

13 އޯގަސްޓު 2023
އެތެރެ އިންނާއި ބޭރުން އަދި ޕާޓީގެ ތެރެއިން އައި ދަތިތަކާއެކުވެސް މެނިފެސްޓޯގައި ހުރި ގިނަ ކަންކަން ހާސިލުކުރެވިއްޖެ: ނިޔާޒު
13 އޯގަސްޓު 2023

މިސަރުކާރުން ކަންކަން ނުކޮށްދޭކަމަށް ބުނަނީ ކޮންމެސް ކަމަކާ ނުރުހުންވެގެން: ހާރޫނު

13 އޯގަސްޓު 2023
މިސަރުކާރުން ކަންކަން ނުކޮށްދޭކަމަށް ބުނަނީ ކޮންމެސް ކަމަކާ ނުރުހުންވެގެން: ހާރޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް