Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުލަބުތަކަށް ފާޑުކިޔުމުގެ މައްސަލަ

ގޭންގުތަކެއްގެ ގޮތުގައި ކުލަބުތައް ސިފަކުރުން ބަލައެއް ނުގަނެވޭ: ބައްސާމް

26 ޑިސެމްބަރު 2021 | އާދީއްތަ 03:55

ކުލަބުތަކަށް އަމާޒުކޮށް ކިޔާ ބިނާކުރަނިވި ފާޑުކިޔުން ބަލައިގަންނާނެ

އަތޫފް އާތިފް
އަތޫފް އާތިފް | 26 ޑިސެމްބަރު 2021 | އާދީއްތަ 03:55
އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް

ފުޓުބޯޅަ ކުލަބުތަކަކީ ގޭންގުތަކެއް ގޮތަށް ސިފަވާ ގޮތަށް ވާހަކަ ދެއްކުން ބަލައެއް ނުގަނެވޭ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ފުޓުބޯޅަ ކުލަބުތަކުން "މިހާރު" ނޫސް ބޮއެކޮޓް ކޮށްފައިވަނިކޮށް ބައްސާމް ސޯޝަލް މީޑިއާގައި ވިދާޅުވީ ކުލަބުތަކަކީ ދިވެހި ފުޓުބޯޅައިގެ މައިބަދަ ކަމުގައެވެ. އަދި ކުލަބުތަކަށް ދިމާވާ އެކިކަހަލަ ގޮންޖެހުންތަކާއެކު ވެސް ކުރަމުންގެންދާ މަސައްކަތް ފާހަގަކުރައްވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ކުލަބުތަކަށް އަމާޒުކޮށް ބިނާ ކުރަނިވި ފާޑުކިޔުން ކިޔާނަމަ އެކަން ބަލައިގަންނާނެ ކަމަށެވެ. އެކަމަކު ނޫސްވެރިންގެ ބައްދަލުވުންތަކުގައި ކުލަބުތަކަކީ ގޭންގުތައް ކަމުގައި ސިފަކޮށް ވާހަކަދައްކާ ހެދުމާއި، ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދައްކާ ވާހަކަ ވަކިގޮތަކަށް ބަދަލުކޮށްގެން ދެއްކުން ބަލައެއް ނުގަނެވޭ ކަމަށް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ފުޓުބޯޅަ އާއިލާއިން އަބަދުވެސް ނޫސްވެރިންނަށް އިހުތިރާމް ކުރަމުން ގެންދާނެ ކަމަށެވެ. ހަމައެގޮތަށް ނޫސްވެރިންވެސް ފުޓުބޯޅަ އާއިލާއަށް އިހުތިރާމު ކުރުމަށް ބައްސާމް ގޮވާލެއްވިއެވެ. ބައްސާމް ވިދާޅުވީ ފުޓުބޯޅަ އާއިލާއިން ދެކެނީ ނޫސްވެރިންނަކީވެސް ފުޓުބޯޅަ އާއިލާގެ މެމްބަރުން ކަމުގައެވެ.

ދާދިފަހުން ފުޓުބޯޅަ ކުލަބުތަކުން ވަނީ "މިހާރު" ނޫސް ބައިވެރިވާ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއެކޮޓް ކުރުމަށް ނިންމާފައެވެ. އަދި ފުރަތަމަ ޑިވިޝަނުގެ ބައެއް ކޯޗުން ވަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ކޯޗުން ދައްކާ ވާހަކަ ބަދަލުކޮށްގެން "މިހާރު" ނޫހުން ގެނަސްދެމުންދާ ކަމަށް ބުނެފައެވެ.

"ރާއްޖެ.އެމްވީ" އަށް އެނގިފައިވާ ގޮތުން ކުލަބުތަކުން މިހާރު ނޫސް ބޮއިކޮޓްކުރީ އެ ނޫހުގައި ކޮލަމް ލިޔުއްވަމުން ގެންދަވާ ހާމިދު އަބްދުލްޣަފޫރު ލިޔުއްވާ ކޮލަމާ މެދު ހިތްހަމަނުޖެހިގެންނެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

25 ޖޫން 2017

ކޮންފެޑެރޭޝަންސް ކަޕް: ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ޕޯޗުގަލް ސެމީއަށް ދަތުރުކޮށްފި

25 ޖޫން 2017
ކޮންފެޑެރޭޝަންސް ކަޕް: ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ޕޯޗުގަލް ސެމީއަށް ދަތުރުކޮށްފި
17 ޖޫން 2017

ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ނިއު ސެމީއަށް

17 ޖޫން 2017
ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ނިއު ސެމީއަށް
29 މެއި 2017

އަހަރެން އެނބުރި ވެމްބްލީއަށް އަންނާނީ ކޯޗެއްގެ ގޮތުގައި: ޓެރީ

29 މެއި 2017
 އަހަރެން އެނބުރި ވެމްބްލީއަށް އަންނާނީ ކޯޗެއްގެ ގޮތުގައި: ޓެރީ
22 އެޕްރީލު 2017

ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި

22 އެޕްރީލު 2017
ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި
22 އެޕްރީލު 2017

އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން: ސޮބާ

22 އެޕްރީލު 2017
އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން: ސޮބާ
04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
19 މާރިޗު 2017

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

19 މާރިޗު 2017
ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް
23 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް
22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް