Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގޮއިދޫ ކައުންސިލުން ރައީސްއާ ބައްދަލުކުރުން

ގޮއިދޫއާ ކައިރިން ރިސޯޓެއް ތަރައްގީކުރުމަށް އެރަށު ކައުންސިލުން ރައީސަށް ހުށަހަޅައިފި

ރަށުގައި އެކަށީގެންވާ އެމްބިއުލާންސެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، އައު ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށުން ލަސްވާތީ އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2021 | އާދީއްތަ 16:13
ރައީސުލްޖުމްހޫރިއްޔާ ށ. ގޮއިދޫ ކައުންސިލާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ށ. ގޮއިދޫ ކައުންސިލާ ބައްދަލުކުރެއްވުން

ށ. ގޮއިދޫގެ ޒުވާނުންގެ 70 އިންސައްތައަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތައް ކަމަށްވާތީ، ރަށާ ކައިރިން ރިސޯޓެއް ތަރައްގީކުރުމަށް ބޭނުންވާކަމަށް އެރަށު ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.

ގޮއިދޫ ކައުންސިލުން އެގޮތަށް އެދުނީ ރައީސުލްޖުމްހޫރިއްޔާއާއެކު ގޮއިދޫ ކައުންސިލަރުން ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ގޮއިދޫ ކައުންސިލަރުންވަނީ، މި ސަރުކާރުން ރިޔާސީ ކެމްޕެއިންގައި ވައުދުވީ ފަދައިން، ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ގޮއިދޫގައި ތަރައްގީކުރަމުންގެންދާތީ، ކައުންސިލާއި ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިފައިކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ގޮއިދޫ ކައުންސިލަރުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރަށުގެ ތަރައްގީއަށްޓަކައި ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ.

Advertisement - newsAdvertisement

އެގޮތުން، ބަނދަރާއި ސްކޫލުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުގެ ފަރާތުންވަނީ ވަރަށް ތަފްސީލުކޮށް ފާހަގަކުރައްވާފައެވެ. އަދި ރަށުގައި އެކަށީގެންވާ އެމްބިއުލާންސެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، އައު ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށުން ލަސްވާތީ އެކަމުގެ ކަންބޮޑުވުންތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ރަށުގައި މަދިރި ގިނަވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައްވެސް ކައުންސިލަރުންވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން ރަށުގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ޢިމާރާތްކުރުމަށް ބޭނުންވާކަމުގައިވެސް އެބޭފުޅުން ވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ގޮއިދޫ ކައުންސިލުން ފާހަގަކުރެއްވި މަޝްރޫއުތަކާއި ކަންކަމުގެ އެންމެފަހުގެ މައުލޫމާތުތައް ކައުންސިލަރުންނާއި ހިއްސާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި، ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާއި މަޝްވަރާ ކުރައްވައި އެކަންކަން ބައްލަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ކައުންސިލަރުން ވަނީ، މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި އުންމީދީ ޖަވާބުތަކެއްކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުދަންނަވާފައެވެ.

ރައީސް ސޯލިހުށ.ގޮއިދޫ

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2025

ވަކި ތާރީހެއް ނުދެއްވާ ށ. ގޮއިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވާނޭ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

14 އޮކްޓޯބަރު 2025
ވަކި ތާރީހެއް ނުދެއްވާ ށ. ގޮއިދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވާނޭ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
10 ޑިސެމްބަރު 2022

ވެލިދޫން ފުރައިގެން ގޮއިދޫއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް އަޑިޔަށް ހިނގައްޖެ

10 ޑިސެމްބަރު 2022
ވެލިދޫން ފުރައިގެން ގޮއިދޫއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް އަޑިޔަށް ހިނގައްޖެ
25 މާރިޗު 2022

އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

25 މާރިޗު 2022
އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
24 މާރިޗު 2022

ރައީސުލްޖުމްހޫރިއްޔާ، 'ޤަޟާއީ އަހަރު 2022' އިފްތިތާޙުކޮށްދެއްވައިފި

24 މާރިޗު 2022
ރައީސުލްޖުމްހޫރިއްޔާ، 'ޤަޟާއީ އަހަރު 2022' އިފްތިތާޙުކޮށްދެއްވައިފި
24 މާރިޗު 2022

ރައީސް އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ

24 މާރިޗު 2022
ރައީސް އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު