Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފިތުރު ޒަކާތް ނެރުން

ފިތުރު ޒަކާތް ޝަރްޢު ކުރައްވާފައިވަނީ ރޯދައިގައިވާ އުނިކަންތައްތައް ފިލުއްވައި ދެއްވުމަށްޓަކައި - ހުތުބާ

ފިތުރު ޒަކާތަކީ، ހަޑިހުތުރު ޢަމަލުތަކުންނާއި، އެފަދަ ބަސްތަކުން ރޯދަވެރިޔާ ޠާހިރުކޮށްދޭ އެއްޗެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 22 އެޕްރީލު 2022 | ހުކުރު 08:14
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިއަދު ފަޤީރުންނަށް ފައިދާ ބޮޑީ ފައިސާއިން ޒަކާތް ދެއްކުމުން

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިއަދު ފަޤީރުންނަށް ފައިދާ ބޮޑީ ފައިސާއިން ޒަކާތް ދެއްކުމުން

އަހަރެމެންގެ މައްޗަށް ފިޠުރު ޒަކާތް ޝަރްޢު ކުރައްވާފައިވަނީ އަހަރެމެން ހިފި ރޯދައިގައިވާ އުނިކަންތައްތައް ފިލުއްވައި ދެއްވުމަށްޓަކައި ކަމުގައި ހުކުރު ހުތުބާގައި ބުނެފިއެވެ.

މި ބަރަކާތްތެރި ރަމަޟާންމަހުގެ ފަހު ދިހައިގެ ފުރަތަމަ ހުކުރު ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާ ޚާއްސަކޮށްފައިވަނީ، ރަމަޟާން މަހުގެ ރޯދައާއި ފިތުރު ޒަކާތުގެ މައްޗަށެވެ. ހުތުބާގައި ބުނެފައިވަނީ ރަމަޟާން މަހުގައި އަހަރެމެން ހިފާ ރޯދަ ފުރިހަމަކޮށް ދެއްވުމަށްޓަކައި އަހަރެމެންގެ މައްޗަށް ފިތުރު ޒަކާތް ޝަރްޢު ކުރައްވާފައިވާކަމަށެވެ. އެއީ އަހަރެމެން ހިފި ރޯދައިގައިވާ އުނިކަންތައްތައް ފިލުއްވައި ދެއްވުމަށްޓަކައެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައި ބަސްފުޅެއްގެ މާނައިގައި ވަނީ ފިތުރު ޒަކާތަކީ، ހަޑިހުތުރު ޢަމަލުތަކުންނާއި، އެފަދަ ބަސްތަކުން ރޯދަވެރިޔާ ޠާހިރުކޮށްދޭ އެއްޗެކެވެ. އަދި އެއީ މިސްކީނުންނަށް ދެވޭ ކެއުމެއް ކަމަށެވެ.

Advertisement - newsAdvertisement

މާތް ﷲ މުސްލިމުންގެ މައްޗަށް ފިތުރު ޒަކާތް ފަރުޟު ކުރެއްވީ މަތިވެރި މާތް މަޤްޞަދުތަކަކަށްޓަކައި ކަމަށާއި، އޭގެތެރޭގައި ފަޤީރުން ޢީދު ދުވަހު ފުދުންތެރި ބަޔަކަށް ހެދުމާއި، އެމީހުންގެ އެ ދުވަހުގެ މުހުތާދުތައް ފުއްދައިދިނުމާއި، ޢީދުގެ އުފަލުގައި އެބައިމީހުން ބައިވެރިކުރުމަށް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ފިތުރު ޒަކާތުގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި ލޯތްބާއި، ކުލުނާއި، އެކުވެރިކަން ޤާއިމުވެގެންދާ އިރު، ޢީދުގެ އުފަލުގައި އެންމެންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"ހުރިހާ ޢީދު އުފާވެރި މުނާސަބަތަކަށް ވާނެއެވެ. ކީރިތި ރަސޫލާ ސިފަކުރައްވާފައިވާ ފަދަ އެއްބަނޑުއެއްބަފައި މުޖުތަމަޢަކަށް އިސްލާމީ މުޖުތަމަޢު ވާނީ، އުފަލާއި، ހިތާމާގައި، މުޖުތަމަޢުގެ އެންމެން ބައިވެރިވެގެންނެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. "އެއް މުއުމިނަކީ އަނެއް މުއުމިނަކަށްޓަކައި ބިނާއެއްފަދަ މީހެކެވެ. މުއުމިނުންގެ އެއްބައެއްގެ ސަބަބުން އަނެއްބަޔަކަށް ގަދަކަން ލިބެއެވެ."

އިސްލާމީ މުޖުތަމަޢުގެ އަފްރާދުން އެއްބަޔަކު އަނެއް ބަޔަކަށް އަޅައިލަންވީ ގޮތުގެ ރީތި ތަޞްވީރެއް ކުރައްސަވައި ދެއްވަމުން ލޮބުވެތި ރަސޫލާ ޙަދީޘް ކުރައްވާފައި ވެއެވެ. "އެއްބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވުމާއި، އަޅައިލުމާއި، އެއްބަޔަކު އަނެއް އޯގާވެރިވުމުގައި، މުއުމިނުންގެ މިސާލަކީ، އެއް ހަށިގަނޑެއްގައިވާ ގުނަވަންތަކެއްގެ މިސާލެވެ. އެއިން ގުނަވަނެއް ބަލިވެއްޖެ ނަމަ އެހެން ގުނަވަންތައް ހޭލައި ހުރުމާއި، ހުން އައުމުގައި، އެ ގުނަވަނަކަށް އިޖާބަ ދޭނެތެވެ."

މީގެ އިތުރުން ފިތުރު ޒަކާތަކީ، އަތްމަތި ދަތި ޙާލުގައިވެސް ހޭދަކުރުމަށް މުސްލިމުންނަށް ދެވޭ ތަމްރީނެއް ކަމަށް ބުނެފައިވެއެވެ. އަދި މުސްލިމުންގެ އަތްތައް އަބަދުވެސް ވާން ޖެހޭނީ ހޭދަކުރާ އަތްތަކަކަށް ކަމަށާއި، މި ޒަކާތުގެ ސަބަބުން އަހަރު ތެރޭގައި އެންމެ ދުވަހަކު ނަމަވެސް ހޭދަކުރި މީހަކަށްވުމުގެ އުފާ ކޮންމެ މުސްލިމަކަށް ޙާޞިލުވެގެންދާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ﷲ ސުބުހާނަހޫ ވަތައާލާ ފިތުރު ޒަކާތް ޝަރްޢުކުރެއްވީ ހިޖުރައިން ދެވަނަ އަހަރުގެ ޝަޢުބާން މަހުގައެވެ. އެއީ ރޯދަ ފަރުޟުކުރެއްވި އަހަރެވެ. އަދި އޭރު މުދަލުގެ ޒަކާތް ފަރުޟެއް ނުކުރައްވައެވެ. މާތް ﷲ ރުއްސުން ލެއްވި އިބްނު ޢުމަރުގެ އަރިހުން ރިވާވެގެން ވެއެވެ. "ސަލާމާއި ޞަލަވާތްލެއްވި ރަސޫލާ، މުސްލިމުންގެ ތެރޭގައި ހިމެނޭ ކޮންމެ މިނިވަން އަންހެނަކާއި ފިރިހެނެއްގެ މައްޗަށާއި، ކޮންމެ އަޅު ފިރިހެނަކާއި އަންހެނެއްގެ މައްޗަށް ފިޠްރުޒަކާތް ކަދުރުގެ ޞާޢެއްގެ މިންވަރުން ނުވަތަ ހިމަގޮދަނުގެ ޞާޢެއްގެ މިންވަރުން ފަރްޟުކުރެއްވިއެވެ."

މި ޙަދީޘުން އެނގޭގޮތުގައި ފިތުރު ޒަކާތަށް ނެރެންޖެހޭނީ ޞާޢެއްގެ މިންވަރެވެ. އެއީ ގާތްގަނޑަކަށް 2.4 ކިލޯގްރާމެވެ. މިކަމުގައި އިސްލާމީ ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް އަދި ދުނިޔޭގެ ހުރިހާ އިސްލާމީ ޖަމާޢަތްތަކުން ވެސް މިއަދު ޢަމަލުކުރާ މައިގަނޑު އުޞޫލަކީ 2.4 ކިލޯގްރާމުގެ އަގަށްވާ ފައިސާ ފިތުރު ޒަކާތުގެ ގޮތުގައި ނެރުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"ފިތުރު ޒަކާތަކީ، ތިމާއާއި، ތިމާ ޚަރަދުދީ ބަލަހައްޓަން ޖެހިފައިވާ މީހުންނަށް ޢީދު ދުވަހާއި، ޢީދު ވިލޭރެއަށް ބޭނުންވާ ތަކެތި ހުރެ، އިތުރުވެއްޖެ ނަމަ ދޭން ޖެހޭ އެއްޗެކެވެ. ރަމަޟާންމަހުގެ އެންމެ ފަހުދުވަހު އިރު އޮއްސުމުގެ ކުރިން މަރުވިމީހާއާއި، ޢީދުވިލޭރޭ އުފަންވި ކުއްޖާގެ މަތިން، ފިތުރު ޒަކާތް ދޭކަށް ނުޖެހޭނެއެވެ. ކުޑަކުދިން ބާލިޣުވަންދެން އަދި އަންހެންކުދިން ބާލިޣުވިޔަސް މީހަކާ އިންނަންދެން އެކުދިންނަށްޓަކައި ޒަކާތް ދެއްކުން ބައްޕަގެ މައްޗަށް ވާޖިބުވާނެއެވެ. ޖުމްހޫރު ޢިލުމުވެރިން ވިދާޅުވާ ގޮތުގައި، ފިތުރު ޒަކާތް ވާޖިބުވެފައިވާ މީހަކު އެ އަދާކުރުމުގެ ކުރިން މަރުވެއްޖެ ނަމަ، އޭނާގެ ތަރިކައިން އެ އަދާކުރަން ޖެހޭނެއެވެ. ރަމަޟާންމަހަށް ހަނދުބެލުމުން ފިތުރު ޒަކާތް ނެރެވިދާނެއެވެ. އެކަމަކު ޢީދު ނަމާދަށް ވުރެ ފިތުރު ޒަކާތް ނެރުން ލަސްކޮށްގެން ނުވާނެއެވެ. ޢީދު ނަމާދަށްވުރެ ފަސްކޮށްފިނަމަ އެ ވާނީ ޞަދަޤާތަކަށެވެ."

ފިޠުރު ޒަކާތަށް ނެރުން ވާޖިބުވެގެން ވަނީ އޮއްޓަރު ހުރި ގޮވާމުގެ ތެރެއިން އެރަށެއްގައި އެއަހަރަކު އާދަކޮށް ކާން ގެންގުޅުނު އެއްޗަކުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. މިތަކެތިން އޭގެ އަގަށްވާ ފައިސާ ޒަކާތަށް ނެރެވިދާނެއެވެ. މި ޒަމާނުގެ ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިއަދު ފަޤީރުންނަށް ފައިދާ ބޮޑީ ފައިސާއިން ޒަކާތް ދެއްކުމުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުތުބާރަމަޟާން 1443މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިސްލާމް ދީން

ކޮމެންޓް

އިތުރަށް ކިޔާލަން

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު