Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުމަރު ޒާހިރުގެ ޖަނާޒާއާ ގުޅިގެން އާއިލާގެ ބަސް

އުމަރު ޒާހިރުގެ ޖަނާޒާ ވަކިގޮތަކަށް ކުރިޔަށް ގެންދިޔުމަށް ވަސިއްޔަތްކޮށްފައެއްނުވޭ: އާއިލާ

މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި މިފަދަ ހަގީގަތެއްނެތް ވަހަކައެއް އެއްވެސް ފަރާތަކުން ދެއްކުމަކީ އާއިލާއިން ވަރަށް ހިތާމަކުރާކަމެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 ޑިސެމްބަރު 2021 | އަންގާރަ 16:49
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ފަސްދާނުލުން

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ފަސްދާނުލުން

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވެފައިވާއިރު, ޖަނާޒާގެ ކަންކަން ވަކިގޮތަކަށް ކުރިޔަށް ގެންދިޔުމަށް ވަސިއްޔަތްކޮށްފައިވާކަމަށް ދެކެވޭ ވާހަކަތަކީ ހަގީގަތާ ޚިލާފު ވާހަކަތެއްކަމަށް އުމަރު ޒާހިރުގެ އާއިލާއިން ބުނެފިއެވެ.

އުމަރު ޒާހިރުގެ ހުންނެވި ހަމައެކަނި ދަރިކަނބަލުން ފާތިމަތު ސާމިހާ ނެރުއްވި ބަޔާނެއްގައި އެކަން ދޮގުކުރައްވައި ވާހަކަދައްކަވާފައިމިވަނީ، ދައުލަތުގެ އިއްޒަތްތެރިން އަވަހާރަވުމުން އާންމުކޮށް ފަސްދާނުލާ ގަލޮޅު ސަހަރާގެ ބަދަލުގައި "އާންމުން ވަޅުލާ ތަނެއްގައި ވަޅުލަން" އުމަރު ޒާހިރު ވަސިއްޔަތް ކުރައްވާފައިވާކަމަށް، އެ މަނިކުފާނުގެ އެކުވެރިޔެއް ކަމުގައިވާ އަބްދުލް ހަމީދު އަލީއާ ހަވާލާދީ މީޑިއާއަކުން ރިޕޯޓް ކުރުމުންނެވެ. އަބްދުލް ހަމީދު އަލީއަކީ މުނިސިޕަލްޓީގައި އުމަރު ޒާހިރު އާއެކު މަސައްކަތްކުރެއްވި ބޭފުޅެކެވެ.

"ވިދާޅުވީ، ހަމީދު ދުނިޔޭގައި ހުއްޓާ ތިމަންނަ މަރުވެއްޖިއްޔާ އާންމުން ވަޅުލާ ތަނެއްގައި ވަޅުލާށޭ. އެކަމަކު އެއީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ކަމަށް ނުވާތީ އެ ވާހަކަ އުމަރު ޒާހިރުގެ އާއިލާއަށް ވާނީ ދަންނަވާފައި." އުމަރު ޒާހިރު އަވަހާރަވުމާއެކު ހަމީދު ވިދާޅުވެފައިވާކަމަށް މީޑިޔާގައި ރިޕޯޓްކޮށްފައިވެއެވެ.

އާއިލާގެ ފަރާތުން ދަރިކަނބަލުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ބައްޕައަކީ އެތައް ހާސް ބަޔެއްގެ ލޯތްބާއި އިހުތިރާމް ލިބިވަޑައިގެންފައިވާ ފަރާތަކަށްވާއިރު، މިފަދަ ހިތާމަވެރި ދަނޑިވަޅެއްގައި މިފަދަ ހަގީގަތެއްނެތް ވާހަކައެއް އެއްވެސް ފަރާތަކުން ދެއްކުމަކީ އާއިލާއިން ވަރަށް ހިތާމަކުރާކަމެއް ކަމަށެވެ.

ބަޔާނުގައި ސާމިހާ އިތުރަށް ވަނީ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު ދިވެހި ދައުލަތުން އުމަރު ޒާހިރަށް އަރުވާފައިވާތީ، އެ މަނިކުފާނުގެ ޖަނާޒާގެ ކަންކަން ސަރުކާރުން، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ވަރަށް ޚާއްސަ ކަމެއް ދެއްވައިގެން ކުރިއަށް ގެންދެވިކަން ފާހަގަ ކުރައްވާފައެވެ.

ދައުލަތަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އުމަރު ޒާހިރުގެ ހަށިކޮޅު ހޯމަ ދުވަހުގެ ރޭ އިޝާ ނަމާދަށް ފަހު ފަސްދާނުލީ ރަސްމީ އިއްޒަތުގައި ގަލޮޅު ސަރަހާގައެވެ.

ދައުލަތުގެ އިއްޒަތްތެރިން އަވަހާރަވުމުން އާންމުކޮށް ފަސްދާނުލަނީ ގަލޮޅު ސަހަރާގައެވެ. އުމަރު ޒާހިރުގެ ޖަނާޒާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ދައުލަތުގެ ގިނަ އިސްވެރިންނާއި ގިނަ ބަޔަކު ބައިވެރިވިއެވެ.

އުމަރު ޒާހިރު

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2021

"ޢުމަރު ޒާހިރު އަވަހާރަވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއް"

20 ޑިސެމްބަރު 2021
"ޢުމަރު ޒާހިރު އަވަހާރަވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއް"
20 ޑިސެމްބަރު 2021

އުމަރު ޒާހިރުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި

20 ޑިސެމްބަރު 2021
އުމަރު ޒާހިރުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި
20 ޑިސެމްބަރު 2021

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

20 ޑިސެމްބަރު 2021
ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
20 ޑިސެމްބަރު 2021

އުމަރު ޒާހިރުގެ މައްޗަށް ކަށުނަމާދުކުރުން މިރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

20 ޑިސެމްބަރު 2021
އުމަރު ޒާހިރުގެ މައްޗަށް ކަށުނަމާދުކުރުން މިރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައި
20 ޑިސެމްބަރު 2021

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައި

20 ޑިސެމްބަރު 2021
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައި
20 ޑިސެމްބަރު 2021

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ކޮވިޑް-19 އާލާސްކަންފުޅުގައި އަވަހާރަވެއްޖެ

20 ޑިސެމްބަރު 2021
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ކޮވިޑް-19 އާލާސްކަންފުޅުގައި އަވަހާރަވެއްޖެ
14 އޮކްޓޯބަރު 2021

އުމަރު ޒާހިރު

14 އޮކްޓޯބަރު 2021
އުމަރު ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު