Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ހޭންޑްބޯޅަ ޓީމު

ގައުމީ ހޭންޑްބޯޅަ ޓީމަށް ސާބިއާގެ ކޯޗެއް ގެންނަނީ

އަންނަ މަހުގެ ކުރީކޮޅު ކޯޗު މާލެ ގެނެވޭވަރަށް ދަނީ މަސައްކަތް ކުރަމުން

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 28 ޑިސެމްބަރު 2021 | އަންގާރަ 16:13
ގައުމީ ހޭންޑް ބޯޅަ ޓީމު މުބާރާތެއްގައި ވާދަކުރަނީ

ގައުމީ ހޭންޑް ބޯޅަ ޓީމު މުބާރާތެއްގައި ވާދަކުރަނީ

އަންނަ އަހަރު ރާއްޖެއިން ވާދަކުރާ ބައިނަލް އަގުވާމީ މުބާރާތްތަކަށް ގައުމީ ހޭންޑްބޯޅަ ޓީމު ތައްޔާރުކުރުމަށްޓަކައި ސަރބިޔާގެ މަތީފެންވަރުގެ ހޭންޑްބޯޅަ ކޯޗެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހޭންޑްބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ.

އެސޯސިއޭޝަންގެ ނާއިބް ރައީސް އަޙްމަދު މުޖްތަބާ (މުޖޭ) ވިދާޅުވީ ގައުމީ ޓީމަށް ކޯޗަކު ހޯދުމަށް އެކި ގައުމުތަކުގެ ކޯޗުންނާ މަޝްވަރާ ކުރެވުނު ކަމަށާއި، އޭގެ ތެރެއިން ސަރބިޔާގެ ކޯޗެއް ފައިނަލް ކުރެވި އޭނާއާއެކު މިހާރު އެއްބަސްވުމަކަށް އައުމަށް ވާހަކަ ދައްކަމުންދާ ކަމަށެވެ.

ސަރބިޔާއަކީ ހޭންްޑްބޯޅައިގެ ވޯލްޑްކަޕް ފެންވަރުގެ ގައުމަކަށްވާއިރު ރާއްޖެ ގެންނަ ކޯޗަކީ ގިނަ ގައުމުތަކަށް ކޯޗުކޮށްދީ ތަޖްރިބާ ލިބިފައިވާ ކޯޗެއް ކަމަށާއި މި އަންނަ މަހުގެ ކުރީކޮޅު ކޯޗު މާލެ ގެނެވޭވަރު ވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް މުޖޭ ވިދާޅުވިއެވެ.

ގައުމީ ޓީމުގެ ބިދޭސީ ކޯޗާއެކު އެސިސްޓެންޓްގެ ގޮތުގައި މަސައްކަތް ކުރުމަށް ދިވެހި ކޯޗުންްނަށް ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް ހޭންޑްބޯޅަ އެސޯސިއޭޝނުން ބުނެއެވެ.

ހޭންޑް ބޯޅަ އެސޯސިއޭޝަނުން ތައްޔާރު ވަމުންދަނީ އަންނަ އަހަރުގެ ތެރޭގައި ބަންގްްލަދޭޝްގައި ބާއްވާ އިންޓަނޭޝަން ހޭންޑްބޯޅަ ޓްރޮފީއަށް ޓީމެއް ތައްޔާރު ކުރުމަށެވެ. އެގޮތުން މިހާރު އޮތް ގައުމީ ޓީމަށް އިތުރު ކުޅުންްތެރިން ހޯދުމަށް 17 އަހަރުން ދަށުގެ އުމުރުފުރައާއި 19 އަހަރުން ދަށުގެ އުމުރު ފުރައަށް، ގައުމީ ޓީމަށް އަރަން ބޭނުންވާ ކުޅުންތެރިންނަށް މުޅިރާއްޖެ ހިމެނޭގޮތަށް ފުރުސަތު ހުޅުވާލާނެ ކަމަށް ހޭންޑްބޯޅަ އެސޯސިއޭޝަނުން ބުނެއެެވެ.

ހޭންޑްބޯޅަ މުޅިރާއްޖެއަށް ފުޅާކުރުމަށްޓަކައި ބަންގްލަދޭޝްގެ ކޯޗެއްގެ އެހީގައި ހޭންޑްބޯޅަ އެސޯސިއޭޝަނުން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ހޭންޑްބޯޅަ ކުޅޭނެ ކުޅުންތެރިންނާއި އޮފިޝަލުން ބަންގްލަދޭޝް ކޯޗުގެ އެހީގައި ވަނީ ތަމްރީންކޮށްފައެވެ.

ޒުވާން ކުޅިވަރެއްގެ ގޮތުގައި އޮތް ހޭންޑްބޯޅަ ފާހަގަ ކުރެވެނީ ފަހަކަށް އައިސް އެއްމެ ގިނަ ހަރަކާތްތައް ހިންގާ އެއް ކުޅިވަރުގެ ގޮތުގައެވެ. ކޮންމެ އަހަރަކު ވެސް މާލެއާއި ރާއްޖެތެރޭގައި ވެސް ހޭންޑްބޯޅައިގެ ހަރަކާތްތައް އެސޯސިއޭޝަނުން ދަނީ ހިންގަމުންނެވެ.  

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ

11 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު