Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުމަރު ޒާހިރުގެ ހަށިކޮޅު ފަސްދާނުލުން

އުމަރު ޒާހިރުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި

އިމާމްވެ ނަމާދު ކޮށްދެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ޑިސެމްބަރު 2021 | ހޯމަ 16:01
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ފަސްދާނުލުން

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ފަސްދާނުލުން

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފިއެވެ.

އުމަރު ޒާހިރުގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ އިސްލާމީ މަރުކަޒުގައެވެ. އިމާމްވެ ނަމާދު ކޮށްދެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ކަށުނަމާދުގަައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނާއިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ދައުލަތުގެ އިސްވެރިންގެ އިތުރުން، ގިނަ އަދަދެއްގެ އާންމުން ބައިވެރިވިއެވެ.

އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލީ ގަލޮޅު ސަހަރާގައެވެ. އެމަނިކުފާނު އަވަހާރަވީ ކޮވިޑްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. މިދިޔަ ހަފްތާއިން ފެށިގެން ހޮސްޕިޓަލްގައި އުމަރު ޒާހިރު ގެންދެވީ ފަރުވާ ހޯއްދަވަމުންނެވެ. ކޮވިޑްގެ އާލާސްކަންފުޅާ ގުޅިގެން އެމަނިކުފާނު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އުމަރު ޒާހިރުވަނީ، 50 އަހަރަށްވުރެ ގިނަދުވަހު ދިވެހި ގައުމަށް އިޚްލާސްތެރި އަގުހުރި ގިނަގުނަ ޚިދުމަތްތައް ކުރައްވާފައެވެ.

އުމަރު ޒާހިރުގެ ގައުމީ ޚިދުމަތް ފެއްޓެވީ، 1950ގެ އަހަރުތަކުގައެވެ. އެހިސާބުން ފެށިގެން 1970ގެ އަހަރުތަކާ ހަމަޔަށް އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި; އައްޑޫ ގަމުގައި ހުންނަވާ ދިވެހި ސަރުކާރުގެ ލޭޒަން އޮފިސަރުކަމާއި، ދާޚިލިއްޔާގެ އެކިއެކި ވަޒީފާތަކާއި މަޖީދިއްޔާގެ ހެޑްމާސްޓަރުކަމާއި، ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާކަމާއި، އެޑިއުކޭޝަން މިނިސްޓްރީގެ ނާއިބު ކަމާއި، ހޯމް މިނިސްޓްރީގެ ނާއިބުކަމާއި، ބަނޑޮސް ރިސޯޓުގެ މެނޭޖަރުކަންވެސް ހިމެނެއެވެ.

އެމަނިކުފާނަކީ ގައުމީ ބޮޑެތި މަސައްކަތްތައް އަމަލީގޮތުން ހިންގެވުމާ،އި އެމަސައްކަތްތައް ހިނގާނުހިނގާގޮތް ބެއްލެވުމާއި، އިޖުތިމާއީ އަދި ގައުމީ އެންމެހައި ކަންކަމުގައި ހަރަކާތްތެރިވެވަޑައިގަތުމުގެ ލާމަސީލު ނަމޫނާ ޝަޚްސިއްޔަތެކެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމަށް 1960ގެ އަހަރުތަކުގެ ކުރީކޮޅު ކުރެވުނު ގައުމީ ރޫހާއި ޖޯޝާއި ގައުމީ ފޯރި ހިމެނުނު ގައުމީ މަސައްކަތުގެ އެންމެ ކުރީ ސަފުގައިވެސް ޒުވާނެއްގެ ގޮތުގައި އެމަނިކުފާނު ވަރަށް ފާހަގަ ކުރެވޭ އަމަލީ ދައުރެއް އަދާކުރައްވާފައިވެއެވެ.

އެމަނިކުފާނު 1983 ވަނަ އަހަރުން ފެށިގެން ހޯމް މިނިސްޓަރުކަން ކުރައްވަން ފެއްޓެވިއިރު، 1988 ވަނަ އަހަރާ ހަމަޔަށް އެއީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އެންޑް ސޯޝަލް ސަރވިސަސްއެވެ. ސޯޝަލް ސަރވިސް ނުވަތަ އިޖުތިމާއީ އެންމެހައި ކަންކަން އެ މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން 1988 ވަނަ އަހަރު އުނިކުރުމަށްފަހު، ދެން ލެވުނީ ކުޅިވަރާއި ބެހޭ އެންމެހައި ކަންކަމެވެ. އެގޮތުން 1993 ވަނަ އަހަރާއި ހަމަޔަށް އެއީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އެންޑް ސްޕޯޓްސްއެވެ.

1980 ވަނަ އަހަރުން ފެށިގެން 1993ގެ ނިޔަލަށް މާލޭ މުނިސިޕަލްޓީގެ ރައީސްކަން ކުރެއްވިއެވެ. މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސް ކަމާއި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ މިނިސްޓަރުކަން ވެސް ވަނީ ކުރައްވާފައެވެ. އޮނަރަބަލް އުމަރު ޒާހިރުގެ ދިގު ގައުމީ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި ސަރުކާރުން ވަނީ އެމަނިކުފާނަށް ނިޝާން އިއްޒުއްދީނުގެ ޝަރަފު އަރުވާފައެވެ.

އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 26 އޮކްޓޫބަރު 1936ގައެވެ.

އުމަރު ޒާހިރު

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2021

އުމަރު ޒާހިރުގެ ޖަނާޒާ ވަކިގޮތަކަށް ކުރިޔަށް ގެންދިޔުމަށް ވަސިއްޔަތްކޮށްފައެއްނުވޭ: އާއިލާ

21 ޑިސެމްބަރު 2021
އުމަރު ޒާހިރުގެ ޖަނާޒާ ވަކިގޮތަކަށް ކުރިޔަށް ގެންދިޔުމަށް ވަސިއްޔަތްކޮށްފައެއްނުވޭ: އާއިލާ
20 ޑިސެމްބަރު 2021

"ޢުމަރު ޒާހިރު އަވަހާރަވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއް"

20 ޑިސެމްބަރު 2021
"ޢުމަރު ޒާހިރު އަވަހާރަވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއް"
20 ޑިސެމްބަރު 2021

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

20 ޑިސެމްބަރު 2021
ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
20 ޑިސެމްބަރު 2021

އުމަރު ޒާހިރުގެ މައްޗަށް ކަށުނަމާދުކުރުން މިރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

20 ޑިސެމްބަރު 2021
އުމަރު ޒާހިރުގެ މައްޗަށް ކަށުނަމާދުކުރުން މިރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައި
20 ޑިސެމްބަރު 2021

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައި

20 ޑިސެމްބަރު 2021
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައި
20 ޑިސެމްބަރު 2021

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ކޮވިޑް-19 އާލާސްކަންފުޅުގައި އަވަހާރަވެއްޖެ

20 ޑިސެމްބަރު 2021
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ކޮވިޑް-19 އާލާސްކަންފުޅުގައި އަވަހާރަވެއްޖެ
14 އޮކްޓޯބަރު 2021

އުމަރު ޒާހިރު

14 އޮކްޓޯބަރު 2021
އުމަރު ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު