Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޢުމަރު ޒާހިރު އަވަހާރަވުން

"ޢުމަރު ޒާހިރު އަވަހާރަވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއް"

ރައީސް މައުމޫން ވިދާޅުވީ، އެއީ ދިވެހި ރައްޔިތުންގެ ލޯބި ޙާސިލުކުރައްވާފައިވާ ލެޖެންޑެއްކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2021 | ހޯމަ 16:25
އޮނަރަބްލް ޢުމަރު ޒާހިރު - ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ

އޮނަރަބްލް ޢުމަރު ޒާހިރު - ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު ކޮވިޑް-19ގެ އާލާސްކަންފުޅުގައި އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނު ދިވެހި ގައުމަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ޒިކުރާ އެތައް ބަޔަކު ގެންދަނީ އާކުރަމުންނެވެ.

އޭގެތެރޭގައި އާންމުންނާއި ސަރުކާރުގެ އެކި މަގާމުތައް އެކި ދުވަސްވަރު އަދާކުރެއްވި، އަދި އަދާކުރައްވަމުން ގެންދަވާ ބޭފުޅުންވެސް ހިމެނެއެވެ. އެމަނިކުފާނު އަވަހާރަވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުލަތަށް 49 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި، ނ.ޢ.ޢ.ވ ޢުމަރު ޒާހިރު އަވަހާރަވުމަކީ، މުޅި ދިވެހި ޤައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޢުމަރު ޒާހިރަކީ ޒަމާނީ ދިވެހިރާއްޖެ ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި ހިއްސާދާރެއްކަމަށެވެ. އިޖުތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ކަންކަމުގައި އެމަނިކުފާނުގެ ބައިވެރިވުން ބޮޑުކަމަށް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޢުމަރު ޒާހިރުގެ ވަކިވުމަކީ ފޫނުބެއްދޭވަރުގެ ގެއްލުމެއްކަމަށެވެ. އަދި އެއީ އެތައް ދިވެހި ރައްޔިތުންގެ ލޯބި ހާސިލުކުރައްވާފައިވާ ލެޖެންޑެއްކަމަށެވެ. ފާއިތުވި 50 އަހަރު ގައުމީ ފެންވަރުގައި ހާސިލްކުރެވުނު ކޮންމެ ކަމެއްގައި އެމަނިކުފާނުގެ ހިއްސާ އޮތްކަމަށް މައުމޫން ވިދާޅުވިއެވެ.

މީގެއިތުރުން ކުރީގެ ރައީސް ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ކުރެއްވި ޓްވީޓެއްގައިވެސް ވަނީ އުމަރު ޒާހިރު ގައުމަށް ކޮށްދެއްވި އަގުނުކުރެވޭ ފަދަ ޚިދުމަތްތައް ފާހަގަކުރައްވާފައެވެ.

ޢުމަރު ޒާހިރުވަނީ، 50 އަހަރަށްވުރެ ގިނަ އަހަރު ދިވެހި ގައުމަށް އިޚްލާޞްތެރި އަގުހުރި ގިނަގުނަ ޚިދުމަތްތައް ކުރައްވާފައެވެ.

ޢުމަރު ޒާހިރުގެ ގައުމީ ޚިދުމަތް ފެއްޓެވީ، 1950ގެ އަހަރުތަކުގައެވެ. އެހިސާބުން ފެށިގެން 1970ގެ އަހަރުތަކާ ހަމަޔަށް އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި; އައްޑޫ ގަމުގައި ހުންނަވާ ދިވެހި ސަރުކާރުގެ ލޭޒަން އޮފިސަރުކަމާއި، ދާޚިލިއްޔާގެ އެކިއެކި ވަޒީފާތަކާއި މަޖީދިއްޔާގެ ހެޑްމާސްޓަރުކަމާއި، ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާކަމާއި، އެޑިއުކޭޝަން މިނިސްޓްރީގެ ނާއިބު ކަމާއި، ހޯމް މިނިސްޓްރީގެ ނާއިބުކަމާއި، ބަނޑޮސް ރިސޯޓުގެ މެނޭޖަރުކަންވެސް ހިމެނެއެވެ.

އެމަނިކުފާނަކީ ގައުމީ ބޮޑެތި މަސައްކަތްތައް އަމަލީގޮތުން ހިންގެވުމާއި، އެމަސައްކަތްތައް ހިނގާނުހިނގާގޮތް ބެއްލެވުމާއި، އިޖުތިމާއީ އަދި ގައުމީ އެންމެހައި ކަންކަމުގައި ހަރަކާތްތެރިވެވަޑައިގަތުމުގެ ލާމަސީލު ނަމޫނާ ޝަޚްޞިއްޔަތެކެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމަށް 1960ގެ އަހަރުތަކުގެ ކުރީކޮޅު ކުރެވުނު، ގައުމީ ރޫހާއި ޖޯޝާއި ގައުމީ ފޯރި ހިމެނުނު ގައުމީ މަސައްކަތުގެ އެންމެ ކުރީ ސަފުގައިވެސް ޒުވާނެއްގެ ގޮތުގައި އެމަނިކުފާނު ވަރަށް ފާހަގަ ކުރެވޭ އަމަލީ ދައުރެއް އަދާކުރައްވާފައިވެއެވެ.

1980 ވަނަ އަހަރުން ފެށިގެން 1993ގެ ނިޔަލަށް މާލޭ މުނިސިޕަލްޓީގެ ރައީސްކަން ކުރެއްވިއެވެ. މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސް ކަމާއި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ މިނިސްޓަރުކަން ވެސް ވަނީ ކުރައްވާފައެވެ.

އޮނަރަބަލް ޢުމަރު ޒާހިރުގެ ދިގު ގައުމީ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި ސަރުކާރުން ވަނީ އެމަނިކުފާނަށް ނިޝާން ޢިއްޒުއްދީނުގެ ޝަރަފު އަރުވާފައެވެ.

އެމަނިކުފާނު އަވަހާރަވީ ކޮވިޑްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ދަރުމަވަންތަ ހޮސްޕިޓަލްގައެވެ.

އުމަރު ޒާހިރު

ކޮމެންޓް

އިތުރަށް ކިޔާލަން

އުމަރު ޒާހިރުގެ ޖަނާޒާ ވަކިގޮތަކަށް ކުރިޔަށް ގެންދިޔުމަށް ވަސިއްޔަތްކޮށްފައެއްނުވޭ: އާއިލާ

އުމަރު ޒާހިރުގެ ޖަނާޒާ ވަކިގޮތަކަށް ކުރިޔަށް ގެންދިޔުމަށް ވަސިއްޔަތްކޮށްފައެއްނުވޭ: އާއިލާ

21 ޑިސެމްބަރު 2021
އުމަރު ޒާހިރުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި

އުމަރު ޒާހިރުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި

20 ޑިސެމްބަރު 2021
ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

20 ޑިސެމްބަރު 2021
އުމަރު ޒާހިރުގެ މައްޗަށް ކަށުނަމާދުކުރުން މިރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

އުމަރު ޒާހިރުގެ މައްޗަށް ކަށުނަމާދުކުރުން މިރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

20 ޑިސެމްބަރު 2021
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައި

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައި

20 ޑިސެމްބަރު 2021

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު