Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުުރު ޚުތުބާ

ޢުމްރާއަށް ދިއުންފަދަ ހެޔޮކަންކަން ކުރުމަށްފަހު އެކަން އާއްމުކުރުމަކީ ކަންދެއްކުން، އެފަދަ ކަންކަމުން ދުރުވޭ: ޚުތުބާ

31 ޑިސެމްބަރު 2021 | ހުކުރު 08:20

ޝަރުއީ މަސްލަޙަތެއް ނެތްނަމަ، އަމަލުތައްފާޅު ކުރުމާ ދުރުހެލިވާން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 31 ޑިސެމްބަރު 2021 | ހުކުރު 08:20
ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން،

ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން،

އުމްރާއަށް ދިއުންފަދަ ހެޔޮކަންކަން ކުރުމަށްފަހު ސޯޝަލް މީޑިއާގައި އެކަން އާއްމުކުރުމަކީ ކަންދެއްކުން ކަމަށާއި، އެފަދަ ކަންކަމުން ދުރުވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"ހެޔޮ އަމަލުކުރުމުގައި އިހްލާސްތެރިވުން" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ކަންދެއްކުމަކީ، ޝައިޠާނާގެ ދޮރޯއްޓެއް ކަމަށާއި، އެއީ ޞާލިޙު އަމަލުތައް ޚަރާބު ކުރާ ވައިރަހެއް ކަމަށެވެ. މި ވައިރަސް މަރައިލުމަށް ބޭނުންކުރަންޖެހޭ ވެކްސިނަކީ، އިޚްލާސްތެރިކަން ކަމަށެވެ. އެހެންކަމުން ހެޔޮ އަމަލުތައް ފޮރުވައި، ވަންހަނާ ކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ ޝަރުޢީ މަސްލަހަތެއް ނެތްނަމަ، އަމަލުތައްފާޅު ކުރުމާ ދުރުހެލިވާން ޖެހޭ ކަމަށެވެ.

މިޒަމާނަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ ބައެއް މުސްލިމުން ޞަދަގާތެއް، ނުވަތަ ޢުމްރާއެއް، ނުވަތަ ރޯދައެއް ހިފުން ފަދަ ހެޔޮ އަމަލެއް ކުރުމަށްފަހު، އެ ވާހަކަ މީސްމީޑިޔާގައި ފަތުރަމުންދާ ކަމަށެވެ. މިއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި، ކަންދެއްކުމުގެ ގިއުގަނޑުގެ ތެރެއަށް ފެތޭ، އެކަމާ ދުރުހެލިވާން ޖެހޭ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ ކަންދެއްކުމުގެ ނުބައިކަމާމެދު ވިސްނަން ޖެހޭ ކަމަށާއި، އެއީ މުނާފިގުންގެ ސިފައެއް ކަމަށެވެ. އަދި އިޚްލާސްތެރިކަމެއް ނެތި، ދެއްކުމަށް ކުރެވޭނަމާދަކީ، ސަވާބުގެ ބަދަލުގައި، އެއިން އަޒާބު ލިބޭނެ އަމަލެއް ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އަމިއްލަ އެދުންތައް ބޮޑުވެ، މަދަޙަ ތާރީފުކުރުމަށް ލޯބި ކުރެވުނު ވަރަކަށް، އިޚްލާސްތެރިކަމުގެ ބައްތި ކަނިވަމުންދާ ކަމަށާއި، ފަޚްރުވެރިވުމަށާއި މަޝްހޫރުވުމަށް ލޯބިކުރެވުނު ވަރަކަށް، އިޚްލާސްތެރިކަން ފަނޑުވަމުން ދާނެ ކަމަށެވެ. އަދި މާތް ﷲ ޤަބޫލު ކުރައްވާނީ އެއްވެސް ކިލަނބުކަމެއް ނެތް، ސާފު ޞާލިޙު އަމަލުތައް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އަޅުގަނޑުމެންގެ ރަނގަޅު ޢަމަލުތައް، ނުބައި ޢަމަލުތަކަށް ބަދަލުކޮށްލާ އެންމެ ވަރުގަދަ ބާރަކީ ކަންދެއްކުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ހެޔޮ އަމަލުތަކުގެ ސަވާބު ނެތިކޮށްލާ ކަންތައްތަކުގެ ތެރޭގައި ކުޑަ ޝިރްކުވާ ކަމަށާއި، ކުޑަ ޝިރްކަކީ، ވަރަށް ވަންހަނާކަން ބޮޑު ކަމެއް ކަމަށެވެ. އަދި ކަޅު އަނދިރި ރޭރޭގައި، ކަޅު ހިލަމަތީގައި، ކަޅު ހިނި ހިރޭ ހިރުމަށްވުރެ ވެސް، މި ކަމުގެ ވަންހަނާކަން ބޮޑުވެގެންވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން މިފަދަ އެންމެހައި ކަންކަމުން ދުރުވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ހުކުރު ޚުތުބާޚުތުބާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް