Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުމަރު ޒާހިރު އަވަހާރަވުން

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ކޮވިޑް-19 އާލާސްކަންފުޅުގައި އަވަހާރަވެއްޖެ

އުމަރު ޒާހިރުވަނީ، 50 އަހަރަށްވުރެ ގިނަދުވަހު ދިވެހިޤައުމަށް އިޚްލާޞްތެރި އަގުހުރި ގިނަގުނަ ޚިދުމަތްތައް ކުރައްވާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 20 ޑިސެމްބަރު 2021 | ހޯމަ 09:48
އޮނަރަބްލް ޢުމަރު ޒާހިރު - ނިޝާން ޢިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ

އޮނަރަބްލް ޢުމަރު ޒާހިރު - ނިޝާން ޢިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވެއްޖެއެވެ.

އެމަނިކުފާނު އަވަހާރަވީ ކޮވިޑް-19ގެ އާލާސްކަންފުޅާ އުޅުއްވުމަށްފަހު ކަމަށް މައުލޫމާތު ލިބެއެވެ. އަވަހާރަ ވީއިރު ޢުމުރުފުޅުން 84 އަހަރެވެ.

އުމަރު ޒާހިރުވަނީ، 50 އަހަރަށްވުރެ ގިނަދުވަހު ދިވެހިޤައުމަށް އިޚްލާޞްތެރި އަގުހުރި ގިނަގުނަ ޚިދުމަތްތައް ކުރައްވާފައެވެ.

އެމަނިކުފާނަކީ، ޤައުމީ ބޮޑެތި މަސައްކަތްތައް ޢަމަލީގޮތުން ހިންގެވުމާއި އެމަސައްކަތްތައް ހިނގާނުހިނގާގޮތް ބެއްލެވުމާއި، އިޖުތިމާޢީ އަދި ޤައުމީ އެންމެހައި ކަންކަމުގައި ޙަރަކާތްތެރިވެވަޑައިގަތުމުގެ ލާމަސީލު ނަމޫނާ ޝަޚްޞިއްޔަތެކެވެ.

އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 26 އޮކްޓޫބަރު 1936ގައެވެ.

ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމަށް 1960ގެ އަހަރުތަކުގެ ކުރީކޮޅު ކުރެވުނު ގައުމީ ރޫހާއި ޖޯޝާއި ގައުމީ ފޯރި ހިމެނުނު ގައުމީ މަސައްކަތުގެ އެންމެ ކުރީ ސަފުގައިވެސް ޒުވާނެއްގެ ގޮތުގައި އެމަނިކުފާނު ވަރަށް ފާހަގަ ކުރެވޭ އަމަލީ ދައުރެއް އަދާ ކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ކުޅިވަރާއި ބެހޭ ފުރަތަމަ ވަޒީރަކީ ކޮން ބޭފުޅެއްތޯ ސުވާލު ކުރެވިއްޖެނަމަ ޖަވާބަކީ އެއީ އޮނަރަބަލް އުމަރު ޒާހިރު ކަމުގައެވެ. އެމަނިކުފާނު 1983 ވަނަ އަހަރުން ފެށިގެން ހޯމް މިނިސްޓަރުކަން ކުރައްވަން ފެއްޓެވިއިރު 1988 ވަނަ އަހަރާ ހަމަޔަށް އެއީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އެންޑް ސޯޝަލް ސާރވިސަސްއެވެ. ސޯޝަލް ސާރވިސް ނުވަތަ އިޖުތިމާއީ އެންމެހައި ކަންކަން އެ މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން 1988 ވަނަ އަހަރު އުނިކުރުމަށްފަހު ދެން ލެވުނީ ކުޅިވަރާއި ބެހޭ އެންމެހައި ކަންކަމެވެ. އެގޮތުން 1993 ވަނަ އަހަރާއި ހަމަޔަށް އެއީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އެންޑް ސްޕޯޓްސްއެވެ. މިނިސްޓަރަކީ އޮނަރަބަލް އުމަރު ޒާހިރެވެ. އެދުވަސްވަރަކީ ކުޅިވަރުގެ ގައުމީ އޮނިގަނޑާއި އިދާރީ ކަންކަމާއި އެނޫންވެސް ކަންކަމަށް ޒަމާނީ ބަދަލުތައް އެންމެ ބޮޑަށް ތައާރަފު ކުރެވެން ފެށި ޒަމާނެވެ.

އުމަރު ޒާހިރުގެ ގައުމީ ޚިދުމަތް ފެއްޓެވީ، 1950 ގެ އަހަރުތަކުގައެވެ. އެހިސާބުން ފެށިގެން 1970 ގެ އަހަރުތަކާ ހަމަޔަށް އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި އައްޑޫ ގަމުގައި ހުންނަވާ ދިވެހި ސަރުކާރުގެ ލޭޒަން އޮފިސަރުކަމާއި ދާޚިލިއްޔާގެ އެކިއެކި ވަޒީފާތަކާއި މަޖީދިއްޔާގެ ހެޑްމާސްޓަރުކަމާއި ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ ނާއިބު ކަމާއި ހޯމް މިނިސްޓްރީގެ ނާއިބުކަމާއި ބަނޑޮސް ރިސޯޓުގެ މެނޭޖަރުކަންވެސް ހިމެނެއެވެ.

އޭގެ ފަހުން 1980 ވަނަ އަހަރުން ފެށިގެން 1993ގެ ނިޔަލަށް މާލޭ މުނިސިޕަލްޓީގެ ރައީސްކަން ކުރެއްވިއެވެ. މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސް ކަމާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ މިނިސްޓަރުކަން ވެސް ވަނީ ކުރައްވައިފައެވެ. އޮނަރަބަލް އުމަރު ޒާހިރުގެ ދިގު ގައުމީ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި ސަރުކާރުން ވަނީ އެމަނިކުފާނަށް ނިޝާން އިއްޒުއްދީނުގެ ޝަރަފު އަރުވާފައެވެ.

އުމަރު ޒާހިރު

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2021

އުމަރު ޒާހިރުގެ ޖަނާޒާ ވަކިގޮތަކަށް ކުރިޔަށް ގެންދިޔުމަށް ވަސިއްޔަތްކޮށްފައެއްނުވޭ: އާއިލާ

21 ޑިސެމްބަރު 2021
އުމަރު ޒާހިރުގެ ޖަނާޒާ ވަކިގޮތަކަށް ކުރިޔަށް ގެންދިޔުމަށް ވަސިއްޔަތްކޮށްފައެއްނުވޭ: އާއިލާ
20 ޑިސެމްބަރު 2021

"ޢުމަރު ޒާހިރު އަވަހާރަވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއް"

20 ޑިސެމްބަރު 2021
"ޢުމަރު ޒާހިރު އަވަހާރަވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއް"
20 ޑިސެމްބަރު 2021

އުމަރު ޒާހިރުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި

20 ޑިސެމްބަރު 2021
އުމަރު ޒާހިރުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި
20 ޑިސެމްބަރު 2021

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

20 ޑިސެމްބަރު 2021
ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރުގެ ޢާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
20 ޑިސެމްބަރު 2021

އުމަރު ޒާހިރުގެ މައްޗަށް ކަށުނަމާދުކުރުން މިރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

20 ޑިސެމްބަރު 2021
އުމަރު ޒާހިރުގެ މައްޗަށް ކަށުނަމާދުކުރުން މިރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައި
20 ޑިސެމްބަރު 2021

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައި

20 ޑިސެމްބަރު 2021
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައި
14 އޮކްޓޯބަރު 2021

އުމަރު ޒާހިރު

14 އޮކްޓޯބަރު 2021
އުމަރު ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު