Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަސްތުވާތަކެތި

މާލޭގައި ހުރި މަސްތުވާތަކެތީގެ ކެފޭތައް އުވާލުމުން ހިޔާ ފްލެޓް ސަރަހައްދަށް

ހިޔާ ފްލެޓް ސަރަހައްދުގައި މަސްތުވާތަކެތި ބޭނުންކުރާ 45 މީހުން އުޅޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2021 | ބުރާސްފަތި 05:49
314 ކިލޯގެ މަސްތުވާތަކެތި ފުލުހުން ނައްތާލުމުގެ ތެރެއިން

314 ކިލޯގެ މަސްތުވާތަކެތި ފުލުހުން ނައްތާލުމުގެ ތެރެއިން

މަސްތުވާތަކެތީގެ ވަބާއަކީ މި ކުޑަކުޑަ ދިވެހި ރާއްޖޭގައި ފެތުރިފައި އޮތް އެންމެ ނުރައްކާތެރި ވަބާއެވެ. މިވަބާގައި ޖެހި، ޖީލެއް ހަލާކުވެގެން ދަނީއެވެ. އަންނަން އޮތް ޖީލުތައް ހަލާކުވެދާނެކަމުގެ ބިރު އުފެދެނީއެވެ. މަސްތުވާތަކެތި ބޭނުންކުރުން މިހާރު ވަނީ އާންމު ކަމަކަށް ވެގެން ގޮސްފައެވެ. މިކަމުގެ ވިޔަފާރިކުރާ މީހުން ގިނަވެ، މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މިންވަރު ވެސް އިތުރުވަނީއެވެ.

ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް އާންމުވެފައި އޮންނަ ބަހެއް އޮވެއެވެ. "ލާޗާރުބިޗާރީ" އެވެ. މިބަސް އެކި ގޮތްގޮތަށް ބޭނުންކޮށް އުޅޭއިރު، މަސްތުވާތަކެތި ބޭނުންކޮށްގެން އެއް ބިތުން އަނެއް ބިތަށް ޖެހެމުންދާ މީހުންނަށް އަމާޒުކޮށް ވެސް މި ބަސް "ލާޗާރުބިޗާރު" ބޭނުންކުރެއެވެ. މަސްތުވާތަކެތި ބޭނުންކޮށްގެން "ލާޗާރުބިޗާރީ"އަށް މަގުމަތީގައި މީހުން ގިނަވާ ވާހަކައެވެ. ހަމައެކަނި ވެރިރަށް މާލެއަށް ބަލައިލިޔަސް މަސްތުވާތަކެތި ބޭނުންކޮށްގެން މަގުމަތީގައި ގިނެވެގެން އުޅޭ މީހަކު ނުފެންނަ ދުވަހެއް ނުދާނެއެވެ.

ރާއްޖޭގައި މި ވަބާ ފެތުރިފައި އޮތް މިންވަރަށް ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެނެއެވެ. ޖަލުތަކަށް ބަލައިލި ނަމަވެސް މެއެވެ. މިވަގުތު ޖަލުގައި ތިބި ގިނަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލުގައި ތިބި މީހުންނެވެ. އެހާ ހިސާބުން މިކަން ނިމުނީކީ ވެސް ނޫނެވެ. ޖަލުގެ ތެރެއިން ވެސް މަސްތުވާތަކެތީގެ ޑީލްތައް ހަދަނީއެވެ. މިހާ ހިސާބުން މި މުޖުތަމައުން މަސްތުވާތަކެތީގެ މައްސަލަތައް މަދުވެގެންނެއް ނުދެއެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މިންވަރު ވެސް މަދެއް ނުވެއެވެ.

މިފަހަކުން ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ބޭނުންކުރާ ބޮޑެތި އައްޑާތައް ވަނީ ބަންދުކޮށްފައެވެ. އަދި އެތަންތަނުގައި ޑިއުޓީކުރަން ވެސް ވަނީ ފަށާފައެވެ. އެހެންކަމުން އެތަންތަނުގައި މަސްތުވާތަކެތި ބޭނުންކޮށް، ނިދައި، ފާހާނާކޮށް އުޅުނު މީހުން މަގުމަތިވީއެވެ. މަގުމަތިން މިގޮތަށް ލާޗާރުބިޗާރީ ވެގެން ގިނަވާ މީހުން ފެންނަ މިންވަރު އިތުރުވީ މިހާ ހިސާބުންނޭ ބުންޏަސް ދޮގަކަށް ނުވެދާނެއެވެ.

އެހެންނަމަވެސް އެއް ގޮތުުން ނުވަންޏާ އެހެން ގޮތެއް ހޯދާ އުސޫލުން މިހާރު އެމީހުން ޖަމާވަމުންދަނީ ހުޅުމާލެ ފޭސް 2 ސަރަހައްދަށެވެ. މިހާރު އެމީހުން މަސްތުވާތަކެތި ބޭނުންކޮށް، ނިދައި، ފާޚާނާކޮށް ހަދަމުންދަނީ އެ ސަރަހައްދުގައިހުރި ހިޔާ ފްލެޓުތަކުގައެވެ. މިހާރު އެ ސަރަހައްދު ވެފައިވަނީ ކުށުގެ ވެއްޓަކަށެވެ. ފުލުހުން ބުނީ ހިޔާ ފްލެޓް ސަރަަހައްދަށް ޖަމާވަމުންދާ ގިނަ މީހުންނަކީ ކެފޭ އުސޫލުން މާލެސިޓީގައި މަސްތުވާތަކެތި ހިންގަމުންދިޔަ މީހުންނާއި އެތަންތަނުން ޚިދުމަތް ލިބިގަތް މީހުން ކަމަށެވެ. އަދި އެތަންތަން އުވާލުމުން އެމީހުން ހިޔާ ފްލެޓް ސަރަހައްދަށް ޖަމާވަމުންދާ ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން ހިޔާ ފްލެޓް ސަރަހައްދުގައި 45 މީހުން އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެތެރެއިން 39 މީހުންނަކީ ކެފޭ އުސޫލުން މާލެސިޓީގައި މަސްތުވާތަކެތި ހިންގަމުންދިޔަ މީހުންނާއި އެތަންތަނުން ޚިދުމަތް ލިބިގަތް މީހުން ކަމަށެވެ. އަދި އެކަންތައްތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަހަރެއްގެ މައްޗަށް 400 އާއި 500 ދެމެދުގެ އަދަދަކަށް މީހުން އަލަށް މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ރާއްޖޭގައި ހިންގާ ކުށްތަކުގެ 75 އިންސައްތަ އާއި 85 އިންސައްތައާ ދެމެދުގެ ކުށްތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އިސްވެ ހުންނަވައިގެން، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޓާސްކް ފޯހެއް އެކުލަވާލާފައެވެ. ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވީ ޓާސްކް ފޯހެއް އެކުލަވާލައްވައި މީގެ މަހެއްހާ ދުވަސް ކުރިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އިމްރާން ވިދާޅުވީ އަލަށް ހެދި ޓާސްކް ފޯހުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފެންނަން ފަށާނެ ކަމަށެވެ. ފުރިހަމަ ފްރޭމްވޯކެއް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ޓާސްކް ފޯހުން ކުރިއަށް ގެންދާ ކަމަށާއި، މިހާރު ވެސް މި ޓާސްކް ފޯހުގެ 3 ވަރަކަށް ބައްދަލުވުން ބާއްވާފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި މި ޓާސްކް ފޯހުގެ މަސައްކަތުގެ އަސަރު އަންނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުން ފެންނަން ފަށާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އިމްރާން ވިދާޅުވީ މި ޓާސްކް ފޯސް ރައީސް އެކުލަވާލެއްވީ، މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ނައިސް، ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ، މަގުމަތީގައި މަސްތުގެ ހާލަތުގައި ތިބޭ މީހުން ގިނަވެ، މިކަމުގެ އުނދަގޫ ރައްޔިތުންނަށް ކުރިމަތިވެ، އިޤްތިޞާދީ އަދި އިޖްތިމާޢީ ވެއްޓަށް އަސަރު ކުރަމުންދާތީ ކަމަށެވެ. މި ޓާސްކް ފޯހާ އެކީގައި މަސްތުވާތަކެތީ މައްސަލައަށް ހައްލު ލިބިގެންދާނެކަމުގެ އުންމީދު މިވަނީ އާލާވެފައެވެ. މަސްތުވާތަކެއްޗަކީ މުޖުތަމައުއަށް ދިމާވެފައިވާ "ބޮޑު ވަބާ" އަކަށްވާއިރު މިކަމުގެ ޖެހިފައިވާ މީހުންނާއި ޖެހެމުންދާ މީހުން ސަލާމަތްކޮށް، މި މުޖުތަމައު އަކީ އަމާންތަނަކަށް ހެދުމަށް އެންމެން ގުޅިގެން އެކުގައި މަސައްކަތް ކުރަން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

28 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ހުރިހާ ދިމާލަކުން ޖަރީމާ، ގާނޫނު ހަދާ މަޖިލީހުން ވެސް ހިންގަނީ ޖަރީމާ!

ހުރިހާ ދިމާލަކުން ޖަރީމާ، ގާނޫނު ހަދާ މަޖިލީހުން ވެސް ހިންގަނީ ޖަރީމާ!

14 ޖޫން 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު