Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިޔާ އައުޓް ކެމްޕެއިން

ރައީސް ޔާމީނަށް "އިންޑިޔާ އައުޓް" ޖައްސަވައިގެން ނުހިންގެވޭނެ، އެއްވެސް ތަހުޒީބު ޑިމޮކްރަސީއެއްގައި މިކަން މިގޮތަށް ނުހިނގާނެ: ނަޝީދު

ތަހުޒީބު ޑިމޮކްރަސީއެއްގައި އެކަން އެގޮތަށް ނުހިނގާނެކަމަށާއި، އެކަން ރާއްޖޭގެ ފުލުހުން ހުއްޓުވަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 ޑިސެމްބަރު 2021 | އަންގާރަ 13:46
އެމްޑީޕީން މާލެ ސިޓީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ

އެމްޑީޕީން މާލެ ސިޓީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޓީޝާޓްގައި "އިންޑިޔާ އައުޓް" ޖައްސަވައިގެން ބޭރަށް ނިކުމެވަޑައިގެން އެގޮތަށް ނުހިންގެވޭނެކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް އެމްޑީޕީން ކުރިޔަށްގެންދިޔަ މާލެ ސިޓީ ކޯކަސް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވީ އިންޑިޔާ އައުޓޭ ނުގޮވޭނެކަމަށެވެ. އެއީ ކަނޑައެޅިގެން ރާއްޖޭގެ މަސްލަހަތާ ޚިލާފު ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ އެކި ތަންތަނުގައި އެކި ސަރަހައްދުތަކުގައި އެހެން ގޮވަމުން ނުދެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ތަހުޒީބު ޑިމޮކްރަސީއެއްގައި އެކަން އެގޮތަށް ނުހިނގާނެކަމަށާއި، ރާއްޖޭގެ ފުލުހުން އެކަން ހުއްޓުވަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރައީސް ޔާމީން އެގޮތަށް ޓީޝާޓްގައި ޖަހައިގެން ނިކުންނެވުމުން އެކަން ވަނީ ރައީސް ޔާމީނާއި ޕީޕީއެމްއަށްވެސް ހުތުރަކަށް ކަމަށެވެ. އެކަމުން ޕީޕީއެމްގެ މެމްބަރުން ސަލާމަތްކޮށްދިނުމަށް އިންތިހާއަށް އެދިވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވާ އިންޑިޔާ އައުޓް ނަމުގައި ކުރިޔަށްގެންދާ ކެމްޕެއިން ވަނީ އެމަނިކުފާނު ޖަލުން މިނިވަންވެ ވަޑައިގެންނެވިފަހުން ކުރިޔަށްވުރެ ފުޅާކޮށް ކުރިޔަށް ގެންދަން ފަށާފައެވެ. އެގޮތުން އެމަނިކުފާނު އިސްވެ ހުންނަވައިގެން އަތޮޅުތަކުގައިވެސް ގެންދަވަނީ އިންޑިޔާ އައުޓް ނަމުގައި ކެމްޕެއިން ކުރިޔަށް ގެންދަމުންނެވެ.

އެކަމާގުޅިގެން ދިވެހި ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ފަރާތްތަކާއި ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ލީޑަރުންނަށްވެސް ޒިންމާދާރުކަމާއެކު ހަަރަކާތްތެރިވުމަށް ގޮވާލައި، ރާއްޖެއާއި ދޭދޭ ގައުމުތަކާއި ބައިނަލްއަގުވާމީ މަސްރަހުގައި އޮންނަ ގާތް ގުޅުންތަކަށް ބުރޫއަރާހެން ދޮގު މައުލޫމާތު ނުފެތުރުމަށް ގޮވާލައި އެކަމަށް އިލްތިމާސްކޮށްފައެވެ.

އިންޑިއާރައީސް ނަޝީދުރައީސް ޔާމީން

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު