Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

އިނގިރޭސިވިލާތުގައި އަމިއްލައަށް އެކަހެރިވެވޭ މުއްދަތު 10 ދުވަހުން 7 ދުވަހަށް

23 ޑިސެމްބަރު 2021 | ބުރާސްފަތި 04:49

މިގޮތަށް ނިންމާފައިވަނީ ޔޫކޭގެ ހެލްތް ސެކިއުރިޓީ އެޖެންސީއާ މަޝްވަރާ ކުރުމަށްފަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 ޑިސެމްބަރު 2021 | ބުރާސްފަތި 04:49
ކުރީގެ އުސޫލު ކުރިން ބުނާ ގޮތުން ކޮވިޑަށް ޕޮޒިޓިވްވާ މީހަކު 10 ދުވަސްވަންދެން އަމިއްލަށް އެކަހެރިވާން ޖެހޭ

ކުރީގެ އުސޫލު ކުރިން ބުނާ ގޮތުން ކޮވިޑަށް ޕޮޒިޓިވްވާ މީހަކު 10 ދުވަސްވަންދެން އަމިއްލަށް އެކަހެރިވާން ޖެހޭ

އިނގިރޭސިވިލާތުގައި ކޮވިޑަށް ޕޮޒިޓިވް ވެގެން އަމިއްލައަށް އެކަހެރިވެވޭ މުއްދަތު 10 ދުވަހުން 7 ދުވަހަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

އެ ޤައުމުން ބުނީ މިގޮތަށް އަމަލުކުރަން ނިންމާފައިވަނީ ކޮވިޑަށް ޓެސްޓްކޮށް، ޕޮޒިޓިވްވާތާ ހަވަނަ ދުވަހު، ޓެސްޓް ހަދައިގެން ނަތީޖާ ދެ ފަހަރަށް ވެސް ނެގެޓިވްވެފައިވާ މީހުންނަށް ކަމަށެވެ. އިނގިރޭސިވިލާތުގެ ހެލްތް ސެކެރެޓަރީ ސާޖިދު ޖާވިދު ވިދާޅުވީ މިގޮތަށް ނިންމީ ޔޫކޭގެ ހެލްތް ސެކިއުރިޓީ އެޖެންސީއާ މަޝްވަރާ ކުރުމަށްފަހު ކަމަށާއި މަޤްސަދަކީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި ވިޔަފާރީތަކަށް ދަތި ނުވާނެހެން ކަންތައްތައް ކުރުމެވެ.

މި އުސޫލު ކުރިން ބުނާ ގޮތުން ކޮވިޑަށް ޕޮޒިޓިވްވާ މީހަކު 10 ދުވަސްވަންދެން އަމިއްލަށް އެކަހެރިވާން ޖެހެއެވެ. އެ ޤައުމުން މިގޮތަށް ނިންމާފައިވަނީ އޮމިކްރޯން ވޭރިއަންޓްގެ ސާޖްއާ ގުޅިގެން ފްރަންޓް ލައިން މަސައްކަތްތެރިންނާއި ޝޯޝަލް ކެއަރ ދޭ މީހުން މަދުކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އަލްފާ ވޭރިއަންޓް އެ ޤައުމުގައި ފެތުރުނުއިރު އެކަހެރިވެވޭ މުއްދަތު 14 ދުވަހުން 10 ދުވަހަށް ޑިސެމްބަރު 2020 ގައި ވެސް ބަދަލުކޮށްފައެވެ. އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގައި މިފަދަ ކަރަންޓީ މުއްދަތުތަކާއި ގައިިދުރުކަން ދަނީ ބަހައްޓަމުންނެވެ.

އެ ޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ދާދިފަހުން ވިދާޅުވެފައިވަނީ މިވަގުތު އެއްވެސް ކަހަލަ ހަރުކަށި ފިޔަވަޅުތަކެއް ނާޅުއްވާނެ ކަމަށެވެ. އެހެންނަމަވެސް އޮމިކްރޯން ވޭރިއަންޓް ފެތުރޭ މިންވަރު ގާތުން ބަލަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

އަންގާރަ ދުވަހު އެކަނިވެސް 90،629 އައު ކޮވިޑް ކޭސް އިނގިރޭސިވިލާތުން ރިޕޯޓްކޮށްފައިވާއިރު މި ހަފްތާގެ ތެރޭގައި އޮމިކްރޯން ވޭރިއަންޓް ބޮޑަށް ފެތުރިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

މިވަގުތު އެއްވެސް ކަހަލަ ހަރުކަށި ފިޔަވަޅުތަކެއް ނާޅުއްވާނެ ކަމަށް ބޮޑުވަޒީރު ބޮރިސް ވިދާޅުވެފައިވާއިރު އޮމިކްރޯން ވޭރިއަންޓް ފެތުރެމުން ދިޔުމާއެކު ޑިސެމްބަރ މަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ހޮސްޕިޓާލިޓީ އާއި ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނިތަކުގެ ވިޔަފާރިތަކަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާކަމަށް ސަރވޭއަކުން ވަނީ ދައްކާފައެވެ.

އެގޮތުން އެގައުމުގެ ޕްރައިވެޓް ސެކްޓަރގެ ކުރިއެެރުން ޑިސެމްބަރ މަހުގެ ތެރޭގައި، މީގެ 10 މަސް ދުވަސްކުރީގައި ހުރި މިންވަރަށް ވެއްޓިފައިވާކަން ސަރވޭއިން ވަނީ ހާމަވެފައެވެ.

ރޮއިޓަރސް އިން ކުރިޔަށްގެންދިޔަ މި ސަރވޭއިން ހާމަވާ ގޮތުގައި އުފެއްދުންތަކަށް އޮންނަ ޑިމާންޑް ވަނީ ކުޑަވެފައެވެ.

ހަކަތައިގެ އަގު ބޮޑުވުމާއި ކޮވިޑް-19 އާ ގުޅިގެން ސަޕްލައި ޗެއިންގައި އުޅޭ ލަސްތަކާއިއެކު މުޅި ދުނިޔޭގައިވެސް މިއަހަރު ތެރޭގައި އަންނަނީ ތަކެތީގެ އަގު ބޮޑުވަމުންނެވެ.

އިނގިރޭސިވިލާތުގައި އިގްތިޞާދު ކުރިއަރާ މިންވަރު ދަށްވެފައި މިވަނީ އޮމިކްރޯން ވޭރިއަންޓް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންކަމަށް އެގައުމުގެ ޕާރޗޭސިންގ މެނޭޖަރސް އިންޑެކްސްގެ ޑޭޓާއިން ހާމަވެއެވެ.

އެގޮތުން ހޮޓާ، ރެސްޓޯރަންޓްތަކާއި ދަތުރުފަތުރުގެ ސެކްޓަރަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެފައިވާކަމަށް އެގައުމުގެ މާހިރުން ބުނެއެވެ. އަދި 2022 ވަނަ އަހަރާ ކުރިމަތިލާއިރު އެގައުމުގެ އިގްތިޞާދު އިތުރަށް މަޑުޖެހެމުން އަންނާނެކަމަށް ބެލެވޭކަމަށްވެސް މާހިރުން ބުނެއެވެ.

ޕާރޗޭސިންގ މެނޭޖަރސް އިންޑެކްސްގެ ސަރވިސް ސެކްޓަރުގެ ޑޭޓާއަށް ބަލާއިރުވެސް ނޮވެމްބަރު މަހަށްވުރެން ޑިސެމްބަރު މަހު ވަނީ އެ ސެކްޓަރުވެސް ދަށަށްގޮސްފައެވެ. އެގޮތުން ނޮވެމްބަރު މަހު 58.5 ގައި އިންޑެކްސް ހުރިއިރު ޑިސެމްބަރ މަހު ހުރީ 53.2 ގައެވެ.

އިނގިރޭސިވިލާތް

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި
20 ސެޕްޓެމްބަރު 2024

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ
05 ޖުލައި 2024

ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

05 ޖުލައި 2024
ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ
05 ޖުލައި 2024

އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް

05 ޖުލައި 2024
އިންތިޚާބުން ބަލިވުމުގެ ޒިންމާ ނަގަން، މާފަށް އެދެން: އިނގިރޭސި ބޮޑުވަޒީރު ސުނާކް
05 ޖުލައި 2024

އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި

05 ޖުލައި 2024
އިނގިރޭސީ ވިލާތުގެ އާންމު އިންތިޚާބް ލޭބަރ ޕާޓީ އިން ކާމިޔާބު ކޮށްފި
10 މެއި 2024

އިޒްރޭލާ ދެކޮޅަށް ވާހަކަ ދެއްކުމުން ދަރިވަރެއްގެ ވިސާ އިނގިރޭސި ވިލާތުން ކެންސަލްކޮށްފި

10 މެއި 2024
އިޒްރޭލާ ދެކޮޅަށް ވާހަކަ ދެއްކުމުން ދަރިވަރެއްގެ ވިސާ އިނގިރޭސި ވިލާތުން ކެންސަލްކޮށްފި
18 މާރިޗު 2024

ތައިލެންޑް، އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބަހައްޓާނެ

18 މާރިޗު 2024
ތައިލެންޑް، އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބަހައްޓާނެ
30 އޯގަސްޓު 2023

ޔޫކޭގައި އެއާ ޓްރެފިކް މައްސަލަތައް ދިމާވީ ސައިބަރ އެޓޭކަކުން ނޫން – އިނގިރޭސި ސަރުކާރު

30 އޯގަސްޓު 2023
ޔޫކޭގައި އެއާ ޓްރެފިކް މައްސަލަތައް ދިމާވީ ސައިބަރ އެޓޭކަކުން ނޫން – އިނގިރޭސި ސަރުކާރު
29 ޖޫން 2023

ރާއްޖޭގައި އަދިވެސް ޓެރަރިޒަމްގެ ނުރައްކާ އޮތްކަމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ލަފާކޮށްފި

29 ޖޫން 2023
ރާއްޖޭގައި އަދިވެސް ޓެރަރިޒަމްގެ ނުރައްކާ އޮތްކަމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ލަފާކޮށްފި
11 މެއި 2023

ޔޫކްރޭނަށް ދުރު ރާސްތާ ކްރޫޒް މިސައިލް ފޯރުކޮށްދޭ ފުރަތަމަ ގައުމަކަށް އިނގިރޭސިވިލާތް

11 މެއި 2023
ޔޫކްރޭނަށް ދުރު ރާސްތާ ކްރޫޒް މިސައިލް ފޯރުކޮށްދޭ ފުރަތަމަ ގައުމަކަށް އިނގިރޭސިވިލާތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް