Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އުމަރު ޒާހިރު އަވަހާރަވުން

އުމަރު ޒާހިރުގެ މައްޗަށް ކަށުނަމާދުކުރުން މިރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

21 ޑިސެމްބަރުން 23 ޑިސެމްބަރުގެ ނިޔަލަށް ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ވަނީ ނިންމާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2021 | ހޯމަ 13:11
އޮނަރަބްލް ޢުމަރު ޒާހިރު - ނިޝާން ޢިއްޒުއްދީނުގެ ވެރިޔާ

އޮނަރަބްލް ޢުމަރު ޒާހިރު - ނިޝާން ޢިއްޒުއްދީނުގެ ވެރިޔާ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ މައްޗަށް ކަށު ނަމާދުކުރުން އިސްލާމީ މަރުކަޒުގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

އުމަރު ޒާހިރުގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނީ މިރޭ އިޝާނަމާދަށްފަހުއެވެ. ކަށުނަމާދު ކުރުމަށް ކުރިން ނިންމާފައި އޮތީ ހުޅުމާލެ ސަހަރާ މިސްކިތުގައެވެ. މޫނުފުޅު ދެއްކުން ކުރިޔަށްދަނީ ހުޅުމާލެ ސަހަރާގައެވެ. ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ ގަލޮޅު ސަހަރާގައެވެ.

Advertisement - newsAdvertisement

އުމަރު ޒާހިރު އަވަހާރުވުމުގެ ހިތާމައިގައި 21 ޑިސެމްބަރުން ފެށިގެން 23 ޑިސެމްބަރުގެ ނިޔަލަށް ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އުމަރު ޒާހިރު އަކީ ދިވެހިރާއްޖޭގެ ޤައުމީ ޙަޔާތުގައި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ.

އުމަރު ޒާހިރު އަވަހާރަވީ ކޮވިޑް-19ގެ އާލާސްކަންފުޅާ އުޅުއްވުމަށްފަހު ކަމަށް މައުލޫމާތު ލިބެއެވެ. އަވަހާރަ ވީއިރު ޢުމުރުފުޅުން 84 އަހަރެވެ. އުމަރު ޒާހިރުވަނީ، 50 އަހަރަށްވުރެ ގިނަދުވަހު ދިވެހިޤައުމަށް އިޚްލާޞްތެރި އަގުހުރި ގިނަގުނަ ޚިދުމަތްތައް ކުރައްވާފައެވެ.

އެމަނިކުފާނަކީ، ޤައުމީ ބޮޑެތި މަސައްކަތްތައް ޢަމަލީގޮތުން ހިންގެވުމާއި އެމަސައްކަތްތައް ހިނގާނުހިނގާގޮތް ބެއްލެވުމާއި، އިޖުތިމާޢީ އަދި ޤައުމީ އެންމެހައި ކަންކަމުގައި ޙަރަކާތްތެރިވެވަޑައިގަތުމުގެ ލާމަސީލު ނަމޫނާ ޝަޚްޞިއްޔަތެކެވެ. އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 26 އޮކްޓޫބަރު 1936ގައެވެ.

އުމަރު ޒާހިރު

ކޮމެންޓް

އިތުރަށް ކިޔާލަން

އުމަރު ޒާހިރުގެ ޖަނާޒާ ވަކިގޮތަކަށް ކުރިޔަށް ގެންދިޔުމަށް ވަސިއްޔަތްކޮށްފައެއްނުވޭ: އާއިލާ

އުމަރު ޒާހިރުގެ ޖަނާޒާ ވަކިގޮތަކަށް ކުރިޔަށް ގެންދިޔުމަށް ވަސިއްޔަތްކޮށްފައެއްނުވޭ: އާއިލާ

21 ޑިސެމްބަރު 2021
"ޢުމަރު ޒާހިރު އަވަހާރަވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއް"

"ޢުމަރު ޒާހިރު އަވަހާރަވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއް"

20 ޑިސެމްބަރު 2021
އުމަރު ޒާހިރުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި

އުމަރު ޒާހިރުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި

20 ޑިސެމްބަރު 2021
ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

20 ޑިސެމްބަރު 2021
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައި

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައި

20 ޑިސެމްބަރު 2021

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު