Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިދިކޮޅުގެ ބޭނުމަކީ ފިތުނަ އުފެއްދުން

އިދިކޮޅުގެ ބޭނުމަކީ އިންޑިއާ އައުޓޭ ކިޔައިގެން ފިތުނަވެރިކޮށް ވެރިކަމަށް އައުން!

ރާއްޖެއާ އެންމެ ގާތް ގައުމަކަށް އަމާޒުކޮށް އިދިކޮޅުން މި ގޮވާ"އިންޑިއާ އަައުޓް"ގެ މަގްސަދާމެދު ސުވާލު އުފެދޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2021 | އާދީއްތަ 10:56
އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން

އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން

އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް އެހީތެރިވަމުން އަންނަ ގައުމެވެ. އަދި ރާއްޖޭގެ ތަރައްގީގައިވެސް މުހިންމު ބައިވެރިއެކެވެ. މި ސަރުކާރުން ގާއިމްކުރި ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއާ އިންޑިއާ އާއި އޮންނަނީ ގާތް އެކުވެރި ގުޅުމެކެވެ. ހަމަ މިގޮތަށް އެހެން ގައުމުތަކާވެސް އޮންނަނީ މިފަދަ ގާތް ގުޅުމެކެވެ. ޗައިނާއާވެސް ގުޅުން އޮވެއެވެ. ސައުދީ އަރަބިއާ އަދި އެމެރިކާފަދަ ގައުމުތަކާވެސް ގުޅުން ރަނގަޅެވެ. ގައުމުުތަކާއި ގުޅުން ބަދަހިކުރަން މި ސަރުކާރުން ކުރި މަސައްކަތުގެ ނަަތީޖާވެސް އެހާ ފުރިހަމައެވެ.

އެހެންކަމުން ރާއްޖެއާ އެންމެ ގާތް ގައުމަކަށް އަމާޒުކޮށް އިދިކޮޅުން މި ގޮވާ"އިންޑިއާ އަައުޓް"ގެ މަގްސަދާމެދު ސުވާލު އުފެދެއެވެ. ވެރިކަުގެ ދަހިވެތި ކަމުގައި ބަޔަކު ކޮންމެ ފަދަ ކަމެއް އަދި ކޮންމެފަދަ ފިތުނައެއްވެސް އުފައްދަފާނެއެވެ. މިހާ ހިސާބުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ލިޔުއްވާފައިވާ ލިޔުމެއްގެ ބައެއް ހިއްސާ ކޮށްލާނަމެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ކެމްޕެއިނަކީ ފިތުނަވެރިކަން އުފެއްދައި ވެރިކަމަށް އައުމަށް ހިންގާ ކެމްޕެއިނެއް ކަމަށެވެ. އިންޑިއާއިން އެއްގޮތަކަށްވެސް ރާއްޖެ ހިފާފާނެ ކަމުގެ ބިރުވެރިކަމެއް އޮތްކަމަށް އެއްވެސް މާހިރެއްވެސް އަދި މުފައްކިރެއްވެސް ވިދާޅުވެފައި ނުވާ ކަމަަށެވެ. އިދިކޮޅުން މަސައްކަތް ކުރަމުންދަނި އިންޑިއާއާއި ރާއްޖެއާ އޮންނަ ގުޅުން ކިލަނބު ކޮށްލަން ކަމަށާއި، ވެރިކަމުގެ ދަހިވެތިކަމަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް އިދިކޮޅުން ކޮށްފާނެކަމީ މާޒީން ފެންނަން އޮތް ހަގީގަތް ކަމަށެވެ. އިންޑިއާއާ ދެކޮޅަށް އިދިކޮޅުން ހިންގާ ހަރަކާތަކަށް ދިވެހިން ނުހެއްލޭނެކަން އެމަނިކުފާނަށް ޔަގީން ކަމުގައި ވިދާޅުވިއެވެ.

އިންޑިއާއަކީ ރާއްޖެއަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި، ރާއްޖެއަށް ނުރައްކާ ބޮޑު ޓެރަރިސްޓް ޖަމާއަތްތަކާއި، ޑްރަގް ނެޓްވާރކްތަކުގެ ކިބައިން ރާއްޖެ ސަލާމަތް ކުރުމަށް މިހާރުވެސް ދައުލަތުން އަހަރަކަށް 4 ބިލިއަނެއްހާ ރުފިޔާ ޚަރަދުކުރާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ނުރައްކަލުން އަދިވެސް ދިވެހިން ސަލާމަތް ނުވާ ކަމަށާއި، ޓެރަރިސްޓް ޖަމާއަތަކުން ހާހެއްހާ މީހުން ހަތިޔާރާއެކު ރާއްޖެ ހިފުމަށް މަސައްކަތް ނުކުރާނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. ރާއްޖެއާއި އިންޑިއާ ދެމެދު ދިފާއީ ވަރުގަދަ ގުޅުމެއް ނެތްނަމަ ޓެރަރިސްޓް ޖަމާއަތްތަކުން ރާއްޖެ ހިފުމަށްކުރާ މަސައްކަތް އިތުރަށް ފުޅާ ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާާޅުވިއެވެ.

މިފަދަ ޓެރަރިސްޓް ޖަމާއަތްތަކުން ރާއްޖެ ހިފުމަށް މަސައްކަތްކުރި ކޮންމެ ފަހަރެއްގައި އިންޑިއާގެ އެހީތެރިކަން ދިވެހިންނަށް ފުރިހަމައަށް އަދި އެހާމެ އަވަހަށް ލިބުނެއެވެ. އެފަދަ ގައުމަކުން ރާއްޖެ ހިފަނީ ކަމަށް ބުނެ މުޅި ރާއްޖޭގައި ހަރަކާތްތަކެއް ކުރިއަށް ގެންދެވުމަށް ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އަތުކުރި އޮޅާލެއްވީތީ ހައިރާން ވާން ޖެހެއެވެ. ޚުދު އެމަނިކުފާނުގެ ވެރިކަމުގައިވެސް އިންޑިއާގެ އެހީތެރިކަމަށް އެދުނު ކޮންމެ ފަހަރަކު ވަރަށް ފުރިހަމައަށް އެ އެހީތެރިކަން އިންޑިއާއިން ދިނެވެ.

ރާއްޖެއާ ޖެހިގެން އެންމެ ކައިރިން އޮތް އިންޑިއާއަކީ ދިވެހިންނާ ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ. ރާއްޖެއާ ޚާރިޖީ ގުޅުންވެސް އެހާމެ ރަނަގަޅު ގައުމެކެވެެ. ދިވެހިން ވަނީ މާކުރިން އެކަން ބަލައިގެންފައިކަމަށް ރައީސް ނަޝީދު ވެސް ވިދާޅުވިއެވެ. އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީއަށްވީއިރު ދިވެހިންނާއި ވެރިކަމުގެ ސިފަތައް ވަރަށް އެއްގޮތެވެ. ޑިމޮކްރަސީގައިވެސް ދިވެހިން ގާތް ގުޅުމެއް އުފައްދަނީ އިންޑިއާއާއި އެކުގައެވެ. ތެދުފުޅެކެވެ. ދިވެހިންނަށް ފުރިހަމަ މިނިވަން ކަމެއް 1965 ވަނަ އަހަރު ލިބުމާއެކު އެންމެ ފުރަތަމަ ޚާރިޖީ ގުޅުން ގާއިމްކުރީވެސް އިންޑިއާއާއެކުގައެވެ. އަވަށްޓެރިކަމަށް ދިވެހިން ލޯބި ކުރެއެވެ. ދިވެހިންނަށް ރަނގަޅު ގޮތް ދިވެހިންނަކަށް ނޯޅޭނެއެވެ.

ރާއްޖޭގެ ތަރައްގީގެ ކަންކަމުގައި ބޭރުގެ ގައުމުތަކުގެ އެހީއަށް އަބަދުވެސް ދިވެހިން މަރުހަބާ ކިޔައެވެ. އެއީ ޗައިނާއިން ކަމަށްވިޔަސް އަދި އިންޑިއާއިން ކަމަަށްވިޔަސް އެކަން އޮންނަނީ އެހެންނެވެ. ރާއްޖެއަށް އެންމެ ގިނައިން އެހީ ފޯރުކޮށްދޭ ގައުމަކަށް ރާއްޖޭގެ ހުރިހާ ކަމެއް ހިބައިން ދިނުމަކީ ދިވެހިން އެއް އިރެއްގައިވެސް ގަބޫލުކުރި ކަމެއް ނޫނެވެ. އެކަން އެހެން ނުވެސް ކުރާނެއެވެ. އެހެންކަމުން ދިވެހި ގައުމު އިންޑިއާއަށް ވިއްކާލަނީ ކަމަށްބުނެ އިދިކޮޅުން މި ހިންގާ ހަރަކާތަކީ، ދިވެހިންނަށް އޮޅުވާލައި މުޅިން ތަފާތު މަގްސަދެެއްގައި ހިންގާ ހަރަކާތެކެވެ. އެމީހުންގެ ބޭނުމަކީ ފިތުނަވރިކަމެއް އުފައްދައި ވެރިކަމަށް އަތްގަދަ ކުރުމެވެ.

އިންޑިއާކުރީގެ ރައީސް، މުހައްމަދު ނަޝީދުޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު